ޝާހު ރުކް ހާން، 'ޕަޓާން'ގެ ބޮޑު ސްކްރީން ފިލްމުން ފޮހެލި މަންޒަރެއްގައި

ބޮލީވުޑް

'ޕަޓާން' އިން ފޮހެލި ސީންތައް ފެނި ފޭނުން އާޝޯހުވެއްޖެ

އެ މަންޒަރުތައް ބޮޑު ސްކްރީނުން ފެނިފައިނުވާތީ ބެލުންތެރިން ތިބީ ހިތްހަމަނުޖެހިފައި
23 މާރިޗު 2023

ޝާހު ރުކް ހާން އާއި ދީޕިކާ ޕަޑުކޯން އަދި ޖޯން އަބްރަހަމްގެ ހިޓް ފިލްމު 'ޕަޓާން' ބޮޑު ސްކްރީންގައި އެޅުވިތާ ދެ މަހެއްހާ ދުވަސް ފަހުން އިއްޔެ އޯޓީޓީގައި ރިލީޒްކުރި އިރު އިތުރު ސީންތަކެއް ހިމަނައިފި އެވެ.

އެންމެ ބޮޑު އާމްދަނީއެއް ލިބުނު ހިންދީ ފިލްމުގެ ޝަރަފް ހޯދާފައިވާ 'ޕަޓާން'ގެ ފޭނުން އަންނަނީ ސިނަމާގައި ފިލްމު ދެއްކި އިރު ފޮހެލި ހަތަރު މަންޒަރު ކަމުގޮސްގެން ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރަމުންނެވެ. އެއީ ވަރަށް ފައްކާ ސީންތަކެއް ކަމަށް ބުނެ، ބޮޑު ސްކްރީނުން އެ ސީންތައް ފެނިފައިނުވާތީ އެ މީހުން ތިބީ ހިތްހަމަނުޖެހިފަ އެވެ.

ޝާހު ރުކް ހާން، 'ޕަޓާން'ގެ ބޮޑު ސްކްރީން ފިލްމުން ފޮހެލި މަންޒަރެއްގައި

'ޕަޓާން' ޕްރައިމް ވީޑިއޯގައި ނެރުނު އިރު ހިމަނާފައިވާ އާ މަންޒަރުތަކުގެ ތެރެއިން ބެލުންތެރިން އެންމެ ބޮޑަށް އާޝޯހުކޮށްލީ ޝާހު ރުކްގެ ކެރެކްޓާގެ އެނބުރިއައުން ދައްކާލާ ސީން އެކެވެ. ބޮޑު ސްކްރީނުން ހާއްސަކޮށް އެ މަންޒަރު އުނިކޮށްފައިވާތީ ޝަކުވާ ވަރަށް ބޮޑެވެ.

ރަޝިޔާގެ ޖާސޫސުން ޕަޓާން އަށް އަނިޔާކުރާތަނާއި މައުލޫމާތު ހޯދަން ދީޕިކާގެ ކެރެކްޓާ ރުބާއީއާ ސުވާލުކުރާ މަންޒަރަކާއި މަތިންދާބޯޓެއްގެ ތެރޭ ނަގާފައިވާ ޑިމްޕަލް ކަޕާޑިއާގެ ސީންއެއް ވެސް އަލަށް ހިމަނާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް