Majlis 2024
ޓީވީ ޝޯ

ތުނީޝާގެ މަރަށް ފަހު 'އަލީ ބާބާ'ގެ ޝޫޓިން އަލުން ފަށައިފި

ތުނީޝާގެ މަރާ ގުޅިގެން ހައްޔަރުކޮށްފައި ހުރި އޭނާގެ ކުރީގެ ލޯބިވެރިޔާ ޝީޒާން ކަފާލާތުގެ ދަށުން ދޫކޮށްލަން ކޯޓަށް ހުށަހެޅުމުން ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައި
18 ޖެނުއަރީ 2023

ޓިވީ ތަރި ތުނީޝާ ޝަރުމާ މަރުވެފައި ހުއްޓާ ފެނުނު ސެޓުގައި އަލުން ޝޫޓިންތައް ފަށައިފި އެވެ.

'އަލީބާބާ - ދާސްތާނޭ ގަބޫލް'ގެ ސެޓުގައި ތުނީޝާ ދަންޖެހިފައި ހުއްޓާ ފެނުނީ މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. އޭނާގެ މަރުގެ ފަހަތުގައި ހުރީ ކޯ ސްޓާރު އަދި ކުރީގެ ލޯބިވެރިޔާ ޝީޒާން ހާން ކަމަށް ތުނީޝާގެ އާއިލާ އިން ތުހުމަތު ކުރި އެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ޝީޒާން ހުރީ ފުލުހުންގެ ބަންދުގަ އެވެ.

އެ މަރާ ގުޅިގެން ސީރީޒްގެ މަސައްކަތް ކޮންމެވެސް ވަރަކަށް މަޑުޖެހިފައި އޮތުމަށް ފަހު އަލުން ފަށާފައި ވަނީ ސެޓުގެ އެތެރެއަށް ބައެއް ބަދަލުތައް ގެނެސް، ފަރުނީޗަރު ވެސް ބަދަލު ކުރުމަށް ފަހު އެވެ. މުޅި ސެޓުގައި ކުލަ ލައި، ކާސްޓުންނަށް ހިތްހަމަޖެހުން ލިބޭނެ ހުރިހާ ކަމެއް ކުރަން ޕްރޮޑަކްޝަން ހައުސް އިން އިސްކަންދިން ކަމަށްވެ އެވެ.

ޝީޒާން ކަފާލާތުގެ ދަށުން ދޫކޮށްލަން ކޯޓަށް ހުށަހެޅުމުން ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް އޭނާގެ ވަކީލުން ބުނެފައިވެ އެވެ.

ޝީޒާން ތުނީޝާ ގަދަކަމުން އިސްލާމްދީނަށް ވައްދައި ނަން ބަދަލުކޮށް އާއިލާއާ ގުޅުން ކަނޑުވަން މަސައްކަތް ކުރި ކަމަށް ތުނީޝާގެ އާއިލާ އިން ތުހުމަތު ކުރެ އެވެ. އެ ތުހުމަތުތައް ޝީޒާންގެ ފަރާތުން ވަނީ ދޮގުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް