ފުވައްމުލަކު ބޭރުގައި ޔޮޓެއް ބަނދަރުކޮށްފައި: އެ ރަށުން ސަފާރީތަކުން ނަގާ ފީ ބޮޑުކުރުމުން ސަފާރީ ސިނާއަތުން ކަންބޮޑުވުން ފާޅުކުރި

ފުވައްމުލައް

ނިންމުން ބަދަލުކޮށް ސަފާރީތަކުން 500 ޑޮލަރު ނަގަން ފުވައްމުލަކު ކައުންސިލުން ނިންމައިފި

500 ޑޮލަރަކީ ބޮޑުފީއެއް ކަމަށް ބުނެ ސަފާރީތަކުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވޭ
21 އޭޕްރީލު 2022
3

ފުވައްލުމަކު ބަނދަރަށް ވަންނަ ސަފާރީތަކުން ނަގަން ނިންމި 500 ޑޮލަރުގެ ފީ 150-200 ޑޮލަރުގެ ފީއަކަށް ކުޑަކުރަން އެ ރަށުގެ ކައުންސިލުން ނިންމި ނިންމުމަށް އަމަލު ކުރުން މަޑު ޖައްސާލައި އަނެއްކާ ވެސް ބޮޑުފީ ނަގާ ގޮތަށް ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެ ރަށު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ސަފާރީތަކުން ދުވާލަކަށް 150-200 ޑޮލަރުގެ ފީއެއް ނެގުމަށް ކައުންސިލުން މީގެ ކުރިން ނިންމި ނިންމުމަށް އަމަލު ކުރުން މަޑުޖައްސާލަން މިއަދު ބޭއްވި ކައުންސިލްގެ ބައްދަލުވުމުން ފާސްކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން ސަފާރީތަކުން އަނެއްކާ ވެސް ނަގާނީ ދުވާލަކަށް 500 ޑޮލަރުގެ ފީއެއް ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

އެގޮތަށް ނިންމި ސަބަބެއް ކައުންސިލުން ހާމައެއް ނުކުރި އެވެ.

އެނގުން މުހިންމު - ސަފާރީތަކުން ދުވާލަކަށް 500 ޑޮލަރުގެ ފީއެއް ނަގާތީ ސަފާރީތައް ތަމްސީލް ކުރާ ގައުމީ ޖަމްއިއްޔާ ބޯޓިން އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށް އެ ފީ ކުޑަކުރަން މީގެ ކުރިން ގޮވާލައިފަ އެވެ. ފީ ކުޑަކުރަން ނިންމީ ވެސް އެ ޖަމްއިއްޔާގެ ގޮވާލުންތަކާއި ދާއިރާގެ ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެންނެވެ.

ކޮމެންޓް (3)

ރައީސް

21 އޭޕްރީލު 2022
ރަގަޅު. ކުޑަ ކުޑަ ތަންކޮޅެއް، ސަފާރީތައް ވަދެ ފުރާލަން ޖާގަ ދޭނެކަމެއް ނެތް. މިވަރު ޕޭކުރަން ބޭނުން ނޫން މީހުން ބަނދަރު ބޭރުގައި ތިބީ މާ އޯކޭ ވާނެ. ވީ ލައިކް ޓު ސީ މޯ ގެސްޓްސް އިން އަވާ ގެސްޓް ހައުސެސް
1 0

މޭޔަރު

21 އޭޕްރީލު 2022
އެހެން ރަށަކަށް ސަފާރީތައް ދޭ. ގިނައިން ކާން އުޅެންޏާ އެހެން ހަދާ
0 1

މުޙައްމަދު

21 އޭޕްރީލު 2022
@މޭޔަރު ވީ ޑޯންޓ ކެއަރ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް