ބީއެމްއެލްގެ ބޭންކް ފަންޑުގެ އެހީގައި ވޭމަންޑޫގައި ގާއިމްކުރި ސެން ކްލާސްރޫމް. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލް ފަންޑަށް ފޯމު ހުށަހެޅުން އަންނަ އާދިއްތައިގައި ހަމަވާނެ

ކޮންމެ އަހަރަކު ވެސް ބޭންކް ފަންޑް ކާމިޔާބުކުރާ 5 ފަރާތަކަށް ތައުލީމު، ތިމާވެށި، ކުޅިވަރުގެ ދާއިރާއިން އަދި މުޖުތަމައަށް ފައިދާހުރި ޕްރޮޖެކްޓްތައް ހިންގުމަށް 200،000ރ.ގެ އެހީ ބޭންކުން ފޯރުކޮށްދޭ
1 ގަޑިއިރު ކުރިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޭންކް ފަންޑަށް ޕްރޮޕޯސަން ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހަމަވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ ޖަމާއަތްތަކަށް އަމާޒުކޮށްގެން އެ ފަރާތްތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނިވި އެކި މަޝްރޫޢުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންމެ އަހަރަކު ވެސް ހުޅުވާލާ ފުރުސަތެކެވެ.

ތަފްސީލް - މި ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު:

  • ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާ، ޖަމާއަތްތަކާއި ކްލަބްތަކަށް މިހާރު ވަނީ ހުޅުވާލާފައި 

  • އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ

  • އާދިއްތަ ދުވަހުގެ މެންދުރުފަހު 2ގެ ކުރިން ފޯމު ހުށަހެޅޭނެ

ކޮންމެ އަހަރަކު ވެސް ބޭންކް ފަންޑް ކާމިޔާބުކުރާ 5 ފަރާތަކަށް ތައުލީމު، ތިމާވެށި، ކުޅިވަރުގެ ދާއިރާއިން އަދި މުޖުތަމައަށް ފައިދާހުރި ޕްރޮޖެކްޓްތައް ހިންގުމަށް 200،000ރ.ގެ އެހީ ބޭންކުން ފޯރުކޮށްދެ އެވެ.

މިއީ މިގޮތަށް މި ފަންޑު ހިންގަމުންދާ ތިންވަނަ އަހަރެވެ.

އެނގުން މުހިންމު - ބޭންކް ފަންޑު ތައާރަފުކުރި ފަހުން، މުޖުތަމައަށް ބޭނުންތެރި ތަފާތު އެކި މަޝްރޫއުތައް ހިންގުމަށް މިހާތަނަށް ޖުމްލަ 9 ޖަމިއްޔާއަކަށް މި ފަންޑުން އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް