އުރީދޫ އެޕްގައި ހިމެނޭ އޮޓޯޕޭ މެދުވެރިކޮށް، އުރީދޫ ކަސްޓަމަރުންނަށް އެ މީހުންގެ ކާޑުގެ މައުލޫމާތު ރައްކާތެރިކަމާ އެކު ސޭވްކުރެވޭނެ.

އުރީދޫ

އުރީދޫ އެޕް މެދުވެރިކޮށް އޮޓޮމެޓިކުން ފައިސާ ދެއްކޭ 'އޮޓޯޕޭ' ތައާރަފްކޮށްފި

މަހު ބިލަށް ފައިސާ ދެއްކުން ކަމުގައި ވިޔަސް، ޕްރީޕެއިޑް ރީޗާޖްކުރުން ކަމުގައި ވިޔަސް ނުވަތަ ބޭނުންވާ އެޑް-އޯނެއް ގަތުން ކަމުގައި ވިޔަސް، އެއް ފަހަރު މި ސެޓިން ހަމަޖައްސާލުމުން ދެން ހުރިހާ ކަމެއް ކުރިއަށްގެންދާނީ އުރީދޫ އެޕުން
1 ގަޑިއިރު ކުރިން

އުރީދޫ އެޕްގައި ފަސޭހަކަމާ އެކު ބޭނުންކޮށްލެވޭ އާ އޮޓޯޕޭ ފީޗާއެއް ތައާރަފްކޮށްފި އެވެ.

ވީ ކިހިނެއް؟ - މީގެ ސަބަބުން ކަސްޓަމަރުންނަށް ބިލްތަކަށް ފައިސާ ދެއްކުމާއި ރީޗާޖް ކުރުމާ އަދި އެޑް-އޯންތައް ގަތުމުގެ ކަންކަން ފަސޭހަކަމާ އެކު އޮޓޮމެޓިކުން ކުރެވޭނެ އެވެ.

ތަފްސީލް - މި ފީޗާގެ އެހީގައި:

  • އުރީދޫ ކަސްޓަމަރުންނަށް އެ މީހުންގެ ކާޑުގެ މައުލޫމާތު ރައްކާތެރިކަމާ އެކު ސޭވްކުރެވޭނެ 

  • އެ މައުލޫމާތު ބޭނުންކޮށްގެން، ބޭނުންވާ ތާރީހާކާއި ވަގުތެއްގައި އޮޓޮމެޓިކުން ފައިސާ ދެއްކޭ ގޮތަށް ތާވަލުކުރެވޭނެ 

  • މަހު ބިލަށް ފައިސާ ދެއްކުން ކަމުގައި ވިޔަސް، ޕްރީޕެއިޑް ރީޗާޖްކުރުން ކަމުގައި ވިޔަސް ނުވަތަ ބޭނުންވާ އެޑް-އޯނެއް ގަތުން ކަމުގައި ވިޔަސް، އެއް ފަހަރު މި ސެޓިން ހަމަޖައްސާލުމުން ދެން ހުރިހާ ކަމެއް ކުރިއަށްގެންދާނީ އުރީދޫ އެޕުން

މި ފީޗާގެ ސަބަބުން ކޮންމެ މަހަކު ދައްކަންޖެހޭ ފައިސާ ނުވަތަ ކުރަންޖެހޭ ރީޗާޖްތައް ހަނދާނުގައި ބަހައްޓަން ކުރަންޖެހޭ މަސައްކަތުން ސަލާމަތްވެ، މެދުކެނޑުމެއްނެތި ހިދުމަތްތައް ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

މީގެ އިތުރުން، އޮޓޯޕޭގެ އެކި އޮޕްޝަންތަކުގެ ތެރެއިން ބޭނުންވާ ގޮތެއް އިހްތިޔާރުކޮށް، އޮޓޮމެޓިކުން ކުރާ މުއާމަލާތްތައް އުރީދޫ އެޕް މެދުވެރިކޮށް ސީދާ މެނޭޖްކުރުމުގެ ގާބިލުކަން ލިބޭނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް