އަލީބާބާ ވޯކްޝޮޕްގައި އުރީދޫގެ ސީއީއޯ ވެވަޑައިގަންނަވަނީ. (ފޮޓޯ/އުރީދޫ)

އުރީދޫ

260އަށް ވުރެ ގިނަ ވިޔަފާރިވެރިން ބައިވެރިވި އަލީބާބާ ވޯކްޝޮޕަށް އުރީދޫން އެއްބާރުލުންދީފި

އަލީބާބާ އަދި އެހެނިހެން އީ-ކޮމާސް ޕްލެޓްފޯމްތައް މެދުވެރިކޮށް ބައިނަލްއަގްވާމީ މާކެޓްތަކަށް ވާސިލުވުމަށް ބޭނުންވާ މުހިންމު މައުލޫމާތާއި ވަސީލަތްތަކާ އަދި ސްޓްރެޓެޖީތައް ރާއްޖޭގެ ވިޔަފާރިތަކަށް ފޯރުކޮށްދިން
17 ސެޕްޓެމްބަރު 2025

އުރީދޫ މޯލްޑިވްސް އިން އަލީބާބާގެ ވޯކްޝޮޕްގެ ސަޕޯޓިން ޕާޓްނަރުގެ ގޮތުގައި ބައިވެރިވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިއްޔެ ބޭއްވި މި ވޯކްޝޮޕަކީ ދުނިޔޭގެ އީ-ކޮމާސްގެ ދާއިރާގެ އެންމެ ކުރީ ސަފުގައި ހިމެނޭ އަލީބާބާ އިން އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ބޭއްވި ވޯކްޝޮޕެކެވެ. މި ވޯކްޝޮޕުގައި 260އަށް ވުރެ ގިނަ ދިވެހި ވިޔަފާރިވެރިން ބައިވެރިވެފައިވެ އެވެ.

ތަފްސީލް - ބާސެލޯ ނަސަންދުރަ މާލޭގައި ބޭއްވި އަދި އޮންލައިންކޮށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި މި ވޯކްޝޮޕުގައި، އަލީބާބާ އަދި އެހެނިހެން އީ-ކޮމާސް ޕްލެޓްފޯމްތައް މެދުވެރިކޮށް ބައިނަލްއަގްވާމީ މާކެޓްތަކަށް ވާސިލުވުމަށް ބޭނުންވާ މުހިންމު މައުލޫމާތާއި ވަސީލަތްތަކާ އަދި ސްޓްރެޓެޖީތައް ރާއްޖޭގެ ވިޔަފާރިތަކަށް ފޯރުކޮށްދިނެވެ.

އަލީބާބާ ވޯކްޝޮޕްގެ ތެރެއިން. (ފޮޓޯ/އުރީދޫ)
އަލީބާބާ ވޯކްޝޮޕްގެ ތެރެއިން. (ފޮޓޯ/އުރީދޫ)

އުރީދޫގެ މަގްސަދަކީ، އެ ކުންފުނިން ބުނި ގޮތުގައި، މިފަދަ ވޯކްޝޮޕްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ތެރެއިން، ދިވެހި ވިޔަފާރިވެރިންނަށް ބައިނަލްއަގްވާމީ ދޮރުތައް ހުޅުވި، އެ ފަރާތްތަކުގެ ހާއްސަ އުފެއްދުންތައް ދުނިޔެއަށް ފޯރުކޮށްދިނުމުގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމެވެ.

އަލީބާބާ ވޯކްޝޮޕްގައި އުރީދޫގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/އުރީދޫ)

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ސިޔާޒު ވިދާޅުވި ގޮތުގައި، ދިވެހި ވިޔަފާރިތަކަށް އަލީބާބާ.ކޮމްގައި ލިސްޓްކުރުމުގެ ފުރުސަތު ލިބުމަކީ ބައިނަލްއަގްވާމީ ކަސްޓަމަރުންނާ ހަމައަށް ވާސިލުވުމަށާއި ރާއްޖޭގެ ޑިޖިޓަލް ވިޔަފާރީގެ ވެށި ހަރުދަނާކުރުމަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް