އަލީބާބާ
އަލީބާބާގައި އެއްޗެހި ވިއްކުމަށް ދިވެހިންނަށް ފުރުސަތު ދެނީ
އަލީ ބާބާގައި ދިވެހިންނަށް ވިޔަފާރި އެކައުންޓު ހުޅުވާ، ދިވެހި އުފެއްދުންތައް އެ ޕްލެޓްފޯމު މެދުވެރިކޮށް ވިއްކޭނެ ފުރުސަތު ފަހިކޮށްދޭން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވީ އެ މިނިސްޓްރީ އާއި އަލީބާބާ ގުޅިގެން އެއް ދުވަހުގެ އޮންލައިން ވޯކްޝޮޕެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
ތަފްސީލް - އަންނަ އަންގާރަ ދުވަހު ބާއްވާ މި ވޯކްޝޮޕްގެ މައިގަނޑު ބޭނުމަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އޮންލައިން އަދި އީކޮމާސް ވިޔަފާރިތަކަށް އެހީތެރިވެދީ، އަލީބާބާގައި ސެލާ އެކައުންޓު ރެޖިސްޓާކޮށް ވިޔަފާރި ފުޅާ ކުރުމަށް އެހީވެދިނުމެވެ.
-
ވޯކްޝޮޕްގައި މައުލޫމާތު ހިއްސާކުރާނީ އަލީބާބާގެ އެކްސްޕާޓުން
-
މިއީ އީކޮމާސް ޕްލެޓްފޯމުތަކުގައި ދިވެހިންނަށް އޮންލައިން ވިޔަފާރިކުރެވޭނެ ފުރުސަތު ފަހިކޮށްދިނިމަށް ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ފުއްދުމުގެ މަސައްކަތުގެ ބަޔެއް
ކޮމެންޓް (3)
ދުރުމ
ދުރުމީ
މުހައްމަދު