9 ޖޫން 2024: އޭޑީކޭ ހޮސްޕިޓަލުގެ ބޭރު: އޭޑީކޭގެ ނަމުގައި ސްކޭމް އެސްމެސްތަކުން ފޮނުވާ އެއްވެސް ލިންކެއް ނުހުޅުވުމަށް އެ ހޮސްޕިޓަލުން އެދޭ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
އޭޑީކޭގެ ރަސްމީ އެސްއެމްއެސް ހޭންޑަލުން ސްކޭމް މެސެޖުތަކެއް ދައުރުވަނީ
އޭޑީކޭ ރަސްމީ އެސްއެމްއެސް ހޭންޑަލްއިން ސްކޭމް މެސެޖުތަކެއް ދައުރުވަމުންދާތީ އެކަމަށް ސަމާލުވާން އެ ހޮސްޕިޓަލުން މިއަދު އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - އޭޑީކޭ ހޮސްޕިޓަލުން މިއަދު ނެރެފައިވާ ސަމާލުގައިވާގޮތުން އެ ހޮސްޕިޓަލުގެ ރަސްމީ އެސްއެމްއެސް ހޭންޑަލުން ސްކޭމް މެސެޖުތަކެއް ދައުރުކުރަމުން އަންނަކަން އެ ހޮސްޕިޓަލުގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ.
އެފަދަ އެސްމެސްތަކުން ފޮނުވާ އެއްވެސް ލިންކެއް ނުހުޅުވުމަށާއި އެ އެސްއެމްއެސްތަކަށް ޖަވާބުދިނުމުގެ ގޮތުން ޒާތީ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށް ވެސް އޭޑީކޭން ވަނީ އިލްތިމާސްކޮށްފަ އެވެ.
ބުނީ ކީކޭ؟ - އޭޑީކޭން ބުނީ:
-
އެ އެސްއެމްއެސްތައް ދައުރުކުރަމުންދަނީ އާންމުންގެ ޒާތީ މައުލޫމާތުތައް ފޭރިގަތުމަށް؛ އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް
-
އެފަދަ އެސްއެމްއެސްތަކުގެ ޒަރިއްޔާއިން ލިބޭ މައުލޫމާތުތައް އޭޑީކޭގެ ރަސްމީ ނަންބަރަށް ގުޅައިގެން ކަށަވަރުކުރުމަށް
-
ޕާސްވޯޑް، ބޭންކް އެކައުންޓް ނަންބަރު، ކްރެޑިޓް ކާޑު މައުލޫމާތު ފަދަ އެއްވެސް މައުލޫމާތެއް ހިއްސާނުކުރުމަށް
ކޮމެންޓް