އުރީދޫން އިސްރައްވެހިންގެ ދުވަސް ފާހަގަކުރުމަށް އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތް. (ފޮޓޯ/އުރީދޫ)
އުރީދޫން އިސްރަށްވެހިންގެ ދުވަސް ފާހަގަކޮށްފި
ބައިނަލްއަގްވާމީ އިސްރަށްވެހިންގެ މީހުންގެ ދުވަސް އުރީދޫ މޯލްޑިވްސް އިން އިސްރަށްވެހިންގެ ނާދީއާ ގުޅިގެން ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.
ވީ ކިހިނެއް؟ - އުރީދޫން އިއްޔެ ވަނީ އެ ކުންފުނީގެެ އިޖުތިމާއީ ޒިންމާގެ ދަށުން ނާދީގައި 'ގްރޯ ވިތު އުރީދޫ' ސެޝަނަކާއި ޑިޖިޓަލް ޕާޓްނާޝިޕް އިއުލާނާއި ފޮތް ހަދިޔާ ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ.
ގްރޯ ވިތު އުރީދޫ: ގޯތިތެރޭގައި ގަސްއިންދުން
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ވަނީ 'ގްރޯ ވިތު އުރީދޫ' ސެޝަނެއް އިސްރަށްވެހިންގެ ނާދީގައި ބާއްވާފަ އެވެ. ގޯތިތެރޭގައި ގަސް އިންދުމާ ގުޅޭ މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ މި ސެޝަނަކީ ތިމާވެށީގެ ދެމެހެއްޓެނިވިކަން ކުރިއެރުވުމަށް ފަރުމާކޮށްފައިވާ ސެޝަނެކެވެ.
ގޭގައި ތިބެގެން އަމިއްލަ ބަގީޗާތައް ހައްދައި ބެލެހެއްޓުމުގެ ޓެކްނިކްތައް ބައިވެރިން ދަސްކުރިއިރު، ފަސޭހަ އަދި ދެމެހެއްޓެނިވި ގޮތްތަކަށް މި މަސައްކަތް ކުރުމަށް ހާއްސަ އިސްކަމެއް އެ ސެޝަންގައި ކުރިއަށް ގެންދިޔަ އެވެ.
-
މި ސެޝަން ކުރިއަށް ގެންގޮސްދީފައިވަނީ އުރީދޫގެ އެމްބަސަޑަރު ރަމްޒީ ހުސައިން ނުވަތަ ޒުވާން ދަނޑުވެރިޔާ
-
މި ހަރަކާތުގެ ތެރެއިން އުމުރުން ދުވަސްވީ މީހުންގެ މެދުގައި ހަރަކާތްތެރި ދިރިއުޅުމުގެ ވައްޓަފާޅިއަށް ހިތްވަރު ދިނުމުގެ އިތުރުން ދުޅަހެޔޮކަން އިތުރުކުރުމަށް ގުދުރަތާއި ގުޅުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުވާލާފައިވޭ
ޑިޖިޓަލް ޕާޓްނާޝިޕް
އުމުރުން ދުވަސްވީ މީހުންނަށް ކަނެކްޓިވިޓީ އިތުރުކުރުމުގެ މަގްސަދުގައި އުރީދޫން ވަނީ ނާދީގައި އާ ޑިޖިޓަލް ޕާޓްނާޝިޕެއް ވެސް އިއުލާނުކޮށްފަ އެވެ.
މި ޕާޓްނާޝިޕްގެ ސަބަބުން އުރީދޫގެ ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތްތައް ފަސޭހަކަމާ އެކު ލިބި، އެ ފަރާތްތަކުގެ އިވެންޓްތަކަށް ކަނެކްޓިވިޓީ އިތުރުވެގެންދާނެ އެވެ.
ނާދީއަށް ފޮތް ހަދިޔާކުރުން
އުރީދޫން ވަނީ ނާދީ އަށް ފޮތް ހަދިޔާކޮށްފަ އެވެ. މީގެ ސަބަބުން އުމުރުން ދުވަސްވީ ރަށްވެހިންނަށް ނާދީގައި ހޭދަކުރާ ވަގުތުތަކުގައި އެކި މައުލޫގެ ފޮތްތައް ކިޔައި މައުލޫމާތު އިތުރަށް މުއްސަނދިކުރުމަށް އެހީއަކަށް ވާނެ ކަމަށް އުރީދޫން ބުންޏެވެ.
މި ހަރަކާތްތަކަކީ މުޖުތަމައުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން އުރީދޫން މިއަހަރު ފެށި ޕްރޮގްރާމުގެ ބައެކެވެ.
ކޮމެންޓް