ކޫއްޑޫ އެއާޕޯޓުން ފަސިންޖަރުންތަކެއް ފުރަނީ

މޯލްޑިވިއަން

މޯލްޑިވިއަންގެ ފްލައިޓުތަކާ ދިމާވާ ގޮތަށް އާރުޓީއެލް ފެރީ ދަތުރުތަކަށް ބަދަލު ގެންނަނީ

މޯލްޑިވިއަން އިން ގއ. ކޫއްޑޫ އަށް ހެނދުނު ކުރާ ދަތުރުގެ ޝެޑިއުލާ ދިމާވާ ގޮތަށް އާރުޓީއެލްގެ ފެރީ ގަޑިއަށް މިހާރު ވަނީ ބަދަލު ގެނެސްފައި

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓު ޝެޑިއުލާ އެއްގޮތަށް އާރުޓީއެލް ފެރީ ޝެޑިއުލަށް ބަދަލު ގެނައުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އައިލެންޑު އޭވިއޭޝަނުން ބުނެފި އެވެ.

ވީ ކިހިނެއް؟ - މޯލްޑިވިއަން އިން ގއ. ކޫއްޑޫ އަށް ހެނދުނު ކުރާ ދަތުރުގެ ޝެޑިއުލާ ދިމާވާ ގޮތަށް އާރުޓީއެލްގެ ފެރީ ގަޑި ވަނީ ބަދަލު ކޮށްފަ އެވެ.

ތަފްސީލް - އައިއޭއެސްގެ އޮފިޝަލަކު މިއަދު 'ދައުރު' އަށް ވިދާޅުވީ މޯލްޑިވިއަންގެ ދަތުރުތަކާ އެއްގޮތަށް، އާރުޓީއެލްގެ ހިދުމަތް ދޭ އަތޮޅުތަކުގެ ފެރީ ޝެޑިއުލަށް ބަދަލު ގެނައުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"ފުރަތަމަ ކޫއްޑޫ އިން މި ފެށީ. ކުރިއަށް އޮތްތަނުގައި އެހެން ސަރަހައްދުތަކަށް ވެސް މި ބަދަލު ގެންނަން ދަނީ މަޝްވަރާ ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.

އެ ބަދަލާ އެކު:

  • މާލޭން ހެނދުނު 7:50 ގައި ނައްޓާލާ ފްލައިޓު 8:55ގައި ކޫއްޑޫގައި ޖައްސާއިރު ކޫއްޑޫ އާއި ވިލިނގިއްޔާ ދެމެދު 9:30ގައި ފެރީ އޮންނާނެ

  • ހަފްތާގެ ހަތް ދުވަހު ވެސް އެ ޝެޑިއުލަށް ދަތުރު އޮންނާނެ

ފެރީ ގަޑިތަކަށް މި ބަދަލުތައް ގެނައުމާ ގުޅޭގޮތުން އެމްޓީސީސީގެ ބަހެއް އަދި ނުލިބެ އެވެ.

ފާހަގަ ކުރެވޭ - އެމްޓީސީސީ އިން ފޯރުކޮށްދޭ އާރުޓީއެލް ފެރީގެ ހިދުމަތް މިހާރު ހަތަރު ސަރަހައްދެއްގައި ދެ އެވެ. އެއީ:

  • ހއ.، ހދ.، އަދި ށ. އަތޮޅު ހިމެނޭ ޒޯން

  • ނ. އަތޮޅު

  • ޅ. އަތޮޅު

  • ގއ.، ގދ.، ފުވައްމުލައް އަދި އައްޑޫ

އިތުރު އާޓިކަލް

އިތުރު އާޓިކަލް