ކޮލޮމްބޯ ސްޓޮކް އެކްސްޗޭންޖުގައި ދިވެހި ކުންފުނިތައް ކްރޮސް ލިސްޓު ކުރުމާ ގުޅޭގޮތުން ސީއެމްޑީއޭ އާއި އެސްއީސީއާ ދެމެދު އެމްއޯޔޫގައި ސޮއިކުރުން.
ދިވެހި ކުންފުނިތަކުގެ ހިއްސާ ލަންކާގައި ވިއްކޭ ގޮތް ހަދަނީ
ދިވެހި ކުންފުނިތަކަށް ލަންކާގެ ކޮލޮމްބޯ ސްޓޮކް އެކްސްޗޭންޖު (ސީއެސްއީ)ގައި ލިސްޓު ކުރެވޭ ނުވަތަ ކްރޮސް ލިސްޓު ކުރުމާ ގުޅޭ ގޮތުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި ލަންކާގެ ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ)އިން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - މި އެމްއޯޔޫގެ ދަށުން ދިވެހި ކުންފުނިތަކަށް ސީއެސްއީގައި ލިސްޓު ކުރެވުމުގެ އިތުރަށް ދެ ގައުމުގެ ކެޕިޓަލް މާކެޓް ރެގިއުލޭޓަރުންނަށް އެކި ދާއިރާތަކުން މައުލޫމާތު ބަދަލުކުރެވި، ގުޅިގެން މިކަމާ ބެހޭ ގަވާއިދުތަކާއި އުސޫލުތައް ތަންފީޒު ކުރުމުގެ ފުރުސަތު ފަހިވާނެ އެވެ.
ބުނީ ކީކޭ؟ - އެސްއީސީގެ ޗެއާމަން ފައިޒަލް ސާލިހުއާ ހަވާލާދީ ބޭރުގެ ނޫސްތަކުން މިދިޔަ ބުދަ ދުވަހި ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ކަމުގެ ސަބަބުން ދިވެހި ކުންފުނިތަކަށް ލަންކާ ކުންފުނިތަކުން އަމަލުކުރާ އެންމެ ރަނގަޅު ގޮތްތައް ދެނެގަނެވި، އިތުުރު އިންވެސްޓަރުން ހޯދުމުގެ ފުރުސަތު ފަހިވާނެ އެވެ.
އޭނާ ވިދާޅުވީ ރާއްޖެއިން ކުރިމަތިވާ ލިކުއިޑިޓީގެ ދަތިތަކުން ސަލާމަތްވެ، ކުންފުނިތަކުގެ ސްޓޮކަށް ރަނގަޅު އަގުތަކެއް ލިބޭނެ ކަމަށެވެ. އަދި މި އެއްބަސްވުމާ އެކު ސުކޫކް، ސަސްޓެއިނަބަލް އަދި ޑިވެލޮޕްމަންޓް ބޮންޑުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ސެކަންޑްރީ ލިސްޓިން ހެދުމުގެ ފުރުސަތު ފަހިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސީއެމްޑީއޭގެ ޗެއާޕާސަން އައިޝަތު ޒާހިރާ ވިދާޅުވީ އެ އެމްއޯޔޫގެ ދަށުން ކުންފުނިތަކަށް ފައިސާ ހޯދޭނެ އާ ގޮތްތަކެއް ތަނަވަސް ކުރުމަށް މަސައްކަތްކޮށް، ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ހާއްސަ އަހަމިއްޔަތުކަމެއް ދޭނެ އެވެ.
ތަފްސީލު - އަލަށް ގާއިމުކުރި އެމްއޯޔޫގެ ދަށުން ސީއެސްއީއިން ވަނީ ބައެއް ދިވެހި ކުންފުނިތަކާ ވަކިވަކިން ބައްދަލުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
އަމާނާ ތަކާފުލް
-
ސެންޗޫރިއަން
-
މޯލްޑިވްސް އިސްލާމިކް ބޭންކް
-
އެމްޓީސީސީ
-
ދިރާގު
-
އެމްޓީޑީސީ
ކޮމެންޓް (1)
ޙަސަން