
މިފްކޯ އިން އަލަށް ގެނައި މަސްކިރާ ބޯޓު (ފޮޓޯ/މިފްކޯ)
މިފްކޯގެ މަސް ކިރާ އާ ބޯޓް ރާއްޖެ ގެނެސްފި
ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ފްލީޓަށް އިތުރު ކުރި މަސް ކިރާ ބޯޓް 'ޖަޒީރާ106' ރާއްޖެ ގެނެސްފި އެވެ.
ވީ ކިހިނެއް؟ - އެ ކުންފުނިން ބުނީ މަސް ކިރާ އާ ބޯޓް ރޭ މާލޭ ބަނދަރުކޮށްފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ކްރޫ ބަދަލުކޮށް ކަސްޓަމްސް ކްލިއަރެންސް ހޯދައި، ލޯކަލައިޒް ކުރުމުގެ މަސައްކަތް ކަމަށެވެ.
ތަފްސީލް - އެ ބޯޓު ރޭ ރާއްޖެ އައިސްފައިވަނީ ތައިލެންޑުން ފުރައިގެންނެވެ. އެ ގައުމުން ބޯޓު ފުރީ މި މަހުގެ 4 ވަނަ ދުވަހު އެވެ.
-
މިއީ ދުވާލަކު 60 ޓަނުގެ މަސް ބްރައިން ބްރީޒް ކުރުމުގެ ކެޕޭސިޓީގެ ބޯޓެެއް
-
200 ޓަނުގެ މަސް ރައްކާ ކުރެވޭނެ
-
މި އަހަރު ނިމުމުގެ ކުރިން މި ކެޕޭސިޓީގެ އިތުރު ދެ ބޯޓު ރާއްޖެ ގެންނާނެ
މިފްކޯ އިން ބުނީ މި ތިން ބޯޓު އެ ކުންފުނީގެ ފްލީޓަށް އިތުރު ކުރުމުން އެ ކުންފުންޏަށް ދުވާލެއްގެ މައްޗަށް އިތުރު 180 ޓަނުގެ މަސް ކިރޭނެ ކަމަށެވެ.
މަސްވެރި މޫސުމުގައި، މަސްވެރިކަން އެންމެ ރަނގަޅު ސަރަހައްދުތަކަށް ދަތުރުކޮށް މަސްވެރިންނަށް ދިމާވާ މަސްކިރުމުގެ މައްސަލަ ހައްލު ކުރުމަށް މި އަހަރު މިފްކޯ އިން ވަނީ ޖުމްލަ 4 ބޯޓު ގަނެފަ އެވެ.
-
މި އަހަރުގެ ކުރީކޮޅު ގެނައި ޖަޒީރާ 103 މިހާރު ވެސް ދަނީ ދެކުނުގައި މަސްކިރަމުން
-
4 ބޯޓާ އެކު ދުވާލަކު 300 ޓަނުގެ މަސް ފްރީޒް ކުރެވޭނެ
މިފްކޯ އިން ބުނީ ޖަޒީރާ ސީރީޒްގެ ބޯޓުތަކާ އެކު މެދު ރާއްޖެ ތެރެއާއި ދެކުނުގެ މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސްވެރިންނަށް މަސްކިރުމުގައި ދިމާވާ ދަތިތަކަށް ހައްލު ލިބޭނެެ ކަމަށެވެ.
ކޮމެންޓް