ފޭސްބުކް މެދުވެރިކޮށް އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރު (ފޮޓޯ/ބީއެމްއެލް)
ފޭސްބުކް ސްކޭމްތައް އިތުރުވާތީ ސަމާލުވާން އެދެފި
ފޭސްބުކް އެކައުންޓްތައް ހެކްކޮށްގެން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުން ދާތީ ސަމާލުވާން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ބީއެމްއެލްއިން ބުނީ ފޭސްބުކް އެކައުންޓު ހެކްކޮށް ފްރެންޑް ލިސްޓުގައި ތިބޭ މީހުންނަށް ފައިސާ ހޯދަން މެސެޖުކޮށް ހަދާ ކަމަށެވެ.
ތަފްސީލް - މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް، ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ފޮނުވެނީ ކޮން ފަރާތަކަށްކަން ޔަގީން ކުރުމަށް ބޭންކުން އިލްތިމާސް ކުރެ އެވެ. އަދި މި ގޮތަށް އެދޭ ފަރާތަކަށް ފައިސާ ފޮނުވިއްޖެ ނަމަ ވީހާވެސް އަވަހަކަށް ބޭންކަށް އަންގައި، ފުލުހަށް މައްސަލަ ހުށަހަޅަން ވެސް ބޭންކުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އީ-ސިމް އެކްޓިވޭޓް ކުރަން އޮޅުވާލައިގެން އޯޓީޕީ ހޯދުމުގެ މައްސަލަތައް ވެސް ބޭންކަށް ހުށަހަޅާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
-
މިގޮތަށް އޯޓީޕީ ހޯދަން އެދޭ ފަރާތްތަކާ އެއްވެސް ހާލަތެއްގައި އޯޓީޕީ ހިއްސާނުކުރަން ބީއެމްއެލް އެދޭ
-
ޓެލެގްރާމް އަދި ވައިބާ ފަދަ ޗެނަލްތައް މެދުވެރިކޮށް ޑޮލަރު ގަތުމަށް ފައިސާ ފޮނުވުމުގެ ސަބަބުން ސްކޭމްވާ މައްސަލަތައް ވެސް ބޭންކަށް ހުށަހަޅާ