މީޑިއާނެޓުގެ އޮފީސް. (ފޮޓޯ/މީޑިއާނެޓް)
މީޑިއާނެޓުގެ ވީޑިއޯކްލަބަށް ސަބްސްކްރައިބްކޮށްގެން ބާލީ ދަތުރެއް
މީޑިއާ ނެޓުގެ ސްޓްރީމިން ހިދުމަތް، އެމްއެސް ވީޑިއޯކްލަބަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރިއަކަށް ބާލީ ދަތުރެެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި މަހުގެ 16 އިން އަންނަ މަހުގެ 26އަށް ކުރިއަށްގެންދާ 'ސްކްރީން ޓައިމް ޓު ޑްރީމް ޓައިމް' ނުވަތަ ޓީވީ ސްކްރީންތަކުން ހިޔާލީ ދުނިޔެއަކަށް ޕްރޮމޯޝަންގެ ދަށުން ވީޑިއޯކްލަބަށް ސަބްސްކްރައިބް ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އިންޑޮނޭޝިއާގެ ބާލީ އަށް ދަތުރެއް ދޭނެ އެވެ.
ތަފްސީލް - މި ޕްރޮމޯޝަނުގެ ނަސީބުވެރިއަކަށް ދެ މީހަކަށް ބާލީގައި ފަސް ރެ އާއި ހަ ދުވަހުގެ ހުރުން ލިބޭނެ އެވެ.
-
މި ޕެކޭޖުގައި ދެ މީހަކަށް ފްލައިޓް ޓިކެޓާއި ހުރުމާއި ކެއުން އަދި ބާލީ ޓުއާއެއް ލިބޭނެ
މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޕްރޮމޯޝަންގެ މުއްދަތުގައި ވީޑިއޯކްލަބް ޓީވީގެ ސަބްސްކްރިޕްޝަނެއް ގަންނަ ކަސްޓަމަރުންނަށެވެ.
-
ވީޑިއޯ ކްލަބްގެ ހިދުމަތް ޓީވީގެ ޒަރިއްޔާއިން ރާއްޖެއިން ބޭރުގައި ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ
މި ޕްރޮމޯޝަންގައި ބައިވެރިވާން ސަބްސްކްރައިބް ކުރާނެ ޕެކޭޖުތައް؛
-
ބިގް ސްކްރީން ވީޑިއޯކްލަބް: ހަމައެކަނި ވީޑިއޯކްލަބް ހިދުމަތް ލިބޭ ޕެކޭޖެއް
-
ވީޑިއޯކްލަބް ޓީވީ + އެޑް އޮން: މީޑިއާނެޓު ކަސްޓަމަރުން ވީޑިއޯކްލަބް ޓީވީއިން ބެލޭ ހިދުމަތް ލިބޭ ޕެކޭޖު
-
ވީޑިއޯކްލަބް ވޯންޓްއިޓްއޯލް: މީޑިއާނެޓުގެ ވޯންޓްއިޓް އޯލް ކަސްޓަމަރުންނަށް ވީޑިއޯކްލަބް ޚިދުމަތް ޓީވީ އަދި ފޯނުން ލިބޭ ޕެކޭޖު
-
އެމްއެސް ލައިޓް ގްލޯބަލް: ރާއްޖެއިން ބޭރުގައި ޓީވީން ވީޑިއޯކްލަބް ބެލޭ ހިދުމަތް
ގުޅުހުން ހުރި - ވީޑިއޯކްލަބް އިން ދަނީ 'މީޑިއާނެޓް އޮރިޖިނަލްސް' ބެނާގެ ދަށުން އާ ދިވެހި ފިލްމާއި ސީރީޒް ދިވެހިންނާ ހަމައަށް ގެނެސްދެމުންނެވެ.
-
އޭގެ ތެރޭގައި ދިވެހި ސީރީޒް 'ގަރީނާ، ދިވެހި ފިލްމު 'ބީވީމާ' އަދި ދިވެހި ފިލްމު 'ހިނދުކޮޅެއް' ފާހަގަކޮށްލެވޭ
-
'ގަރީނާ' އަދި 'ގާލްފްރެންޑް' ސީރީޒްގެ މުޅިން އާ ސީޒަންތައް ވަރަށް އަވަހަށް ރިލީޒްކުރާނެ
-
ކުރީގެ ދިވެހި ފިލްމާއި ސީރީޒް، ހިންދީ، އިނގިރޭސި އަދި ޓާކިޝް ފިލްމާއި ސީރީޒް ވެސް ވީޑިއޯކްލަބް ލައިބްރަރީގައި ހިމެނޭ
ވީޑިއޯކްލަބް ޕެކޭޖަށް ސަބްސްކްރައިބް ކުރުމަށް މީޑިއާނެޓުގެ އޮންލައިން ކުއިކްޕޭ ޕޯޓަލް އަށް ޒިޔާރަތްކޮށް ފައިސާ ދެއްކޭނެ އެވެ.