ރެޑްވޭވްގެ ފިހާރައެއް (ދައުރު ފޮޓޯ)

ރެޑްވޭވް

ރެޑްވޭވުން ކޮރެއާގެ މަޝްހޫރު 'އިނޮސް' ޓީވީ ތައާރަފްކޮށްފި

އިނޮސް ބްރޭންޑުގެ ޓީވީގެ ރާއްޖޭގެ އޮތަރައިޒްޑް ޑިސްޓްރިބިއުޓަރަކީ ރެޑްވޭވް

ކޮރެއާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ 'އިނޮސް' ބްރޭންޑުގެ ޓީވީ ރެޑްވޭވުން ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

ވީ ކިހިނެއް؟ - ރެޑްވޭވުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ އިނޮސް ބްރޭންޑުގެ ޓީވީގެ ރާއްޖޭގެ އޮތަރައިޒްޑް ޑިސްޓްރިބިއުޓަރަކީ އެ ކުންފުނި ކަމަށެވެ.

ތަފްސީލް - އެ ބްރޭންޑުގެ ޓީވީގެ ދެ މޮޑެލްއެއް ރެޑްވޭވުން ވަނީ ރާއްޖެއަށް ތައާރަފްކޮށްފަ އެވެ. އެއީ:

  • ގޫގަލް ޓީވީގެ 50 އިންޗި ޒީރޯ އެޑިޝަން 

  •  55 އިންޗި ކޭޔޫ ސީރީސް

މި ދެ މޮޑެލްގައި، ޒަމާނީ ގިނަ ފީޗާތައް ހިމެނެ އެވެ. އޭގެ ތެރޭގައި:

  • އެންމެ ފަހުގެ ގޫގުލް ޓީވީގެ އޯއެސް؛ މަގުބޫލު ހުރިހާ އެޕްލިކޭޝަންތައް ޑައުންލޯޑު ކުރެވޭނެ

  • ވޮއިސްކޮމާންޑުން ޓީވީގެ އެޕްލިކޭޝަންތައް ކޮންޓްރޯލް ކުރެވޭނެ

  •  ޑޮލްބީ ވިޝަން އަދި ޑޮލްބީ އެޓްމޮސްއިން މަންޒަރާއި އަޑު އިތުރަށް ފުރިހަމަވާނެ

  • މި ޓީވީތަކުގައި ހިމެނިފައިވާ 4ކޭ އަލްޓްރާ އެޗްޑީ ސްކްރީންގެ ސަބަބުން މަންޒަރުތަކުގެ ފެންވަރު ރަނގަޅުވެ، ކޮންޓްރާސްޓް އިތުރުކޮށް، ވައިބްރަންޓް ކުލަތަކަށް ހެޗްޑީއާރު 10 ސަޕޯޓުކޮށްދޭ

  • ޓީވީގައި ހިމެނޭ 5 ގިގަހާޓްޒް އިންޓަނެޓުގެ ސަބަބުން އަވަސް އަދި މެދުކެނޑުމެއްނެތި އިންޓަނެޓް ލިބޭނެ

ރެޑްވޭވުން އަލަށް ތައާރަފުކުރި އިނޮސް ޓިވީ (ފޮޓޯ/ރެޑްވޭވް)

ފާހަގަ ކުރެވޭ ކަމެއް - ރެޑްވޭވުން އިނޮސް ޓީވީ ތައާރަފްކޮށްފައިވަނީ ހެޔޮ އަގެއްގަ އެވެ. މީގެ އިތުރުން، އެކި ފައިނޭންޝަލް ސްކީމުތަކުގެ ދަށުން ވެސް މި ޓީވީ ގަނެވޭނެ އެވެ.

  • އިނޮސް ޓީވީއާ އެކު އެއް އަހަރުދުވަހުގެ ވޮރަންޓީ ލިބޭނެ

  • މާލެ، ހުޅުމާލެ އަދި ބޯޓުތަކަށް ހިލޭ ޑެލިވަރީކޮށްދޭނެ

  •  މާލެ އަދި ހުޅުމާލެ ސަރަހައްދުތަކަށް ޓީވީ އިންސްޓޯލްކޮށްދީ ޓެސްޓުކޮށްދޭނެ

  • އިނޮސް ޓީވީ ރެޑްވޭވް ޕެވިލިޔަން، އިލެކްޓްރޯނިކްސް، ލިވިން އަދި މެގަމޯލްއިން ލިބޭނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް