ދިވެހި ރުފިޔާތަކެއް ކައުންޓަރެއްގެ މަތީ ބަހައްޓާފައި: ރާއްޖެއިން 2026ގައި 1 ބިލިއަން ޑޮލަރު ދައްކަން ޖެހުމުގެ ގޮންޖެހުމާ ކުރިމަތިވާނެ.

އާ ސަރުކާރަށް 119 ބިލިއަންގެ ދަރަންޏެއް ވާރުތަވެއްޖެ؛ 10 ބިލިއަން އިންޑިއާއަށް

ސަރުކާރުން ނަގާފައިވާ ލޯނުތަކާއި ސޮވަރިން ގެރަންޓީތައް ހިމަނައިގެން ދައުލަތުގެ ޖުމްލަ ދަރަނި ހުރީ ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ނިސްބަތުން %110.9ގައި
19 ނޮވެމްބަރު 2023

މިދިޔަ ހުކުރު ދުވަހު ވެރިކަމުގެ ހުވާކުރައްވައި ސަރުކާރާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް 119 ބިލިއަންގެ ދަރަންޏެއް ވާރުތަވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީން، ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ ފަހު މަސައްކަތު ދުވަސް ކަމަށްވާ މިދިޔަ ބުރާސްފަތި ދުވަހު އާންމުކޮށްފައިވާ ދައުލަތުގެ ދަރަނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ސެޕްޓެމްބަރު މަސް ނިމުނު އިރު ސަރުކާރުން ނަގާފައިވާ ލޯނުތަކާއި ސޮވަރިން ގެރަންޓީތައް ހިމަނައިގެން ދައުލަތުގެ ޖުމްލަ ދަރަނި ހުރީ ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ނިސްބަތުން %110.9ގަ އެވެ. އެއީ:

  • ބޭރުގެ ދަރަނި - 50.9 ބިލިއަން ރުފިޔާ

  • އެތެރޭގެ ދަރަނި - 66.4 ބިލިއަން ރުފިޔާ

  • ޖުމްލަ ދަރަނި - 119 ބިލިއަން ރުފިޔާ

ތަފްސީލް - އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ ޖުމްލަ ދަރަނީގެ ބޮޑު ބައެއް ދައްކަން އޮތީ ރާއްޖޭގެ އެތެރޭގެ ފަރާތްތަކަށެވެ. އެގޮތުން:

  • ޖުމްލަ ދަރަނީގެ %42.8 އަކީ ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ

  • ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނީގެ ޖީޑީޕީގެ ނިސްބަތުން %47.5އަށް އަރާ 

  • 57.2% އަކީ އެތެރޭގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނި

އެންމެ ބޮޑު ދަރަންޏެއް އިންޑިއާ އާއި ޗައިނާއަށް

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ރާއްޖެއިން އެންމެ ބޮޑު ދަރަންޏެއް ނަގާފައި ވަނީ މިހާރު އަވަށްޓެރި އިންޑިއާއިންނެވެ. އެގޮތުން، ސީދާ އެ ގައުމުގެ އެކި ބޭންކުތަކުން ނަގާފައިވާ ދަރަނިތަކާއި އެކި ކުންފުނިތަކަށް ދީފައިވާ ސޮވަރިން ގެރެންޓީތައް ހިމެނޭ ގޮތުން އިންޑިއާ އަތުން ރާއްޖެއަށް ނަގާފައިވާ ދަރަނި 10.3 ބިލިއަން ރުފިޔާއަށް އަރަ އެވެ.

އެ ދަރަނިތަކުގެ ތަފްސީލަކީ: 

  • އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާގެ ލޯނު - 5.5 ބިލިއަން ރުފިޔާ

  • ބޮންޑް - 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ)

  • އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާގެ ސޮވަރިން ގެރެންޓީ - 1.76 ބިިލިއަން ރުފިޔާ

  • ރިޒާވް ބޭންކް އޮފް އިންޑިއާގެ ސޮވަރިން ގެރެންޓީ - 1.54 ބިލިއަން ރުފިޔާ 

ރާއްޖެއިން ޗައިނާގެ އެކި ފަރާތްތަކަށް އޮތް ދަރަނި 9.1 ބިލިއަން ރުފިޔާއަށް އަރަ އެވެ. އޭގެ ތެރެއިން ބޮޑު ދަރަންޏެއް އޮތީ ސަރުކާރުގެ އެކި ކުންފުނިތައް މެދުވެރިކޮށް ނެގި ލޯނުތަކަށް ސޮވަރިން ގެރެންޓީގެ ގޮތުގަ އެވެ. އެ ދަރަނިތަކުގެ ތަފްސީލްތަކަކީ: 

  • އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާގެ ލޯނު - 30.1 މިލިއަން ރުފިޔާ

  • އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާގެ ގެރެންޓީ - 4.55 ބިލިއަން ރުފިޔާ

  • އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާގެ ގެރެންޓީ - 2.32 ބިލިއަން ރުފިޔާ

  • ޗައިނާ ޑިވަލޮޕްމަންޓް ބޭންކުގެ ގެރެންޓީ - 2.26 ބިލިއަން ރުފިޔާ 

މި އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ލޯނުތަކުގެ އިންޓަރެސްޓް ދެއްކުމަށް 2.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް