ފިނޭންސު މިނިސްޓްރީގެ އިމާރާތް (ފޮޓޯ/ފިނޭންސް މިނިސްޓްރީ)

5 މިލިއަނުން މަތީގެ ބީލަންތައް ޕޯޓަލް މެދުވެރިިކޮށް ހުށަހަޅާ ގޮތަށް ހަދައިފި

ސަރުކާރުގެ މަސައްކަތްތަކަށް ބީލަން ހުށަހެޅުން އޮންލައިންކޮށް، އެ ކަމަށް ހާއްސަ ބީލަން ޕޯޓަލް އިފްތިތާހު ކުރީ 6 ޑިސެމްބަރު 2021 ވަނަ ދުވަހު

ދައުލަތުން ކުރިއަށްގެންދާ 5 މިލިއަން ރުފިޔާ އިން މަތީގެ ހުރިހާ ޕްރޮކިޔުމެންޓުތަކެއް ދެން ހުށަހަޅަން ޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށް ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި އާންމުކޮށްފައިވާ މާލިއްޔަތާ ބެހޭ ސާކިޔުލާގައި ބުނީ މިއަދުން ފެށިގެން ދައުލަތުގެ އާންމު ބަޖެޓުން އިއުލާން ކުރާ 5 މިލިއަން ރުފިޔާ އިން މަތީގެ ހުރިހާ ޕްރޮކިޔުމެންޓުތަކަށް ބިޑު ހުށަހަޅާނީ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

ތަފްސީލް - ސަރުކާރުގެ މަސައްކަތްތަކަށް ބީލަން ހުށަހެޅުން އޮންލައިންކޮށް، އެ ކަމަށް ހާއްސަ ބީލަން ޕޯޓަލް އިފްތިތާހު ކުރީ 6 ޑިސެމްބަރު 2021 ވަނަ ދުވަހު އެވެ.

ބީލަން ޕޯޓަލް

  • ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ސިއްރުކަން، ބިޑް ހުޅުވުމުގެ ވަގުތާ ހަމައަށް ހިފެހެއްޓޭނެ

  • ޕޯޓަލް މެދުވެރިކޮށް ބޭރުގެ ފަރާތްތަކަށް ވެސް ބީލަން ހުށަހެޅޭނެ

  • ބޭރުގެ އެހީގައި ހިންގާ މަޝްރޫއުތަކަށް ކޮންޓުރެކްޓަރުން ހޯދުމުގެ މަސައްކަތް ކުރަނީ ވެސް ޕޯޓަލް މެދުވެރިކޮށް

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް