
އޭސް ހާޑްވެއާ އިން ވިއްކާ ސާފުކުރާ ސާމާނު
ސާފުކުރާ ސާމާނުގެ އާ ސްޓޮކެއް އޭސް ހާޑްވެއާއަށް
ގޭތެރެ ސާފުކޮށް ބޭއްވުމަށް ބޭއްވުމަށް ބޭނުންކުރާ ސާމާނުގެ އާ ސްޓޮކަކާ އެކު ސާފުކުރުމުގައި ބޭނުންކުރާ އިތުރު އާ ސާމާނު އޭސް ހާޑްވެއާއަށް ގެނެސްފި އެވެ.
އެކި ކަހަލަ ސޫފާސޫފި ނައްތާލަން ބޭނުންކުރާ އިންސެކްޓިސައިޑްސް އިން ފެށިގެން ގޮސް ސިންކު ސާފު ކުރަން ބޭނުންވާނެ ޑްރެއިން ކްލީނާސް އާއި ފާހާނާ އާއި ބަދިގެ އަދި ތަޅުންގަނޑު ސާފުކުރަން ބޭނުންވާ ގިނަ ސާމާނު މިހާރު އެ ފިހާރައިން ލިބޭނެ އެވެ.
ސާފު، ރީތި ގެއަކަށް ބޭނުންވާނެ ތަކެތި
މަލްޓި-ޕާޕަސް ކްލީނާސް އިން ފެށިގެން ގޮސް ވިންޑޯ ކްލީނާ އަދި ފްލޯ ކްލީނާސް ވެސް މި ރޭންޖުގައި ހިމެނެ އެވެ. މުށިގަނޑުގައި ހުންނަ ހަޑި ތަންތަންކޮޅާއި ފާރުތަކުގައި ޖެހިފައި ހުންނަ ލައްތަައް އަދި ކުޑަދޮރުތައް ސާފުކުރަން ބޭނުންކުރާ ސާމާނު މި ރޭންޖުގައި ހިމެނެ އެވެ. ކޮލެޓީ ރަނގަޅު، އިތުބާރު ހުރި މި އައިޓަމްތަކާ އެކު ގޭތެރެއަށް ސާފުކަން ގެންނާނެ އެވެ.
ޑްރެއިން ކްލީނާސް
ބަދިގޭ ސިންކު ބެދިގެން ނޫނީ ފާހާނާގެ ވޮޝް ބޭސިން ބެދިގެން އެ ވާ އުނދަގޫތަކަށް މިއީ ފުރިހަމަ ހައްލެވެ. އޭސް ހާޑްވެއާ އިން ވިއްކާ ޑްރެއިން ކްލީނާސް އަކީ ސިންކުގެ ހޮޅިތައް ރީތިކޮށް ސާފުކޮށްލައިދޭނެ އުފެއްދުމެކެވެ.
އިންސެކްޓިސައިޑްސް
ގޭތެރޭގައި ނޭނގި ވެސް އުޅޭ ކުދިކުދި ސޫފާސޫފިތައް ނައްތާލައި ސާފުކޮށްލަން މިއީ އެންމެ ފަސޭހަ ހައްލެވެ. ކުދި ކުރަތްޕާއި އެ ނޫން ވެސް އެފަދަ ސޫފިތައް ހާލި ހަދައިގެން އުޅޭ ތަންތަން ނައްތާލަން މި އުފެއްދުންތައް ބޭނުން ކުރެވޭނެ އެވެ. މެއްސާއި ހިނި އަދި މަދިރި ނައްތާލަން ވެސް މިއީ ރަނގަޅު އުފެއްދުންތަކެކެވެ.
އޭސް ހާޑްވެއާ ހިޔާރުކުރަންވީ ކީއްވެ؟
ގޭގެ މެއިންޓެނެންސް އާއި ސާފުކުރުމަށް ބޭނުންވާ ގިނަ ސާމާނު އެއް ތަނަކުން ހޯދަން ބޭނުން ނަމަ ދާންވީ އޭސް ހާޑްވެއާ އަށެވެ. އެ ތަނުން ވިއްކާ ސާމާނަކީ ފެންވަރު ރަނގަޅު، ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ ސާމާނެވެ.
އޭސް ހާޑްވެއާ އިން ފޯރުކޮށްދޭ ކަސްޓަމާ ސާވިސް އާއި އެ ތަނުން ވިއްކަން ހުންނަ އުފެއްދުންތަކާ ގުޅޭ މައުލޫމާތު ކަސްޓަމަރުންނަށް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަކީ ގިނަ ބަޔަކު އޭސް ހާޑްވެއާ ހިޔާރު ކުރާ ސަބަބެވެ.
އޭސް ހާޑްވެއާ އިން ބުނީ، އަލަށް ގެނައި ސްޓޮކު އޮންލައިންކޮށް އޭސްގެ ވެބްސައިޓުން އަދި އޭސްގެ ފިހާރަތަކުން ވެސް ލިބޭނެ ކަމަށެވެ.
ކޮމެންޓް (1)
ސާމިއާ