ވީއައިއޭގައި ބޭނުންކުރާ ގްރައުންޑް ހޭންޑްލިއިން އިކުއިޕްމެންޓު އާކޮށް ހިދުމަތަށް ނެރުން (ފޮޓޯ/އެމްއޭސީއެލް)
ވީއައިއޭގައި ބޭނުންކުރާ ގްރައުންޑް ހޭންޑްލިން ސާމާނު އާކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ބޭނުންކުރާ ގްރައުންޑް ހޭންޑްލިން އިކުއިޕްމެންޓުތައް އާކޮށް ބޭނުން ކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - އެއާޕޯޓުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހަރުދަނާ ކުރުމަށް ގްރައުންޑް ހޭންޑްލިންގައި ބޭނުންކުރާ ބައެއް ސާމާނު އާކޮށް ބޭނުންކުރަން ފެށުން ފާހަގަކުރުމަށް އެއާޕޯޓުގެ އޭޕްރަން ސަރަހައްދުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ.
ތަފްސީލް - އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނީ ފަސިންޖަރުންނަށް ހިދުމަތް ދޭން ބޭނުންކުރާ ގިނަ އިކުއިޕްމެންޓުތަކެއް އާކޮށްފައިވާ ކަމަށެވެ. އެގޮތުން ހިދުމަތުގައި ބޭނުންކުރަން ފެށި އިކުއިޕްމެންޓުގެ ތެރޭގައި
-
4 ފަސިންޖާ ބަސް
-
4 އެއާކްރާފްޓް ސްޓެއާސް
-
2 ޔުނިވާސަލް ލޯޑާށް
-
2 ހައި ލޯޑާސް
-
10 ބެގޭޖު ޓްރެކްޓަރު
-
14 ސީޓުގެ މިނީ ވޭނެއް
-
32 ސީޓުގެ ބަހެއް
-
އެއާ ކޮންޑިޝަނިން ޔުނިޓެއް
-
30 ކޯން އަދި ޗޮކްސް
-
1 ކޮންޓެއިނާ އަދި ޕެލެޓް ޓްރާންސްޕޯޓާ
-
4 ކޮންވޭޔާ ބެލްޓް
-
3 ގްރައުންޑް ޕަވާ ޔުނިޓު
-
40 ކޮންޓެއިނާ އެންޑް ޕެލެޓް ޑޮލީ
-
1 ޓޮއިލެޓް ޓޤރަކް
-
1 ޓްވިން ކެބް
އެމްއޭސީއެލް އިން ބުނީ އާ އިކުއިޕްމެންޓު ބޭނުންކުރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މި ތަކެތީގެ ރަމްޒީ ތަޅުދަނޑި އެ ކުންފުނީގެ އޮޕަރޭޝަނުގައި އުޅޭ ސްޓާފުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ހިދުމަތަށް އަލަށް ގެނައި ސާމާނަކީ ވީއައިއޭ އަށް އޮޕަރޭޓު ކުރާ އެއާލައިންތަކަށް ދޭ ހިދުމަތް އިތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅު ކުރުމަށް ގެނައި ސާމާނު ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.
-
ކުރިއަށް އޮތްތަނުގައި އިތުރު އާ އިކުއިޕްމެންޓު ހިދުމަތަށް ގެންނާނެ