ވިލާ ކޮލެޖުގައި ފާމަސީ ކިޔަވާ ދަރިވަރުންނަށް ކޯޓު ހަވާލުކުުން (ފޮޓޯ/ވިލާ ކޮލެޖު)

ވިލާ ކޮލެޖުގައި ފާމަސީ ކިޔަވާ ދަރިވަރުންނަށް ކޯޓު ހަވާލުކޮށްފި

މި ޕްރޮގްރާމްގައި ކިޔަވާ ދަރިވަރުން ތަޖުރިބާ ހޯދުމަށްޓަކައި ޕްރޮގްރާމްގެ މުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރުގައި އެކްސްޓާންޝިޕް ޕްރޮގްރާމެއް ފުރިހަމަ ކުރާނެ

ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްއިން ހިންގާ ބެޗެލާ އޮފް ފާމަސީ ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ 15 ދަރިވަރަކަށް ވައިޓް ކޯޓް ހަވާލުކޮށް، ހުވާކޮށްފި އެވެ.

ވީ ކިހިނެއް - ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެ ދަރިވަރުންނަށް ހުވާލާ ދެއްވައި ކޯޓު ހަވާލުކޮށްދެއްވީ ރާއްޖޭގެ އެލައިޑް ހެލްތު ކައުންސިލްގެ ރަޖިސްޓްރާާ އުބެއިދުﷲ ތައުފީގެވެ.

 ތަފްސީލް - ބެޗެލާ އޮފް ފާމަސީ ޕްރޮގްރާމަކީ، ވިލާ ކޮލެޖުގެ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު އިންޓޭކުގައި އަލަށް ތައާރަފް ކުރި ޕްރޮގްރާމެކެވެ.

  • މި ކޯހަށް ވަދެވޭނީ، އޭލެވެލެގެ ކެމިސްޓްރީ އަދި ފިޒިކްސް ހިމެނޭގޮތަށް، ޖުމްލަ ތިން މާއްދާއިން ފާސްވެފައިވާ ނަމަ

  •  ނުވަތަ ގުޅޭ ދާއިރާއަކުން އެމްއެންކިއުއެފް ލެވެލް 4ގެ ކޮލިފިކޭޝަނަކާ އެކު އަދި އޯ ލެވެލް ނުވަތަ އެއާ އެއް ފެންވަރުގެ އިނގިރޭސި ފާހެއް ލިބިފައިވާ ނަމަ 

  • ކޯހުގެ މުއްދަތަކީ ޖުމްލަ ހަތަރު އަހަރު

މި ޕްރޮގްރާމްގައި ކިޔަވާ ދަރިވަރުން ތަޖުރިބާ ހޯދުމަށްޓަކައި  ޕްރޮގްރާމްގެ މުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރުގައި އެކްސްޓާންޝިޕް ޕްރޮގްރާމެއް ފުރިހަމަ ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

ޕްރޮގްރާމްގެ ފަހު އަހަރުގައި ޖީއެމްޕީ ކޮލިޓީ އެންޑް ސްޓޭންޑާޑްސްގެ ތަޖުރިބާ ހޯދުމަށްޓަކައި ޑަބްލިއުއެޗްއޯ އިން ގަބޫލުކުރާ ފެންވަރުގެ ބޭސް އުފައްދާ ކާރުހާނާއަކަށް ތަޖުރިބާ ދަތުރެއް ވެސް ހިމެނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް