އުރީދޫ ސުޕަ އެޕް. (ދައުރު ފޮޓޯ/ހުސެން ސުނޭން)
އުރީދޫ އެޕުން ރީޗާޖުކޮށްގެން އައިފޯން 15 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު
އުރީދޫއިން 'ރީޗާޖް އެންޑް ވިން'ގެ ނަމުގައި އުރީދޫ އެޕްލިކޭޝަން މެދުވެރިކޮށް ރީޗާޖު ކުރުމުން ހާއްސަ ހަދިޔާ ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި އަހަރުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގައި 20ރ.އިން ފެށިގެން މަތިން ރީޗާޖުކުރުާ ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ. އުރީދޫގެ ޑިޖިޓަލް ވޮލެޓު 'އެމް-ފައިސާ' މެދުވެރިކޮށް ރީޗާޖު ކުރާ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނުން ފުރުސަތު ދޭނެ އެވެ.
އުރީދޫގެ 'ރީޗާޖް އެންޑް ވިން'
މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު ވެސް ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް ހާއްސަ ހަދިޔާތަކެއް ދޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
އެޕަލް ވޮޗް ސީރީޒް 8
-
ވާވޭ ވޮޗް ބަޑްސް
-
ގާމިން ވެނޫ އެސްކިއު - މިއުޒިކް
-
އެޕަލް އެއާޕޮޑްސް ޕްރޯ ޖެން2
-
ސެމްސަންގް ގެލެކްސީ ވޮޗް 5
-
ސެމްސަންގް ގެލެކްސީ ބަޑްސް 2 ޕްރޯ
-
އެޕަލް މެގް ސޭފް ޑުއޯ ޗާޖަ
-
އިންސްޓެކްސް މިނީ 40
ޕްރޮމޯޝަން ނިމުމުން ނަގާ ގްރޭންޑް ލަކީޑްރޯގައި ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ އެޕަލްއިން އެންމެ ފަހުން ނެރުނު އައިފޯން 15 ޕްރޯ މެކްސް އެކެވެ.
އެނގުން މުހިންމު - އުރީދޫގެ މޮބައިލް އެޕްލިކޭޝަން މިފަހުން 'ސުޕަ' އެޕްލިކޭޝަނަކަށް އަޕްގްރޭޑުކޮށް، ގިނަ ހިދުމަތްތަކެއް ލިބޭ ގޮތަށް ފަރުމާކޮށް، އެޕްލިކޭޝަންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އުރީދޫގެ ވެބްސައިޓު މެދުވެރިކޮށް އުރީދޫ އެޕް ޑައުންލޯޑު ކޮށްލެވޭނެ އެވެ.