ދިރާގުގެ ހެޑް އޮފީސް. (ދައުރު ފައިލް ފޮޓޯ)

މި މަހުގެ ނިޔަލަށް ބައިވެރިވެގެން ޓެސްލާ ލިބުމުގެ ފުރުސަތު ދެ ގުނަ ބޮޑު

އަންނަ ޖެނުއަރީގެ ނިޔަލަށް ޕޯސްޓްޕެއިޑް 450 އަދި ފައިބާ ބްރޯޑްބޭންޑް 30M އިން މަތީގެ ޕެކޭޖެއް ގެންގުޅޭ ނުވަތަ އަލަށް ނަގާ ކަސްޓަމަރުންނަށް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ

ދިރާގުގެ 35 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ 'ވިން އަ ޓެސްލާ' ޕްރޮމޯޝަނުގައި މި މަސް ނިމުމުގެ ކުރިން ބައިވެރިވެގެން ޓެސްލާ ހޯދުމުގެެ ފުރުސަތު ދެ ގުނަ ކުރެވޭނެ ކަމަށް ދިރާގުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ދިރާގުން މިދިޔަ މަހު އިއުލާނުކުރި ޕްރޮމޯޝަނުގެ ދަށުން، އަންނަ ޖެނުއަރީގެ ނިޔަލަށް ޕޯސްޓްޕެއިޑް 450 އަދި ފައިބާ ބްރޯޑްބޭންޑް 30M އިން މަތީގެ ޕެކޭޖެއް ގެންގުޅޭ ނުވަތަ އަލަށް ނަގާ ކަސްޓަމަރުންނަށް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

  • މި މަަސް ނިމުމުގެ ކުރިން މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކަށް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ދެ ގުނަ ވާނެ

ތަފްސީލް - ޕްރޮމޯޝަންގައި ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރަމުން އަންނަ ކަސްޓަމަރުންނާއި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ.

  • ކޮންމެ ކަސްޓަމަރަކަށް ވެސް އެ ފަރާތްތަކުގެ ޝަރުތު ފުރިހަމަވާ ހުރިހާ ނަންބަރުތަކެއް ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ

ދިރާގުން ކުރިއަށް ގެންދާ 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ޕޯސްޓަރެއް.

ދިރާގުން ބުނީ މި ޕްރޮމޯޝަނަކީ އަލަށް އެ ކުންފުންޏާ ގުޅޭ ކަސްޓަމަރުންނަށް ރާއްޖޭގެ އެންމެ ހަލުވި ނެޓްވޯކް ތަޖުރިބާކުރުމަށް ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށެވެ.

ފާހަގަކުރެވޭ ކަމެއް - ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުން އަންނައިރު، އެ ކުންފުނިން އަންނަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެ، ކަސްޓަމަރުންނަށް އެންމެ ރަނގަޅު ފެންވަރުގެ ހިދުމަތް ފޯރުކޮށްދީ، ޑިޖިޓަލް ރާއްޖޭގައި ކުރިއެރުމަށް މަގުފަހިކޮށްދެމުންނެވެ.  

info@dhiraagu.com.mv
123

އިތުރު އާޓިކަލް

އިތުރު އާޓިކަލް