މާލޭ ވިޔަފާރި ބަނދަރު (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

މިދިޔަ މަހު 1 ބިލިއަންގެ މުދާ އިތުރަށް އެތެރެކޮށްފި، އެކަމަކު އެކްސްޕޯޓް ދަށަށް

ކަސްޓަމްސް މެދުވެރިކޮށް މިދިޔަ އަހަރުގެ އޮގަސްޓްގައި 391 މިލިއަން ރުފިޔާ ދައުލަތަށް ލިބުނު އިރު، މިދިޔަ މަހު ލިބުނީ 324 މިލިއަން ރުފިޔާ
21 ސެޕްޓެމްބަރު 2023

މިދިޔަ މަހު ރާއްޖެ އެތެރެކުރި މުދަލުގެ އަގު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރުވެފައި ވާއިރު، އެ މުއްދަތުގައި ރާއްޖޭން ބޭރަށް އެކްސްޕޯޓު ކުރި މުދާ މަދު ވެފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކައިފި އެވެ.

ވީ ކިހިނެއް؟ - ކަސްޓަމްސް އިން މިއަދު އާންމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ މަހު ރާއްޖެ އެތެރެކުރި މުދަލުގެ ސީއެފްއައި އަގު، މިދިޔަ އަހަރުގެ އޮގަސްޓާ އަޅާބަލާއިރު %7 އިތުރެވެ.

  • މިދިޔަ އަހަރު ގެ އޮގަސްޓު މަހު 4.8 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި

  • މިދިޔަ މަހު 5 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވޭ

ތަފްސީލް - އެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު 93 މިލިއަން ރުފިޔާގެ މުދާ ރާއްޖޭން ބޭރުކޮށްފައިވެ އެވެެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖޭން ބޭރުކޮށްފައި ވަނީ 125 މިލިއަން ރުފިޔާގެ މުދަލެވެ. އެއީ އަހަރުން އަހަރަށް ބަލާއިރު %26ގެ ދަށްވުމެކެވެ.

ކަސްޓަމްސް މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީއަށް ބަލާއިރު:

  • އާމްދަނީ ވަނީ %17 ދަށްވެފައި 

  • މިދިޔަ އަހަރުގެ އޮގަސްޓްގައި 391 މިލިއަން ރުފިޔާ ލިބުނު އިރު، މިދިޔަ މަހު ލިބުނީ 324 މިލިއަން ރުފިޔާ

  • ރޯޔަލްޓީގެ ގޮތުގައި މިދިޔަ މަހު 2.1 މިލިއަން ރުފިޔާ ލިބުނު

މިދިޔަ މަހު އެންމެ ގިނައިން މުދާ އެތެރެކުރި ފަސް ގަައުމު:

  • އޮމާން - 887 މިލިއަން ރުފިޔާގެ މުދާ (ޖުމްލަ އިމްޕޯޓުގެ %17)

  • އިންޑިއާ - 736 މިލިއަން ރުފިޔާގެ މުދާ (ޖުމްލަ އިމްޕޯޓުގެ %15)

  • ޔޫއޭއީ - 648 މިލިއަން ރުފިޔާ (ޖުމްލަ އިމްޕޯޓުގެ %13)

  • ޗައިނާ - 398 މިލިއަން ރުފިޔާ (ޖުމްލަ އިމްޕޯޓުގެ %8)

  • ޖަރުމަނު - 364 މިލިއަން ރުފިޔާ (ޖުމްލަ އިމްޕޯޓުގެ %7)

މިދިޔަ މަހު އެންމެ ގިނައިން އެތެރެކޮށްފައިވަނީ:

  • ތެލުގެ ބާވަތްތައް؛ އޭގެ ތެރޭގައި މެރިން ގޭހާއި ޕެޓްރޯލް އަދި ޖެޓް ފިއުލް ހިމެނޭ

  • ދެން އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކެއިންބުއިމަށް ބޭނުންކުރާ ސާމާނު

މިދިޔަ މަހު އެންމެ ގިނައިން މުދާ އެކްސްޕޯޓުކުރި ފަސް ގަައުމު:

  • ޖަރުމަނު

  • އިނގިރޭސިވިލާތް

  • ތައިލެންޑް

  • އިންޑިއާ

  • ފްރާންސް

ރާއްޖޭން ބޭރުކުރި މުދަލުގެ ބޮޑު ބަޔަކީ:

  • ކަޅުބިލަމަހާއި ކަޅުބިލަ މަހުން އުފައްދާފައިވާ ބާވަތްތައް 

  • އެކްސްޕޯޓުގައި ދެން އެންމެ ބޮޑު ހިއްސާއެއް ކުރަނީ ބޮޑުކަންނެލީގެ އުފެއްދުންތަކާއި މަހުގެ އުކާލާ ބައިތަކުން އުފައްދާފައިވާ ފިޝްމީލް ފަދަ ތަކެތި

އިތުރު އާޓިކަލް

އިތުރު އާޓިކަލް