Round 2

avatar

Solih

MDP

avatar

Muizzu

PPM - PNC

108,735

46.22%

126,499

53.78%

Updated Time: 7:51 AM

Voted 242,690

Eligible 282,804

Turnout 85.82%

Invalid 7,456

586

Counted Boxes

0

Remaining Boxes

އިޝްތިހާރު

ބީއެމްއެލްގެ އޮންލައިން ބޭންކިން (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލް މެދުވެރިކޮށް ބޭރަށް ފައިސާ ފޮނުވައިގެން އަގުހުރި އިނާމުތަކެއް

މިއަދު ފެށި ޕްރޮމޯޝަންގެ ދަށުން ބޮޑު އިނާމެއްގެ ގޮތުގައި، ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 15،000ރ.ގެ ގިފްޓް ކާޑު ލިބޭނެ

ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވައިގެން ގިނަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - ބީއެމްއެލް އިން ބުނީ، މިއަދު ފެށި ޕްރޮމޯޝަންގެ ދަށުން ބޮޑު އިނާމެއްގެ ގޮތުގައި، ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 15،000ރ.ގެ ގިފްޓް ކާޑު ލިބޭނެ ކަމަށެވެ.

ތަފްސީލް - މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު ނުވަ ފަރާތެއް ގުރުއަތުން ހޮވަން ނިންމާފައިވެ އެވެ.

އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ފައިސާ ފޮނުވައިގެން އަގުހުރި އިނާމު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ވަނީ ފަށާފައި

މި ޕްރޮމޯޝަންގެ ދަށުން:

  • 500 ޑޮލަރުން ދަށުގެ މުއާމަލާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ތިން  ފަރާތަކަށް 750ރ.ގެ ގިފްޓް ކާޑެއް ލިބޭނެ

  • 501 އާއި 1،000 ޑޮލަރާ ދެމެދުގެ މުއާމަލާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 2،000ރ.ގެ ގިފްޓް ކާޑެއް ލިބޭނެ

  • 1،000 ޑޮލަރުން މަތީގެ މުއާމަލާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 3،500ރ.ގެ ގިފްޓް ކާޑެއް ލިބޭނެ

މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން ފެށިގެން އަންނަ 18 ޑިސެމްބަރުގެ ނިޔަލަށެވެ.

އިޝްތިހާރު

ކޮމެންޓް (1)

profile-image-placeholder

އިށާން

19 ސެޕްޓެމްބަރު 2023
ޑޮލަރު ގައުމުގަ ގިނަވީތަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް