އުރީދޫ ހަދިޔާ ފޮށީގެ ނަސީބުވެރިޔާ އާ ސައިކަލު ހަވާލުކުރުން (ފޮޓޯ/އުރީދޫ

އުރީދޫ

އުރީދޫ ހަދިޔާ ފޮށީގެ ސައިކަލު ހަވާލުކޮށްފި

އުރީދޫ ގެ ކަސްޓަމަރުންގެ ތެރެއިން %75 އަށް ވުރެ ގިނަ ކަސްޓަމަރުން ވަނީ ހަދިޔާ ފޮށި ގޭމުގައި ބައިވެރިވެފައި

މިދިޔަ ރޯދަ މަހު އުރީދޫ އިން ކުރިއަށް ގެންދިޔަ ހަދިޔާ ފޮށި ޕްރޮމޯޝަމުގެ އެންމެ އަގުހުރި އިނާމު ކަމަށްވާ، ހޮންޑާ ސްކޫޕީ ސައިކަލުގެ ނަސީބުވެރި ފަރާތާ ސައިކަލުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު ލޮނުޒިޔާރަތްކޮޅު، ބްރިޖު ވިއުއިން ޕްލެޓުފޯމުގައި ބޭއްވި ރަސްމިއްޔާތެއްގައި ނަސީބުވެރިޔާ އާ ސައިކަލު ހަވާލުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރު އަދި ސީއީއޯ، ހާލިދް އަލް ހަމާދީ އެވެ.

ތަފްސީލު - ހަބޭސް ބޮޑުބެރު ގުރޫޕުގެ ބޮޑުބެރު ހަރަކާތްތަކާ އެކު މިއަދު ބޭއްވި ރަސްމިއްޔާތުގައި ހަދިޔާ ފޮށީގެ ތީމާއި އެއްގޮތަށް ސްޕިން ދަ ވީލް ގޭމެއްގައި ބައިވެރިވެގެން އިތުރު ހަދިޔާތައް ހޯދުމުގެ ފުރުސަތު އެސަރަހައްދުގައި ތިބި ފަރާތްތަކަށް ވަނީ ދީފަ އެވެ.

ބުނީ ކީކޭ؟ - އުރީދޫގެ ސީއީއޯ ހާލިދު ވަނީ ހަދިޔާ ފޮށީގެ ނަސީބުވެރިންނަށް މަރުހަބާ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ރޯދަ މަސް ތެރޭ ކޮންމެ ދުވަހަކު ވެސް ކަސްޓަމަރުންނަށް ކޮންމެވެސް ހަދިޔާއެއް ދެވުމަކީ އުރީދޫ އަށް ލިބުނު އުފަލެއް ކަމަށެވެ.

  • "ހަދިޔާ ފޮށި" އަކީ އުރީދޫ އެޕް މެދުވެރިކޮށް އެއް މަސް ދުވަހުގެ މުއްދަތަށް ރަމަޟާން މަހު ކުރިއަށް ގެންދިޔަ ގެމިފައިޑް ޕްރޮމޯޝަނެއް 

  • އެ ޕްރޮމޯޝަންގެ ދަށުން އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓްގެ ހުރިހާ ކަސްޓަމަރުންނަށް ރޯދަމަހުގެ ކޮންމެ ދުވަހަކު ވެސް އަގުހުރި ހަދިޔާތަކެއް ހޯދުމުގެ ފުރުސަތު އޮތް

  • އެ ޕްރޮމޯޝަންގައި 1 ޓީބީއާ ހަމައަށް ހިލޭ ޑޭޓާ، ސްކޫޕީ ސައިކަލު، އައިޕޯން، ސޯފާ، ސްމާޓް ޓީވީ، ލެޕްޓޮޕް، ހޯމްޕޮޑް މިނީ، ބަދިގެއަށް ބޭނުންވާ ސާމާނު ފަދަ އަގުހުރި ހަދިޔާތައް ދީފައިވޭ

  • އުރީދޫގެ ކަސްޓަމަރުންގެ ތެރެއިން %75 އަށް ވުރެ ގިނަ ކަސްޓަމަރުން ވަނީ މި ގޭމުގައި ބައިވެރިވެފައި

އުރީދޫ އިން ބުނީ، ފެންވަރު ރަނގަޅު ހިދުމަތްތަކާއި އީޖާދީ ޑިޖިޓަލް ސޮލިއުޝަންތަކާއި ހިދުމަތްތައް ތައާރަފްކޮށް ކަސްޓަމަރުންނާއި ރާއްޖޭގެ މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް މަސައްކަތް ކުރުމުގައި އެ ކުންފުނި ދެމިއޮންނާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް