ބްރޫނޯ މެނާޑް، 2019 ގައި ބީބީއެމްއިން ބޭއްވި މާސްޓަކްލާސް ސީރީޒްގެ ސެޝަނެއްގައި (ފޮޓޯ/ބީބީއެމް

ބީބީއެމް

3 މިޝަލަން ސްޓާގެ ޝެފު ބްރޫނޯ މެނާޑް ރާއްޖޭގައި ތަމްރީނުތަކެއް ހިންގަނީ

ޝެފް ބްރޫނޯގެ ތަމްރީންތައް ކުރިއަށްގެންދާނީ ޖޫން މަހު ބާއްވާ ބެސްޓްބައި މޯލްޑިވްސްގެ މާސްޓަކްލާސް ސީރީޒްގައި

ކަލިނަރީ ދާއިރާގެ އެންމެ ޝަރަފުވެރި 'މިޝަލަން ސްޓާ'ގެ ތިން ތަރި ހޯއްދަވާފައިވާ ފްރާންސްގެ ޝެފް ބްރޫނޯ މެނާޑް، ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް)ގެ މާސްޓަކްލާސް ސީރީޒްގެ ތެރެއިން ރާއްޖޭގައި ތަމްރީނު ޕްރޮގްރާމެއް ހިންގަން އިންތިޒާމުކޮށްފި އެވެ.

ވީ ކިހިނެއް؟ - ބީބީއެމްގެ 'މާސްޓަކްލާސް' ސީރީޒްގެ ދަށުން ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ޝެފުންނާއި މި ދާއިރާގެ ތަޖުރިބާކާރުން ރާއްޖެއަށް ގެނެސް އެކި ބްރޭންޑުތަކުގެ އުފެއްދުންތައް ބޭނުންކުރާނެ ގޮތް ދައްކާލުމުގެ ސެޝަންތައް ކުރިއަށްގެންދެ އެވެ.

ބްރޫނޯ ބައިވެރިވާ މާސްޓަކްލާސް ސެޝަން އޮންނާނީ 10 ޖޫން ވާ ހޮނިހިރު ދުވަހު ކުރުނބާ މޯލްޑިވްސްގަ އެވެ.

ބްރޫނޯ މެނާޑް، 2019 ގައި ބީބީއެމްއިން ބޭއްވި މާސްޓަކްލާސް ސީރީޒްގެ ސެޝަނެއްގައި (ފޮޓޯ/ބީބީއެމް

ތަފްސީލު - އެ ސެޝަންގައި ބައިވެރިވާން އެއްވެސް ފީއެއް ނުނެގި ނަމަވެސް، އެ ސެޝަނަށް ކަނޑައަޅާފައިވަނީ ޖުމްލަ 100 ޖާގަ އެވެ. އޭގެ ތެރެއިން %30 ޖާގަ ދިވެހިންނަށް ހާއްސަކޮށްފައިވާ އިރު، އިތުރު 10 ޖާގަ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ދަރިވަރުންނަށް ލިބޭނެ އެވެ.

އެ ސެޝަންގައި ބައިވެރިވާން ބީބީއެމްގެ ވެބްސައިޓުން ރެޖިސްޓާ ކޮށްލެވޭނެ އެވެ.

މާސްޓަކްލާސް ރާވާފައިވާ ގޮތް

  • 1-

    ހެނދުނު ގަޑީގައި ދައްކާލާނީ ހޮޓް އެޕްލިކޭޝަން ޑިޝްތަކާއި ޕޭސްޓްރީސް ތައްޔާރުކުރާނެ ގޮތް؛ އަދި މެންދުރު ދައްކާލާނީ ކޯލްޑް އެޕްލިކޭޝަން ޑިޝްތައް ތައްޔާރުކުރާނެ ގޮތް

  • 2-

    އެންމެ ފަހުގެ ކަލިނަރީ އުކުޅުތަކާއި އާޓްސް ކިޔައިދޭނެ

  • 3-

    ޝެފް ބްރޫނޯ މެނާޑް ސޮއިކޮށްފައިވާ ބައިވެރިވުމުގެ ސެޓްފިކެޓް ހަވާލުކުރުން

ބްރޫނޯ މެނާޑް

ބްރޫނޯ ވަނީ ކަލިނަރީ އިންޑަސްޓްރީގައި 38 ވަރަކަށް އަހަރުގެ ތަޖުރިބާ ހޯއްދަވައިފަ އެވެ. އޭގެ ތެރެއިން 15 އަށް ވުރެ ގިނަ އަހަރު ޔޫރަޕުގައި ހޭދަކުރެއްވި އިރު، 24 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކުރެއްވީ އޭޝިއާގަ އެވެ.

ބްރޫނޯ ވަނީ މީގެ ކުރިން 2019 ވަނަ އަހަރު ވެސް ބީބީއެމްއާ އެކު މާސްޓަކްލާސް ސެޝަނެއް ނަގައިދީފަ އެވެ. އެ ފަހަރު ދައްކާލީ އޭނާ ފުލް ކޯސް މީލްއެއް ތައްޔާރު ކުރާ ގޮތްތަކެވެ.

މާސްޓަ ޝެފް އޭޝިއާގެ ޖަޖުކަން ވެސް ކުރެއްވާ ބްރޫނޯ އަކީ މުޅި ދުނިޔޭގެ ވެސް އެންމެ މޮޅު އެއް ޝެފެވެ.

ބެސްޓްބައި މޯލްޑިވްސް

ބީބީއެމް އަކީ ހޮޓާ، ރެސްޓޯރެންޓް، ކެފޭ އަދި ރިސޯޓުތަކުގެ އިތުރުން، އާންމު މާކެޓަށް ބޭނުންވާ ކާބޯތަކެއްޗާއި އިންގްރީޑިއެންޓްސް ފަދަ ތަކެތި ފުޅާ ދާއިރާއެއްގައި ރާއްޖެ އެތެރެކޮށް، މާކެޓުކުރާ ކުންފުންޏެކެވެ. 

ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ބްރޭންޑުތަކުގެ އުފެއްދުންތައް ބީބީއެމްއިން ރާއްޖޭގައި ވިއްކަ އެވެ. އޭގެ ތެރެއިން ބައެއް ބްރޭންޑްތަކަކީ:

  • ޔުނިލިވާ

  • ލޭމްބް ވެސްޓަން

  • ޓީޑަބްލިއުޖީ

  • ސަން ބެނެޑެއްޓޯ

  • ރަވީ ފްރުޓް

  • ފޮންޓާނާ

  • އަރިޒްތާ

  • ހާވީ ފްރެޝް

  • އިރެކްސް

އެ ބްރޭންޑުތަކުގެ އުފެއްދުންތައް ސަޕްލައި ކުރުމުގެ އިތުރުން، ބީބީއެމްއިން ގަވާއިދުން އެކި ބްރޭންޑުތަކުގެ އުފެއްދުންތައް ބޭނުންކުރާނެ ގޮތް ދައްކާލުމާއި ތަމްރީނު ޕްރޮގްރާމްތައް މެދުވެރިކޮށް އެ ކުންފުނިން ވިއްކާ އުފެއްދުންތަކާ ބެހޭ މައުލޫމާތު ކަސްޓަމަރުންނާ ހިއްސާކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް