އުރީދޫ މޫލީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އުރީދޫ

އުރީދޫގެ 'މޫލީ މާކެޓް': މާރުކޭޓުން ތާޒާ މޭވާ އާއި ތަރުކާރީ ގެއަށް ޑެލިވާކޮށްދޭ ހިދުމަތެއް

މޫލީ މާކެޓުން ގަންނަ މޭވާ އާއި ތަރުކާރީ، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ގެތަކަށް ޑެލިވާކޮށްދޭނެ. މި ޕްލެޓްފޯމުގައި ލިސްޓު ކުރުމުގެ ފުރުސަތު ލޯކަލް މާރުކޭޓުގައި ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށްވެސް ވަނީ ހުޅުވާލާފައި

އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް 'މޫލީ'އިން މާލެ ސިޓީ ކައުންސިލާ ގުޅިގެން 'މޫލީ މާކެޓް' ތައާރަފްކޮށްފި އެވެ.

ވީ ކިހިނެއް؟ - މޫލީ މާކެޓް އަކީ މޫލީ ޕްލެޓްފޯމްގައި ހިމެނޭ އާ ކެޓަގަރީއެކެވެ. މޫލީ މާކެޓް މެދުވެރިކޮށް ގޭގައި ނުވަތަ ކޮންމެ ތަނެއްގައި ތިބެގެންވެސް ލޯކަލް މާރުކޭޓުން ވިއްކާ ތާޒާ މޭވާ އާއި ތަރުކާރީ އޮންލައިންކޮށް ގަނެ، ގެ އާއި ހަމައަށް މުޅިން ހިލޭ ޑެލިވާ ކޮށްލެވޭނެ އެވެ.

އުރީދޫއިން ބުނި ގޮތުގައި މޫލީ މާކެޓަކީ މި ރޯދަމަހު ފިހާރަތަކާއި މާރުކޭޓުތަކުގުގެ ކިޔޫގައި ނުޖެހި ބާޒާރުކޮށްލުމުގެ ފަސޭހަ ފަހި ވެގެންދާ ހިދުމަތެކެވެ.

ތަފްސީލު - މޫލީ މާކެޓް މެދުވެރިކޮށް ގަންނަން ލިބޭ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ:

  • ފިޔާ

  • ލުނބޯ

  • ހިކަނދިފަތް

  • ކެބެޖު

  • އަލަނާސި

  • ބަރަބޯ

  • އިނގުރު

  • ފެހި މިރުސް

މޫލީ މާކެޓުގައި ގަންނަން ލިބޭ ބާވަތްތައް ހޯދަނީ ލޯކަލް މާރުކޭޭޓުގައި ވިޔަފާރި ކުރާ ހެބިޓަސް ފްރެޝް އަދި އެގްރިޒާ މޯލްޑިވްސް ފަދަ ވިޔަފާރިތަކުންނެވެ.

މާރުކޭޓުގައި މޭވާ އާއި ތަރުކާރީ ލިބެންހުރި ހެޔޮ އަގުގައި މޫލީ މެދުވެރިކޮށްވެސް އެ ތަކެތި ގަނެވޭ އިރު، މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގެ ގެތަކަށްވެސް ހިލޭ ޑެލިވާކޮށްދޭނެ އެވެ.

ރާއްޖޭގެ ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް ވެސް މޫލީ މެދުވެރިކޮށް ވިޔަފާރިކޮށްލެވޭނެ އެވެ.

ބުނީ ކީކޭ؟ - އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ މޫލީ މާކެޓުގެ ހިދުމަތް ދިނުން ސިފަކުރެއްވީ އެ ކުންފުންޏަށް ލިބޭ އުފަލެއްގެ ގޮތުގަ އެވެ.

"މޫލީ މާކެޓާއެކު ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ލޯކަލް މާރުކޭޓުން ތާޒާ މޭވާ އާއި ތަރުކާރީ އޯޑަރުކޮށް، ގެއަށް ހިލޭ ޑެލިވަރީ ކުރުމުގެ ފަސޭހަ ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

"މޫލީ މަކެޓަކީ ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށާއި ދިވެހި ވިޔަފާރިތައް ބާރުވެރިކުރުވައި، ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމުގެ ތަސައްވުރާ އެއްގޮތުގެ މަތިން އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތައާރަފްކުރެވުނު ހިދުމަތެއް. ކުރިއަށް އޮތްތަނުގައި ވެސް ކަސްޓަމަރުންނަށް މިފަދަ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އުރީދޫ އިން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން."

އެނގުން މުހިންމު - ލޯކަލް މާރުކޭޓުގެ ވިޔަފާރިތަކަށް، އެ ވިޔަފާރިތަކުގެ މުދާ މޫލީގައި ލިސްޓު ކުރުމުގެ ފުރުސަތު ވެސް އުރީދޫއިން ވަނީ ފަހިކޮށްދީފަ އެވެ.

މޫލީ މާކެޓާއި ގުޅެން ބޭނުންވާ ވިޔަ ފަރާތްތަކުން [email protected] މެދުވެރިކޮށް މިކަމާ ބެހޭ އިތުރު މައުލޫމާތު ހޯދޭނެ އެވެ.

ކޮމެންޓް (2)

ސަމީނު

8 އޭޕްރީލު 2023
ކިއްލި ވެސް ވިއްކާތި ކަލޭމެން. ކުދި ވިޔަފާރިތައް ނައްތާލަން ހިންގާ ޖަރީމާއެއްތި. ކަލޭމެން ނުވަންނަ ވިޔަފާރިއެއްވެސް ނެތީތަ؟
3 0

ޒެޑް

11 އޭޕްރީލު 2023
@ސަމީނު ރަނގަޅު ވަާހަކައެއް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް