Majlis 2024

މާލޭ ލޯކަލް މާރުކޭޓުގައި ވިއްކަން ހުރި ކާށި. (ދައުރު ފޮޓޯ/އަހްމަދު މިޒްޔާލް

ކާށި

އަގު ދަށްކުރަން އެސްޓީއޯގެ ކާށި ޝިޕްމަންޓް ރާއްޖެ ގެނެސްފި

ދިވެހި ރުއްތަކަށް ބަލި ޖެހުމުގެ ސަބަބުން ކާށި ލިބުން ދަތިވެ، ބާޒާރުގައި ކާށީގެ އަގު ވަރަށް ބޮޑަށް ވަނީ އުފުލިފައި

ބާޒާރުގައި ބޮޑުވެފައިވާ ކާށީގެ އަގު ދަށްކުރަން އެސްޓީއޯއިން އޯޑަރުކުރި ކާށި ޝިޕްމަންޓް މިއަދު ރާއްޖެ ގެނެސްފި އެވެ.

ވީ ކިހިނެއް؟ - ބާޒާރުގައި ކާށީގެ އަގު އިންތިހާއަށް އުފުލުނީ ދިވެހި ރުއްތަކަށް އެކި ބަލިތައް ޖެހި، ކާށި ލިބުން ދަތިވުމުންނެވެ. އެއާ އެކު ބާޒާރުގައި ކުރިން 5 - 10ރ އަށް ވަކިން ވިއްކާ ކާއްޓެއްގެ އަގު 10 - 35ރ.އަށް ވަނީ ބޮޑުވެފަ އެވެ.

މީގެ ކުރިން 250-300ރ.އަށް ވިއްކި ކާށި ބަސްތާއެއްގެ އަގުވެސް މިހާރު އުޅެނީ 1،400 - 1،600ރ.އާ ދެމެދުގަ އެވެ.

ބުނީ ކީކޭ؟ - ބާޒާރުގައި ކާށީގެ އަގު ދަށްކުރުމަށްޓަކައި ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ވަނީ އިންޑިއާއިން ކާށި ޝިޕްމަންޓެއް ގެނައުމަށް ނިންމާފަ އެވެ.

އެސްޓީއޯގެ މީޑިއާ އޮފިޝަލް 'ދައުރު'އަށް ވިދާޅުވީ ކާށި ޝިޕްމަންޓް ގެނައި ބޯޓު މިއަދު ހަވީރު އައިސްފައިވާ ކަމަށެވެ.

"ދެން އޮންނާނީ ގެނައި ކާށިތަކުގެ ކޮލެޓީ ބެލުން. ވިއްކާނެ އަގު އަދި ނުނިންމާ،" އޭނާ ވިދާޅުވި އެވެ.

"ޔަގީނުންވެސް ބާޒާރުގައި މިހާރު ލިބޭ އަގަށްވުރެ ހެޔޮވާނެ."

އެސްޓީއޯއިން އެތެރެކުރި ކާށި ބާޒާރަށް ނެރޭނެ ސީދާ ވަކި ދުވަހެއް، އޮފިޝަލް ވިދާޅެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް