ދިރާގުން ކޮންމެ ހަފްތާއަކު ކަސްޓަމަރުންނަށް 'ބޮޑު ހަދިޔާ' ދޭނެ. (ފޮޓޯ/ދިރާގު

ދިރާގު

ދިރާގުގެ ރޯދަ ހަދިޔާއަކަށް ކޮންމެ ހަފްތާއަކު 'މައިޑިއާ' ބްރޭންޑުގެ ހޯމް ޕެކެއް

ބޯނަސް 'މެގަ ހަދިޔާ'ގެ ނަމުގައި މުޅި ރޯދަމަހަށް ހާއްސަ އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ވެސް ލިބޭނެ

މި ރޯދަމަހަށް ހާއްސަކޮށް ދިރާގުން ކުރިއަށް ގެންދާ ޕްރޮމޯޝަނުގެ ދަށުން ކޮންމެ ހަފްތާއަކު ވެސް 'ބޮޑު ހަދިޔާ'ގެ ގޮތުގައި 'މައިޑިއާ' ބްރޭންޑުގެ ހޯމް އެޕްލަޔަންސް ޕެކެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ތަފްސީލު - ދިރާގުން ބުނީ، އެ ކުންފުނީގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޯބައިލް ބްރޯޑްބޭންޑް އަދި ފައިބާ ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ޖުމްލަ ހަތަރު ކަސްޓަމަރަކަށް 'މައިޑިއާ' ބްރޭންޑްގެ ހޯމް އެޕްލައިންސް ޕެކް ލިބޭނެ ކަމަށެވެ.

ދިރާގު ބޮޑު ހަދިޔާގައި ހިމެނޭ ތަކެތ.

މި ޕެކް ގައި ހިމެނެނީ:

  • ފުލީ އޮޓޮމެޓިކް ދޮންނަ މެޝިން

  • ހަތަރު ދޮރު ލީ އައިސް އަލަމާރި

  •  ޑިޝްވޮޝާ

  •  އަވަން 

  • މައިކްރޮވޭވް

  •  އެއާ ޕިއުރިފަޔާ

  • ވެކިއުމް ކްލީނާ 

  •  ގޭތެރޭއަށް ބޭނުންވާ އިތުރުން އެހެނިހެން ސާމާނު

މީގެ އިތުރުން، 'ބޯނަސް މެގަ ހަދިޔާ'ގެ ނަމުގައި ދިރާގުގެ ހުރިހާ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ދެ މީހެއްގެ އުމުރާ ދަތުރެއް ވެސް ލިބޭނެ އެވެ.

ދިރާގުން އަންނަނީ ކޮންމެ އަހަރަކު ވެސް ކަސްޓަމަރުންނަށް ހާއްސަ އާ އޮފާތައް ގެނެސްދެމުންނެވެ.

info@dhiraagu.com.mv
123

އިތުރު އާޓިކަލް

އިތުރު އާޓިކަލް