ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ފަތުރުވެރިންތަކެއް ހަރަކާތްތެރި ވަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
3 މަހުން ބައި މިލިއަން ޓޫރިސްޓުން ހަމަވުމާ ދިމާލަށް
މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް 500،000 ޓޫރިސްޓުން ނުވަތަ ބައި މިލިއަން ޓޫރިސްޓުން ހަމަވާނެކަން ޔަގީން ވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހުކުރު ދުވަހާ ހަމައަށް މި އަހަރުގެ ތެރޭގައި ރާއްޖެއަށް ވަނީ 483،624 ޓޫރިސްޓުން އައިސްފަ އެވެ.
ތަފްސީލް - ހިސާބުތަކުން ދައްކާ ގޮތުން:
-
ދުވާލެއްގެ މައްޗަށް ރާއްޖެއަށް އެވްރެޖްކޮށް 5،794 ޓޫރިސްޓުން އާދޭ
-
މާދަމާގެ ނިޔަލަށް ރާއްޖެއަށް 500،000 ޓޫރިސްޓުން ހަމަވާނެ
-
މި އަހަރު ރާއްޖޭގެ ޓާގެޓަކީ 1.8 މިލިއަން ޓޫރިސްޓުން
-
މިއީ މިދިޔަ އަހަރާ އަޅާބަލާއިރު، 89،420 މީހުން؛ %22.7 އިތުރު އަަދަދެއް
-
ޓޫރިސްޓުން ރާއްޖޭގައި 7.8 ދުވަހު ހޭދަކުރޭ
ރާއްޖެއަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ރަޝިޔާއިންނެވެ. އެގޮތުން، އެ ގައުމުން 59،987 ޓޫރިސްޓަކު ރާއްޖެ އައިސްފައިވެ އެވެ. އެއީ، ރާއްޖެ އަންނަ ޓޫރިސްޓުންގެ %12.4 އެވެ.
ދެން އެންމެ ގިނައިން ޓޫރިސްޓުން ރާއްޖެ އަންނަ ގައުމުތަކަކީ:
-
އިންޑިއާ - 52،276 ޓޫރިސްޓުން
-
އިނގިރޭސިވިލާތް - 44،839 ޓޫރިސްޓުން
-
އިޓަލީ - 43،267 ޓޫރިސްޓުން
-
ޖަރުމަނު - 33،756 ޓޫރިސްޓުން