Majlis 2024

ޖޯލި މޯލްޑިވްސް.

ރ. އަތޮޅުގައި ދެމެހެއްޓެނިވި މަޝްރޫއުތައް ހިންގަން 'ޖޯލި' އިން އެހީ ދެނީ

'ޖޯލި ސަސްޓެއިނެބިލިޓީ ފަންޑު'ގެ ދަށުން ހިލޭ އެހީގެ ގޮތުގައި ކޮންމެ މަޝްރޫއަކަށް 3،000 ޑޮލަރު ދޭނެ

ރ. އަތޮޅުގައި ދެ ރިސޯޓު ހިންގާ 'ޖޯލި' އިން އެ އަތޮޅުގައި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ހިންގަން ފައިސާގެ ހިލޭ އެހީ ދޭން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ރ. އަތޮޅުގައި މަތީ ފަންތީގެ 'ޖޯލި މޯލްޑިވްސް' އަދި 'ޖޯލި ބީން' ރިސޯޓް ހިންގާ ކުންފުނިން، އެ އަތޮޅުގެ ރަށްރަށުގައި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ފައިސާގެ އެހީ ދިނުމަށް 'ޖޯލި ސަސްޓެއިނެބިލިޓީ ފަންޑު' ވަނީ ގާއިމްކޮށްފަ އެވެ.

ތަފްސީލު - އެ ފަންޑުން ހިލޭ އެހީގެ ގޮތުގައި:

  • ކޮންމެ މަޝްރޫއަކަށް 3،000 ޑޮލަރު (46،200ރ) ދޫކުރާނެ 

  • މި އަހަރު މަދުވެގެން 10 މަޝްރޫއަަށް ފައިސާ ދޭނެ

  • ޕްރޮޕޯސަލްތައް ބަލައިގަންނާނީ މި މަހު އަދި އަންނަ ސެޕްޓެމްބަރުގައި

  • ޕްރޮޕޯސަލް ހުށަހެޅުމާއި ފަންޑާ ގުޅޭ އިތުރު މައުލޫމާތު، އެ ކުންފުނީގެ ވެބްސައިޓުން ލިބޭނެ

މި ފަންޑުން އެހީ ދޭ ދާއިރާތަކަކީ:

  • އަންހެނުން ބާރުވެރިކުރުން 

  • ތިމާވެއްޓާ ގުޅުން ހުރި މަސައްކަތްތަކަށް 

  • ދެމެހެއްޓެނިވި ތަރައްގީގެ މަސައްކަތްތައް

ބުނީ ކީކޭ؟ - 'ޖޯލި' އިން ބުނީ މުޖުތަމައަށް ފައިދާވާނެ ކަންތައްތައް ކުރުމަކީ އެ ބްރޭންޑުގެ 'ޑީއެންއޭ' ކަމަށާއި، އެ ބްރޭންޑުން ރާއްޖޭގައި ކޮށްފައިވާ މަސައްކަތްތަކަކީ ފަހުރުވެރިވާ ފަދަ މަސައްކަތްތަކެއް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް