މިނިސްޓަރު އަމީރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ ފޮޓޯ/މަޖިލިސް)

ރޯދަ 2023

ރޯދައިގައި އަގުތައް ހިފަހައްޓަން އެސްޓީއޯ އިން މަސައްކަތް ކުރޭ: އަމީރު

އަމީރު ވިދާޅުވީ، ރޯދަމަހު މުދަލުގެ އަގު އުފުލޭކަން އޭނާއަށް ވެސް ފާހަގަކުރެއްވޭ ކަމަށް

ރޯދަމަހާ ދިމާކޮށް ރާއްޖޭގެ ބާޒާރުގައި މުދަލުގެ އަގު އުފުލޭ މައްސަލައަށް ހައްލެއް ހޯދައި މާކެޓު ޑިމާންޑާ އެއްވަރަށް މުދާ ފޯރުކޮށްދޭން ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ފިޔަވަޅު އަޅާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ޖާބިރު ސުވާލު ކުރެއްވީ، ކޮންމެ އަހަރެއްގެ ވެސް ރޯދަމަހާ ދިމާކޮށް ބާޒާރުގައި ތަކެތީގެ އަގު އުފުލޭ ކަމަށް ފާހަގަކުރެވޭތީ، އެ ކަމަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާތޯ ސާފުކުރެއްވުމަށެވެ.

ބުނީ ކީކޭ؟ - މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ، ރޯދަމަހު މުދަލުގެ އަގު އުފުލޭކަން އޭނާއަށް ވެސް ފާހަގަކުރެއްވޭ ކަމަށެވެ.

"އެ ކަމަށް ހައްލެއް ގެނައުމަށްޓަކާ މިހާރު ވެސް އެސްޓީއޯ އިން ހަމަ ވަރަށް ގިނަ މަސައްކަތްތަކެއް ކުރޭ،" އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، ބާޒާރުގައި އުފުޅޭ ޑިމާންޑާ އެއްވަރަށް މުދާ ސަޕްލައިކޮށް، މުދަލުގެ އަގު އުފުލުނަ ނުދީ ހިފެހެއްޓުމަށް އެސްޓީއޯ އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް އެސްޓީއޯ އިން ފިޔާ، ބިސް އަދި އަލުވި ރާއްޖެ އެތެރެކޮށް ހެޔޮ އަގުގައި ވިއްކަ އެވެ. މި އަހަރުގެ ރޯދަމަސް މާދަމާ ފެށޭއިރު، ލުނބޯގެ އަގު އުފުލެން ފެށުމުން އެސްޓީއޯ އިން ވަނީ ރާއްޖެއަށް ލުނބޯ އެތެރެކޮށް، ހެޔޮ އަގުގައި ވިއްކަން ފަށައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް