އިޝްތިހާރު

ދިވެހި މަސްވެރިން ދޮށީގެ މަސްވެރިކަމުގައި: ރާއްޖޭގެ މަހަށް ދުނިޔޭގެ މާކެޓްގައި ބޮޑު އަގެއް ލިބުނަސް ބައެއް ޑިއުޓީތަކާ ހެދި ގޮންޖެހުންތަކެއް ކުރިމަތިވޭ --ފޮޓޯ: އެންސިސް ފިޝަރީޒް

އެޑްވަޓޯރިއަލް

ސޮލަރެލް ބޮއްކޮއްޔާއިން މަސްވެރިންނަށް ހިނިތުންވުން

މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯއަށް ޒިޔާރަތްކޮށްގެން މި ޕޮލިސީ ހިލޭ ހޯދުމުގެ ފުރުސަތު ސޮލަރެލްއިން ވަނީ ހުޅުވާލާފައި

ދިޔަހިއްކާ ފައި ނުވަތަ ބޮއްކޮއްޔާ އަކީ އޮޑިދޯނިފަހަރުން ދިޔަހިއްކުމަށް ލަކުޑިން ހަދައިފައި އޮންނަ އާލާތެކެވެ. އަތު ބުންބާޔާއި ޕެޓުރޯލް ޕަންޕުގެ ކުރީގައި ދިޔަހިއްކާފަޔަކީ މަސްވެރިކަން ކުރާ އުޅަނދުފަހަރަށާއި ކަނޑުދުއްވާ ކޮންމެ އުޅަނދަކަށްވެސް ނުހަނު މުހިންމު އަދި އެއާ ނުލައި ދަތުރު ނުކުރެވޭ ޒަރޫރީ އާލާތެކެވެ. ދިޔަހިއްކާ ފައި ވެގެންގޮސްފައި ވަނީ އެންއޮޑި ތާޒާކަމާ އެކު މަސްކަނޑަށް ފޯރުކޮށްދިނުމުގެ އެންމެ އިސްރޯލެއް ކުޅޭ ބައިވެރިޔާއަށެވެ.

ހަލް އިންޝުއަރެންސް އަކީ ދިމާވާ އެކި ކަންކަމުން ކަނޑު އުޅަނދުފަހަރަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދައިދޭ އިންޝުއަރެންސް ޕޮލިސީއެކެވެ. އެހެން ނަމަވެސް، ގިނަ ފަހަރަށް މި ޕޮލިސީތަކުގެ ކަވަރޭޖުގައި އޮޑިވެރިންނާއި ފަޅުވެރިންނަށް ލިބޭ ގެއްލުން ނުހިމެނެ އެވެ. މިކަމަށް ސޮލަރެލް އިންޝުއަރެންސްއިން ގެނެސްދޭ ހައްލަކީ 'ބޮއްކޮއްޔާ' އެވެ.

ސޮލަރެލް ބޮއްކޮށްޔާ އަކީ ކޮބާ؟

ސޮލަރެލްގެ "ބޮއްކޮއްޔާ" ޕޮލިސީއަކީ މިވަގުތު ރާއްޖޭގައި އޮޑިވެރިޔާ އަދި މަސްވެރިޔާއަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދައިދޭ ހަމައެކަނި އިންޝުއަރެންސް ޕެކޭޖެވެ.

ބޮއްކޮއްޔާ ޕޮލިސީގެ ދަށުން ފަޅުވެރިންނަށާއި އޮޑިވެރިޔާއަށް ލިބޭ އެންމެ ބޮޑު ފައިދާ އަކީ ކަނޑު މަތީގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުން ލިބޭ ގެއްލުމުގެ ބަދަލު ލިބުމެވެ.

އެގޮތުން އެންދަމަން ފީނުމުގެ ތެރޭގައި އާއްމުކޮށް ދިމާވާ ޑީކޯ ވުމުގެ މައްސަލަ، މަސައްކަތު މާހައުލުގައި ދިމާވާ ހާދިސާއަކުން ދިމާވާ ނުކުޅެދުންތެރިކަމުން އަރައިގަތުމަށް މާލީ އެހީތެރިކަން، ހާދިސާއެއްގެ ސަބަބުން އާމްދަނީއަށް ކުރާ އަސަރު ކުޑަކުރަން އެހީވުމާއި ލޯނު ދެއްކުމަށްވެސް މި ޕޮލިސީގެ ތެރެއިން އެހީތެރިކަން ލިބެއެވެ.

މީގެ އިތުރުން މި ޕޮލިސީގެ އެންމެ ހާއްސަ ކަމަކީ ފަޅުވެރިންނަށާއި އެމީހުންގެ އާއިލާއަށް މެޑިކަލް އިންޝުއަރެންސްގެ ފައިދާ ލިބުމަށް މަގުފަހިވުމެވެ. މިއީ ސޮލަރެލްއިން ބުނާ ގޮތުގައި މިހާތަނަށް ރާއްޖޭގައި އެއްވެސް ކުންފުންޏަކުން ނުވަތަ އިދާރާއަކުން ފޯރުކޮށްދީފައިވާ ހިދުމަތެއް ނޫނެވެ.

ބޮއްކޮއްޔާ ހިލޭ ހޯދަން ފުރުސަތެއް

ބޮއްކޮއްޔާ ޕޮލިސީއަށް އަމާޒުކޮށް ހާއްސަ ޕްރޮމޯޝަނެއް ސޮލަރެލް އިންޝުއަރެންސް މިހާރު އެބަ ކުރިއަށްގެންދެ އެވެ. އެގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގައި ހުންނަ ސޮލަރެލްގެ ސްޓޯލްއަށް ޒިޔާރަތްކޮށް އެ ކުންފުނީގެ މެރިން ހަލް ޕޮލިސީއެއް ނެގުމުން އެއާ އެކުގައި ބޮއްކޮއްޔާ ޕޮލިސީ ހިލޭ ލިބޭނެ އެވެ.

ސޮލަރެލް އިންޝުއަރެންސްގެ އޮފީސް. (ފޮޓޯ/ސޮލަރެލް އިންޝުއަރެންސް

މެރިން އެކްސްޕޯގައި ސޮލަރެލްގެ ސްޓޯލް ހުންނާނީ، އެކްސްޕޯއަށް ވަދެގެންދާއިރު ސެންޓްރަލް ޕާކުގެ މެދުގައި ކަނާތްފަރާތަށް ހުންނަ ޓެންޓުގަ އެވެ. އެ އެކްސްޕޯ ނިމޭނީ މިރޭ 11 ޖަހާއިރު އެވެ.

ބޮއްކޮއްޔާ އަދި ސޮލަރެލްގެ އެހެން ޕޮލިސީތަކާ ގުޅޭ އިތުރު މައުލޫމާތު ބަލައިލުމަށް:

ސޮލަރެލް އިންޝުއަރެންސްގެ ގޮތްޕެއް މާލޭގެ އިތުރުން އައްޑު އަތޮޅު ހިތަދޫގައިވެސް ހުންނާނެ އެވެ. ސޮލަރެލްގެ އޮފީސް ހުޅުވާފައި ހުންނާނީ ހަފްތާ ބަންދު ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9އިން ހަވީރު 5އާ ދެމެދުގަ އެވެ.

އެޑިޓަރުގެ ނޯޓް - މިއީ ސޮލަރެލް އިންޝްއަރެންސްގެ ޕްރޮމޯޝަން އާޓިލަކްއެކެވެ.

އިޝްތިހާރު

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް