
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަތިންދާބޯޓުތައް ޕާކުކޮށްފައި. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
440،000އަށް ވުރެ ގިނަ ފަތުރުވެރިންނާ އެކު %23ގެ ކުރިއެރުމެއް
މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް މި އަހަރުގެ ތެރޭގައި 440،059 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށާއި މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %23.8 އިތުރު އަދަދެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
ތަފްސީލު - އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި:
-
މި މަހުގެ ފުރަތަމަ 15 ދުވަހު 89،646 ފަތުރުވެރިން ރާއްޖެ އައިސްފައިވޭ
-
މިދިޔަ އަހަރުގެ މާޗު މަހުގެ ފުރަތަމަ 15ގައި އައިސްފައިވަނީ 74،657 ފަތުރުވެރިން
-
މިދިޔަ އަހަރުގެ ޖެނުއަރީން މާޗު 15ގެ ނިޔަލަށް ރާއްޖެ އައީ 355،433 ފަތުރުވެރިންނެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން:
-
އެވްރެޖުކޮށް ދުވާލަކު 5،976 ފަތުރުވެރިން ރާއްޖެ އާދޭ
-
ފަތުރުވެރިން ރާއްޖޭގައި ހޭދަކުރަނީ އެވްރެޖުކޮށް 7.8 ދުވަސް

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ފަސް ގައުމު:
-
ރަޝިއާ - 54،527 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ %12.4)
-
އިންޑިއާ - 47،462 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ %10.8)
-
އިނގިރޭސިވިލާތް - 41،126 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ %9.3)
-
އިޓަލީ - 39،919 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ %9.1)
-
ޖަރުމަނު - 30،028 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ %6.8)
މީގެ އިތުރުން، ދެން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ފްރާންސް، އެމެރިކާ، ޗައިނާ، ސްވިޒަލޭންޑް އަދި ޕޮލެންޑުންނެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިވަގުތު ރާއްޖޭގައި 1،228 ޓޫރިސްޓު ފެސިލިޓީ ހިންގާ ކަމަށެވެ. އެއީ 60،362 އެނދެވެ.
މިވަގުތު ރާއްޖެއަށް ބައިނަލްއަގުވާމީ 36 އެއާލައިނަކުން ޝެޑިއުލް ދަތުުރުތައް ކުރެ އެވެ.
ކޮމެންޓް