ދައުލަތުގެ ޓެކްސް އިދާރާ، މީރާ ހިންގާ އިމާރާތް (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)

ޓެކްސް

ފެބްރުއަރީގެ ޓެކްސް އާމްދަނީ ލަފާކުރި ވަރަށް ވުރެ ދަށް

މިދިޔަ އަހަރުގެ ފެބްރުއަރީއާ އަޅާބަލާއިރު މިދިޔަ މަހު ލިބުނު އާމްދަނީ %18.6 އިތުރު؛ މިދިޔަ އަހަރުގެ ފެބްރުއަރީގައި ލިބުނީ 1.4 ބިލިއަން ރުފިޔާ

ޓެކްސްގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް ލިބޭނެ ކަމަށް ކުރިން ލަފާކުރި އާމްދަނީއަށް ވުރެ، އެ މުއްދަތުގައި ލިބުނު އާމްދަނީ ދަށްް ކަމަށް، ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - މީރާ އިން އާންމުކޮށްފައިވާ މިދިޔަ މަހުގެ ޓެކްސް އާމްދަނީގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހު ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބުނީ 1.72 ބިލިއަން ރުފިޔާ އެވެ. އެ މުއްދަތުގައި 73.6 މިލިއަން ޑޮލަރު ޓެކްސްގެ ގޮތުގައި ލިބުނު ކަމަށް ވެސް މީރާގެ ހިސާބުތައް ދައްކަ އެވެ.

  • ފެބްރުއަރީ މަހު އާމްދަނީގެ ގޮތުގައި ލިބުނީ އަންދާޒާ ކުރި ވަރަށް ވުރެ %20.8 މަދުން

  • ނަމަވެސް، މިދިޔަ އަހަރުގެ ފެބްރުއަރީއާ އަޅާބަލާއިރު މިދިޔަ މަހު ލިބުނު އާމްދަނީ %18.6 އިތުރު؛ މިދިޔަ އަހަރުގެ ފެބްރުއަރީގައި ލިބުނީ 1.4 ބިލިއަން ރުފިޔާ

ތަފްސީލް - މީރާ އިން ބުނީ ފެބްރުއަރީ މަހު ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރަށް ވުރެ ލިބުނު އާމްދަނީ ދަށްވީ މުދަލާއި ހިދުމަތުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވުމުން ކަމަށެވެ. އެގޮތަށް ދިމާވީ، މީރާ އިން ބުނި ގޮތުގައި:

  • ޖީއެސްޓީ ރޭޓަށް ބަދަލު ގެނައި އިރު، އޭގެ ކުރިން ވިޔަފާރިތަކުން ސަޕްލަޔަރުންގެ އަތުން ގަނެފައިވާ މުދަލުގެ ޓެކްސް ރޭޓަށް ބިނާކޮށް ޓެކްސް ދައްކާފައިވާތީ

  • ނަމަވެސް، ޖުމްލަކޮށް ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ލަފާކުރި ވަރަށް ވުރެ އިތުރު

މިދިޔަ މަހު ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ:

  • ޖީއެސްޓީ - 1.1 ބިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %68.9)

  • އިންކަމް ޓެކްސް - 182 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %10.6)

  • ގްރީން ޓެކްސް - 91.8 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %5.4)

  • އެއާޕޯޓް ޑިވެލޮޕްމެންޓް ފީ - 81.8 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %4.8)

  • ޑިޕާޗާ ޓެކްސް - 78.8 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %4.6)

އިތުރު އާޓިކަލް

އިތުރު އާޓިކަލް