ދިިރާގުން ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަން ފޮޓޯ/ދިރާގު)

ދިރާގު

ދިރާގުން އަންހެނުންގެ ދައުރު އިތުރުކުރުމަށް ވެފައިވާ ވައުދު އާކޮށްފި

އެ ކުންފުނިން ވަނީ ޑިޖިޓަލް ޒަމާނެއްގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭ ގޮތުން ދާއިރާތަކުގެ ލީޑަރުންނާ އެކު ޕެނަލް ޑިސްކަޝަނެއް ބާއްވާފައި

ޑިޖިޓަލް ޒަމާނެއްގައި އަންހެނުންގެ ދައުރު އަދި ބައިވެރިވުން އިތުރުކުރުމަށް ވެފައިވާ ވައުދު ދިރާގުން އިއްޔެ އާކޮށްފި އެވެ.

ވީ ކިހިނެއް؟ - ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ދިރާގުން އިއްޔެ ކުރިއަށްގެންދިޔަ ހަރަކާތުގައި އެ ކުންފުނިން ވަނީ ޑިޖިޓަލް ޒަމާނެއްގައި ޖެންޑާ އިންކްލޫސިވިޓީ އިތުރުކުރުމާ ގުޅޭ ގޮތުން ދާއިރާތަކުގެ ލީޑަރުންނާ އެކު ޕެނަލް ޑިސްކަޝަނެއް ބާއްވައިފަ އެވެ.

ތަފްސީލް - އިއްޔެ ބޭއްވި އެ ހަރަކާތުގެ ކީނޯޓް ސްޕީޗު ދެއްވާފައިވަނީ ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އެވެ.

މިނިސްޓަރުގެ ވާހަކާގައި، އެހެނިހެން ދާއިރާތަކުގައި ވެސް އަންހެނުންގެ ބައިވެރިވުމާއި މިންތީގެ ހަމަހަމަކަން އަދި ޖެންޑާ އިންކްލޫސިވިޓީގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ.

ދިރާގުން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަން ފޮޓޯ/ދިރާގު)

މި ސެޝަންގެ ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ:

  • އެންވަޔަރަމެންޓް އެންޑް ޓެކްނޮލަޖީ މިނިސްޓަރު އާމިނަތު ޝައުނާ

  • ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުު އިސްމާއިލް ރަޝީދު

  • ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް

  • ދިރާގުގެ ޑިރެކްޓާ ލީގަލް އަދި ކޮމްޕެނީ ސެކްރެޓަރީ ހަޒްރަތު ރަޝީދު ހުސައިން

  • ވިމެން އިން ޓެކް މޯލްޑިވްސްގެ ކޯ-ފައުންޑަރު އައިޝާ އަދްނާން 

  • އައިލެންޑާސް އެޑިއުކޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު އަދްލީ ރަޝީދު

މި ޕެނަލްގައި، ޑިޖިޓަލް ސްޕޭސްގައި އުފެދިފައިވާ މިންތީގެ ފަރަގާއި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން އިލްމީ، އިގްތިސާދީ، އަމިއްލަ ފަރާތްތައް އަދި ސަރުކާރުގެ ނަޒަރުން ބަލައި މިކަން ރަނގަޅުކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.

މީގެ އިތުރުން، ޓެކްނޮލޮޖީއަކީ މިހާރު ޓެކްނިކަލް ރޯލުތަކަށް އެކަނި އޮތް ދާއިރާއެއް ނޫން ކަމާއި ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ވެސް ޓެކްނޮލޮޖީ އަކީ ކޮންމެހެން ބޭނުންތެރި ކަމަކަށް ވެފައިވާ ގޮތާ ބެހޭ ގޮތުން ވެސް މި ޕެނަލް ޑިސްކަޝަންގައި ވަނީ އަލިއަޅުވާލާފަ އެވެ.

ދިރާގުން ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަން ފޮޓޯ/ދިރާގު)

މި ޑިސްކަޝަންގެ އޯޑިއަންސްގައި ސްކޫލު ދަރިވަރުންނާއި ޔުނިވާސިޓީ ދަރިވަރުން އަދި ސަރުކާރާއި އަމިއްލަ ވިޔަފާރިތަކުގެ އިސް ވެރިން ބައިވެރިވި އެވެ.

ފާހަގަ ކުރެވޭ ކަމެއް - އަންހެނުންގެ ދުވަސް ފާހަގަކުރުމށް ދިރާގުގެ މައި އޮފީހުގައި އިއްޔެ ބޭއްވި ހަފްލާގައި އެ ކުންފުނީގެ ޖެންޑާ އެކްޝަން ޕްލޭންގެ ދަށުން ކުންފުނީގެ ހުރިހާ އަންހެން މުވައްޒަފުންނަށް އާ ޓެކްނިކަލް ތަމްރީނުތަކެއް ހާސިލްކުރުމަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

  • އެ މަސައްކަތުގެ މައިގަނޑު މަގްސަދަކީ ކުރިއަރަމުން އަންނަ ޑިޖިޓަލް ދުނިޔޭގައި ޓެކްނޮލޮޖިކަލް އަދި ޓެކްނިކަލް އިލްމު ލިބިފައިވާ، ހުނަރުވެރި ސްޓާފުން ތައްޔާރުކުރުން

  •  ހާވަޑް، އައިބީއެމް އަދި ގޫގުލް އިން ލިބެން ހުރި މަގުބޫލު ކޯސްތައް މުވައްޒަފުންނަށް ލިބެން ހުންނާނެ 

  • ކޯސް ފުރިހަމަކުރުމުން ސެޓިފިކޭޝަން އަދި ލައިސެންސް ފީ ދިރާގުން ދައްކައިދޭނެ

info@dhiraagu.com.mv
123

އިތުރު އާޓިކަލް

އިތުރު އާޓިކަލް