ޕިއްޒާ ބޯނާ. (ދައުރު ފޮޓޯ)

އެޑްވަޓޯރިއަލް

އަންހެނުންގެ ދުވަހު ހަދިޔާ ދޭން މި އޮތީ ސަޅިގޮތެއް

ކޮންމެ އަހަރެއްގެވެސް 8 މާޗު ފާހަގަކުރަނީ އަންހެނުންގެ ދުވަހުގެ ގޮތުގަ އެވެ. މާދަމާ އަކީ މިއަހަރުގެ އެ ދުވަހެވެ. އެ ދުވަހުގެ މުނާސަބާގައި ހަޔާތުގައި މުހިންމު ދައުރެއް އަދާ ކުރާ އަންހެނުންނަށް ހަދިޔާއެއް ދިނުމަކީ ހަމަ ކުރާކަމެކެވެ. އެކި މީހުން އެކަން ކުރަނީ އެކި ސިފައިގަ އެވެ. ކޮފީ އާއި ކެއުމާއި ހަދިޔާ އާއި ކޭކާއި މާމެލާމެލިންނެވެ.

މި އަހަރުގެ އަންހެނުންގެ ދުވަހަށް ޕިއްޒާ ބޯނާއިން ގެނެސްދެނީ ޓްރީޓެއް ދޭނެ ވަރަށް ސަޅި ގޮތެކެވެ.

ޕިއްޒާ ބޯނާ. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ކޮންކަހަލަ ޕްރޮމޯޝަނެއް؟

ޕިއްޒާ ބޯނާގެ އޮފާއަކީ ވަރަށް ސާދާ އޮފާއެކެވެ. އެ ތަނުން ވިއްކާ ރަހަމީރު ޕިއްޒާގެ، ރެގިއުލާ ސައިޒުގައި ހުރިހާ ބާވަތެއްވެސް އަންހެނުންގެ ދުވަހުގައި ވިއްކާނީ އެއް އަގަކަށެވެ.

އަގަކީ ކޮބާ؟

މި ޕްރޮމޯޝަންގައި ޕިއްޒާ ބޯނާއިން ވިއްކާ ހުރިހާ ޕިއްޒާއެއްގެ އަގަކީވެސް 99ރ. އެވެ. އެއީ ޖީއެސްޓީވެސް ހިމަނައިގެންނެވެ.

ކޮން ބަޔަކަށް؟

އަންހެނުންގެ ދުވަހުގައި ޕިއްޒާ ބޯނާއިން ޑައިން-އިން ކުރާ ހުރިހާ ކަސްޓަމަރުންނަށްވެސް މި ހާއްސަ އަގުގައި ޕިއްޒާ ލިބޭނެ އެވެ. އަދި ހުރިހާ އައުޓްލެޓްތަކުގައި ވެސް މި ޕްރޮމޯޝަން ކުރިއަށްދާނެ އެވެ.

އަންހެނުންގެ ދުވަހަށް ޕިއްޒާ ބޯނާއިން ފެށި ޕްރޮމޯޝަންގެ ޕޯސްޓު

ޕިއްޒާ ބޯނާ

ޕިއްޒާ ބޯނާއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރަހަމީރު ޕިއްޒާ އާއި ސަބްމެރިން ވިއްކާ އެއް ތަނެވެ. މާލެ އާއި ހުޅުމާލޭގައި މި ތަނުގެ ޖުމްލަ ތިން އައުޓްލެޓް ހުރެ އެވެ. އެއީ:

  • މާފަންނު، ރުވާމަގުގައި ހުންނަ އައުޓްލެޓް (ނަލަހިޔާ ރެސިޑެންސް ކައިރި)

  • ހެންވޭރު، މަޖީދީމަގުގައި ހުންނަ އައުޓްލެޓް (އޭޑީކޭ ކައިރި)

  • ހުޅުމާލެ، ނިރޮޅުމަގުގައި ހުންނަ އައުޓްލެޓް (ސޮނީ ހާޑްވެއާ ކުރިމަތި)

ޕިއްޒާ ބޯނާއިން ވިއްކާ ޕިއްޒާގެ އެކި ބާވަތްތަކުގެ ތެރޭގައި ހިމެނެނީ:

  • ޗިކަން ޕިއްޒާގެ ތަފާތު 19 ވައްތަރު

  • ބީފް ޕިއްޒާގެ ތަފާތު ނުވަ ވައްތަރު

  • ސީފުޑް ޕިއްޒާގެ ތަފާތު ހަތް ވައްތަރު

  • ވެޖް ޕިއްޒާގެ ތަފާތު ހަ ވައްތަރު

ޕިއްޒާ ބޯނާގެ މެނޫ، އެ ތަނުގެ ވެބްސައިޓް، އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖުންވެސް ބަލައިލެވޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް