އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން ވިއްކާ ހޯލިކްސް ވިމެންސް ޕްލަސް. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

އެޑްވަޓޯރިއަލް

ހޯލިކްސް ވިމެންސް ޕްލަސް: އަންހެނުންނަށް ހާއްސަ، ކަށި ވަރުގަދަކޮށްދޭ ބުއިމެއް

މިއީ ކަށިތަކުގެ މިނެރަލް ޑެންސިޓީ އިތުރުކޮށް، ދަމަހައްޓަން ބޭނުންވާ މާއްދާތައް އެކުލެވޭ، ކެރެމަލް ފްލޭވާގެ ބުއިމެއް
23 ފެބްރުއަރީ 2023
1

ދިވެހިންގެ މެދުގައި މަގުބޫލު 'ހޯލިކްސް' ބްރޭންޑުގެ އަންހެނުންނަށް ހާއްސަ، ގައިގެ ކަށިތައް ވަރުގަދަކޮށްދޭ ބުއިމެއް އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން ތައާރަފްކޮށްފި އެވެ.

ވީ ކިހިނެއް؟ - އޭޑީކޭއިން 'ހޯލިކްސް ވިމެންސް ޕްލަސް' މާކެޓަށް ނެރުނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ އެފްއެންޑްބީ ޝޯގެ ތެރެއިންނެވެ.

ތަފްސީލު - އުމުރުން 30 އަހަރުން މައްޗަށް ދިއުމުން (ހާއްސަކޮށް އަންހެނުންގެ) ކަށިތަކުގެ މިނެރަލް ޑެންސިޓީ ދަށްވުމަކީ އެކަށީގެންވާ ކަމެކެވެ. މިކަމާ ދެކޮޅަށް ކުރެވެން އޮންނަ އެންމެ ރަނގަޅު އެއް ކަމަކީ ކެއިންބުއިމުގައި އެކަށީގެންވާ މިންވަރަކަށް ވިޓަމިން ޑީ، ވިޓަމިން ކޭ2، ކެލްސިއަމް އަދި މެގްނީސިމް އެކުލެވޭ ބާވަތްތައް ހިމެނުމެވެ. ހޯލިކްސް ވިމެންސް ޕްލަސް އަކީ މި ހުރިހާ މާއްދާތައް ވެސް އެކުލެވޭ ބުއިމެކެވެ.

ހޯލިކްސް ބްރޭންޑުގެ އެކި އުފެއްދުންތައް. އޭޑީކޭ ޖެނެރަލް ޓްރޭޑިންއަކީ މި ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

ހޯލިކްސް ވިމެންސް ޕްލަސް

  • ކަށިތައް ވަރުގަދަކުރަން ބޭނުންވާ ކެލްސިމް އެކުލެވިގެންވޭ

  • ކެލްސިއަމް ހަށިގަނޑަށް އެބްސޯބްކުރަން އެހީވެދޭ ވިޓަމިޑް ޑީ ހިމެނޭ

  • މި ބުއިމުގައި ކެލްސިމް ހަށިގަނޑުގައި ދަމަހައްޓަން ބޭނުންވާ މާއްދާއެއް ކަމަށްވާ މެގްނީސިއަމް ވެސް ހިމެނޭ

  • އިތުރު މާއްދާއެއްގެ ގޮތުގައި ވިޓަމިން ކޭ2 ވެސް މި ބުއިމުގައި އެކުލެވިގެންވޭ

އޭޑީކޭ ޖެނެރަލް ޓްރޭޑިން، ގަންނަ މާޓު ފިހާރަ އާއި މޮބައިލް އެޕްލިކޭޝަން އަދި ޖީޓީ ސްނެޕް ފިހާރައިން ހޯލިކްސް ވިމެން ޕްލަސްގެ ރަހަމީރު ކެރެމަލް ފްލޭވާ ގަންނަން ލިބޭނެ އެވެ.

އެނގުން މުހިންމު - ހޯލިކްސްއަކީ ދިވެހިންނަށް އާ ނަމެއް ނޫނެވެ. މިއީ ޗޮކްލެޓް ރަހަ ހުންނަ، މީރު ބުއިމެއްގެ ގޮތުގައި ދިވެހިންގެ މެދުގައި ވަރަށް ކުރީއްސުރެވެސް މަގުބޫލު ބުއިިމެކެވެ. ހޯލިކްސް ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ އޭޑީކޭ ޖެނެރަލް ޓްރޭޑިން އެވެ.

ކޮމެންޓް (1)

ފިޒާ1

24 ފެބްރުއަރީ 2023
ތި ރެޑްވޭވުން ވިއްކާތާ ކިތަންމެ އަހަރެއްް. ކެރެމަލް އާ ޗޮކްލެޓްނޫން ފްލޭވާއެއް ހުރޭތޯ ވަރަށް ބަލަން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް