Majlis 2024

މާލޭގެ ލޯކަލް މާރުކޭޓާއި ބަޔަކު ވިޔަފާރިކުރުމުގައި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ޓެކްސް

މިރޭ 12 އިން ފެށިގެން ރާއްޖޭގައި ޓެކްސް ބޮޑުވާނެ

ޓެކްސް ރޭޓު ބޮޑުކުރަން ނިންމީ ދުނިޔޭގެ އިގްތިސާދަށް މިވަގުތު ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު ރާއްޖެއަށް ވެސް ކުރަމުން ދާތީ، ދައުލަތުގެ އާމްދަނީ އިތުރުކުރަން

އިދިކޮޅުގެ ފާޑުކިއުންތަކާއި އެމްޑީޕީގެ އެތެރެއިން ވެސް ސަރުކާރަށް ރައްދުތައް ކުރިމަތިވި އެކަމަކު ރައްޔިތުންގެ މަޖިލިހުން ފާސްކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި އިސްލާހާ އެކު، މިރޭ 12 އިން ފެށިގެން ރާއްޖޭގައި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުވާނެ އެވެ.

މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން މި ދެ ޓެކްސް ބޮޑުކުރީ، ސަރުކާރުން ބުނާ ގޮތުގައި، ދައުލަތުގެ އާމްދަނީ ރަނގަޅުކުރާށެވެ.

ވީ ކިހިނެއް؟ - މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމަށް ގާނޫނަށް ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހުން އިސްލާހު ގެނައީ ނޮވެމްބަރު މަހު އެވެ. އަދި 1 ޖެނުއަރީ 2023 އިން ފެށިގެން ޓެކްސް ބޮޑުކުރަން ނިންމީ ދުނިޔޭގެ އިގްތިސާދަށް މިވަގުތު ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު ރާއްޖެއަށް ވެސް ކުރަމުން ދާތީ، ދައުލަތުގެ އާމްދަނީ އިތުރުކުރަން ކަމަށް ސަރުކާރުން ބުންޏެވެ.

ތަފްސީލު - ގާނޫނަށް ގެނެސްފައިވާ އިސްލާހާއެކު މިރޭ 12 އިން ފެށިގެން ޓެކްސް ނަގާނެ ރޭޓުތަކަކީ؛

  • އާންމު ހިދުމަތްތަކުން (ޖީއެސްޓީ) - %8

  • ފަތުުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން (ޓީޖީއެސްޓީ) - %16

މިހާރު އާންމު ހިދުމަތްތަކުން ޓެކްސްގެ ގޮތުގައި ނަގަނީ %6 އެވެ. ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން ނަގަނީ %12 އެވެ.

ޓެކްސް ރޭޓަށް ގެންނަ ބަދަލާ އެކު އާންމު ހިދުމަތްތަކުން ކޮންމެ 100 ރުފިޔާ އަކުން ޓެކުހަށް ދައްކާ ހަ ރުފިޔާގެ ބަދަލުގައި ދެން ދައްކަން ޖެހޭނީ އަށް ރުފިޔާ އެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ރޭޓަށް ބަދަލު ގެނައި ނަމަވެސް ޓޫރިސްޓުންގެ ގްރީން ޓެކްސްއަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ. އެގޮތުން ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓްތަކާއި ހޮޓެލް އަދި އިންޓަގްރޭޓޭޑް ރިސޯޓުތަކުން ފަތުރުވެރިއެއްގެ އަތުން ޗާޖުކުރާނީ ރެއަކަށް ހަ ޑޮލަރެވެ. އަދި 50 އަށް ވުރެ މަދުން ކޮޓަރި ހުންނަ ހޮޓެލް އާއި ގެސްޓްހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ޗާޖު ކުރާނީ ރެއަކަށް ތިން ޑޮލަރެވެ.

ގުޅުން ހުރި - ޓެކްސް ރޭޓު ބޮޑުކުރުމާ ގުޅިގެން ފަތުުރުވެރިކަމަށް އޭގެ އަސަރު ކުރާނެ ކަމަށް ބުނެ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ މަޓާޓޯ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް ސަރުކާރުން ގަބޫލުކުރަނީ ފަށައިގަންނަ އިރު ގޮންޖެހުންތަކެއް ހުއްޓަސް ވަރަށް އަވަހަށް ކަންކަން ހަމަޔަށް އެޅޭނެ ކަމަށެވެ.

އެނގުން މުހިންމު - ދުނިޔޭގެ މާލީ ބޮޑެތި އިދާރާތައް ކަމަށް ވާ އައިއެމްއެފް އާއި ވޯލްޑް ބޭންކުން ވަނީ ރާއްޖޭގެ ޓެކްސް ބޮޑުކުރަން ތާއީދުކޮށްފަ އެވެ. ނަމަވެސް ރާއްޖޭގެ ދަރަންޏާއި ސަރުކާޜުގެ ހަރަދުތައް ބޮޑަކަމުން އެއީ އޮތް ގޮންޖެހުމެއް ކަމަށް، އެ ދެ އިދާރާއިން ފާހަގަކުރި އެވެ.

ކޮމެންޓް (5)

ވޯޓުބެ

31 ޑިސެމްބަރު 2022
ވޯޓު ހޯދަން ނާންނާތި ދެން!
0 0

ގަޅިބެ

31 ޑިސެމްބަރު 2022
ޝުކުރިއްޔާ ހިންނަވަރޭ
0 0

ހަސަންތަކުރު

31 ޑިސެމްބަރު 2022
ރައްޔިތުން ފެލައިގެން ކާ ސަރުކާރެއް. މި ނޫން ވެރިއެއް އަހަރުމެންނަކަށް އަދި ނުލިބޭ. ތީގެން ކިހާ ގެއްލުމެއް ރައްޔިތުންނަށް ކުރާނެ ކަމެއް އަޅެ ނޭނގެނީ ތަ. މިހާރު ވެސް މި އުޅެނީ އަނގައާ އަތާ ދިމާ ނުވެގެން
3 0

ފާލިހް

31 ޑިސެމްބަރު 2022
ކަންތަކާ ޖެހުނީ. ބޯމަތި ވަމުން އައި ވިލާ ގަނޑު ދެން ދަނީ ހައްތާ ވިއްސާރަ ބޯ ކުރަމުން.
4 0

ޓެކުސު

31 ޑިސެމްބަރު 2022
ޓެކްސް ބޮޑު ކުރުމަކުން މާބޮޑު މައްސަލައެއް ނެތް. މައްސަލައަކީ، ވިޔަފާރި ތަކުން އާންމު ފަރުދުން ފެލާލާތީ، 2 ޕަސެންޓް ބޮޑުވީމަ، 100 ރުފިޔާ އަށް ދޭ މުދާ 200 ރުފިޔާ އަށް ވިއްކާތީ، މޮޅު ގާނޫނުތައް ހުއްޓަސް ތަންފީޒު ނުކުރެވޭ ދެރަ ނިކަމެތި މީހާ ހިސާބަށް އައުމުން، ވިޔަފާރި ވެރިންނަށް މުއްސަނދިވާން ރަނުގެ ފުރުސަތެއް، ނިކަމެތި މީހާއަށް ހުރިހާ ދެރައެއް. މޮނިޓަރ ކޮށް ބެލެހެއްޓޭނެ ގޮތެއް ނެތް.
5 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް