
މި މަހުގެ 4 ގައި ބޭއްވި މީޑިއާނެޓް ވޯލްޑްކަޕް ކިކްއޮފް ހަރަކާތުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން (ފޮޓޯ/މީޑިއާނެޓު)
ވޯލްޑް ކަޕްގެ ފޯރިގަދަކުރަން މީޑިއާނެޓުން އިތުރު ހަރަކާތެއް
ގަތަރުގައި އަންނަ ހަފްތާގައި ފަށާ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ބެލުމުގެ ފޯރިގަދަކުރަން މީޑިއާނެޓުން އަނެއްކާވެސް ހާއްސަ ހަރަކާތެއް ބާއްވަން ނިންމައިފި އެވެ.
ވީ ކިހިނެއް؟- ވޯލްޑްކަޕްގެ ރާއްޖޭގެ ލައިސެންސްޑް ބްރޯޑްކާސްޓަރު މީޑިއާނެޓުން އިންތިޒާމްކުރާ 'މީޑިއާނެޓް ވޯލްޑްކަޕް ކިކްއޮފް އިވެންޓް' ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު ހުޅުމާލެ ރުއްގަނޑު ސަރަހައްދުގަ އެވެ. މިއީ މީޑިއާނެޓުން ވޯލްޑް ކަޕްގެ ފޯރިގަދަ ކުރުމަށް ބާއްވާ މިފަދަ ދެވަނަ ހަރަކާތެވެ.
ތަފްސީލް - އެ ކުންފުނިން ބުނީ، އެ ހަރަކާތުގައި:
-
މީޑިއާނެޓްގެ ކަނެކްޝަނެއް ގަންނަ ފަރާތްތަކަށް ޑިސްކައުންޓެއް ލިބޭނެ
-
މީޑިއާނެޓްގެ ކޮންމެ ހިދުމަތަކަށް ސަބްސްކްރައިބްކޮށްގެން ކޮންމެ ހަފުތާ އެކު ނަސީބުވެރި އެއް ފަރާތަށް 10,000ރ.ގެ ފައިސާގެ އިނާމެއް ލިބޭނެ
އޭގެ އިތުރުން، އެ ހަރަކާތުގައި:
-
ކުޑަކުދިންގެ ހަވީރެއް ކުރިއަށްދިއުމަށް ހަމަޖެހިފައިވޭ
-
ތަފާތު ހަރަކާތްތަކުގައި ބައިވެރިވެ، ހަދިޔާ ލިބޭނެ
-
ރޭނގަޑު 8 އިން ފެށިގެން ބޮޑުބެރުގެ ހަރަކާތްތައް ވެސް ފެނިގެންދާނެ
އެނގުން މުހިއްމު - އަންނަ އާދީއްތަ ދުވަހު ފަށާ ވޯލްޑް ކަޕްގެ ފޯރިގަދަ ކުރުމަށް މީޑިއާނެޓުން ވަނީ މި މަހު ސޯޝަލް ސެންޓަރުގައި ވެސް 'ވޯލްޑް ކަޕް ކިކްއޮފް' އިވެންޓެއް ކުރިއަށް ގެންގޮސްފަ އެވެ.