އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެމްޕީއެލްއިން ބޭއްވި ހަފްލާގައި އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް އަބްދުﷲ. (ފޮޓޯ/އެމްޕީއެލް)

އެމްޕީއެލް

އެމްޕީއެލް މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ޗުއްޓީއެއް ތައާރަފްކޮށްފި

މިއީ މުވައްޒަފުންގެ ދިރިއުޅުމުގައި ދިމާވާ ޓްރައުމާތަކުން އަރައިގަތުމަށާއި ނަފްސާނީ ދުޅަހެޔޮކަން ދަމަހައްޓަން ދޭ ޗުއްޓީއެއް ކަމަށް އެމްޕީއެލްއިން ބުނޭ

މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިވުމަށް ޓަކައި ހުރިހާ އިނާޔަތްތައް ލިބޭ ގޮތަށް އެމްޕީއެލްއިން ޗުއްޓީއެއް ތައާރަފު ކޮށްފި އެވެ.

ވީ ކިހިނެއް؟ - އެމްޕީއެލްއިން އެ ޕޮލިސީ ތައާރަފު ކުރީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފްލާގަ އެވެ.

ތަފްސީލު - އެ ކުންފުނިން ބުނި ގޮތުގައި މިއީ މުވައްޒަފުންގެ ދިރިއުޅުމުގައި ދިމާވާ ޓްރައުމާތަކުން އަރައިގަތުމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިވުމުގެ ގޮތުން، ހުރިހާ އިނާޔާތްތަކެއް ލިބޭ ގޮތަށް އެކުލަވާލާފައިވާ ޕޮލިސީއެކެވެ.

އެ ޕޮލިސީގެ ދަށުން ޗުއްޓީ ދިނުމަށް ޓްރައުމާގެ ގޮތުގައި ބަލާ ހާލަތްތަކަކީ:

  • ބައިގެން ދިއުން

  • މުވައްޒަފެއްގެ ދަރިއެއް ނިޔާވުން

  • މުވައްޒަފެއް ދިރިއުޅެމުން އަންނަ ގެ އަލިފާނުގެ ކާރިސާއަކުން ގެއްލުންވެ، ސަރުކާރުގެ ވަގުތީ ހިޔާއަށް ބަދަލުވުން

ބުނީ ކީކޭ؟ - އެ ޗުއްޓީ ތައާރަފްކުރި ސަބަބާ ގުޅޭ ގޮތުން ބުނީ ނަފްސާނީ ދުޅާހެޔޮކަމަކީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާއި ގުޅިލާމެހިފައިވާ ކަމެއް ކަމަށެވެ. އަދި ދިރިއުޅުމުގައި ދިމާވާ "ޓްރޯއުމާ"ތަކަކީ އިތުރު އެހީއާ އެކު އެކަމަކުން އަރައިގަނެވޭނެ ކަންތައްތައް ކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް