ރޯދަމަހަކީ މީރު ރަހަތަކުގެ މައްސަރެވެ. މުޅި ދުވަހު ނުކައި ތިބެފައި ރޯދަ ވީއްލާ ވަގުތަށް ތަފާތު މީރު ކެއުންތައް ތައްޔާރުކުރުމަކީ ދިވެހީންގެ ޒަމާންވީ ސަގާފަތެކެވެ. ރޯދަމަހާ އެކު ގިނަ ބަޔަކު އެންމެ ސަމާލުކަންދޭ އެއް ކަންތަކަކީ ވެސް ތަފާތު ރެސިޕީތައް އެއްކޮށް އާ ވައްތަރު ވައްތަރުގެ ކެއުންތައް ތައްޔާރުކުރުމެވެ.
އެހެންވެ 'ދައުރު' އިން މި ރޯދަ މަހު މި ގެނެސްދެނީ ތަފާތު ކެއުންތައް ތައްޔާރުކުރާނެ ގޮތް ދައްކުވައިދޭ ވީޑިއޯ ޝޯ އެކެވެ. 'ރަހަމީރު'ގެ ނަން ދީފައިވާ މި ޝޯ 'ދައުރު'ގެ ސޯޝަލް މީޑިއާ އިން ކޮންމެ ދެ ދުވަހުން އެއް ދުވަހު ލައިވްކުރާނެ އެވެ.
މި ޝޯގެ އެކްސްކްލޫސިވް ސްޕޮންސަރަކީ 'ހެޕީ މާކެޓް' އެވެ. އަދި 'ސީ ހައުސް' އިން ވެސް ޕާޓްނާވެ އެވެ.
މިއަދުގެ ރެސިޕީއަކީ ލަޒާނިއާ އެވެ.
ބޭނުންވާނެ ތަކެތި:
4 ސެންރީމޯ ލަޒާނިއާ ޝީޓް
1 ޖޯޑު ސެންރީމޯ ނަޕޮލިޓާނޯ ސޯސް
1 ޖޯޑު އެލެނާ މިންސްޑް ބީފް
1 ޖޯޑު އޮލްޑެންބާގާ މޮޒަރެލާ ޗީޒް
2 ސަމުސާ އޮލްޑެންބާގާ ބަޓަރު
50 އެމްއެލް މިލަކް ގޯލްޑް ކުކިން ކްރީމް
200 އެމްއެލް އޮލްޑެންބާގާ ފުލްކްރީމް
3 ސަމުސާ ފޯޗިއުން ސަންފްލާވާ އޮއިލް
1 ޖޯޑު ޓޮމާޓޯ ކޮށާފަ
ބައި ޖޯޑު ފިޔާ ކޮށާފައި
1 ސަމުސާ ލޮނުމެދު ކޮށާފައި
1 ބޭ ލީފް
1 ސަމުސާ ފުން
1 ސަމުސާ ލޮނު އަދި އަސޭމިރުސް
1 ސަމުސާ މިކްސްޑް ހާބްސް
2 ސަމުސާ ޕެޕްރިކާ
1 ޖޯޑު ޕީލްޑް ޓޮމާޓޯ
ބައި ޖޯޑު ޕާމަޒަން ޗީޒް
ކޮމެންޓް