ލި-ނިންގް މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖެއްސުމާ ގުޅޭ އެއްބަސްވުން މިއަދު ބަދަލުކުރަނީ. (ފޮޓޯ/ދިރާގު)

ދިރާގު

ދިރާގު، ރާއްޖޭގައި ބާއްވާ ބެޑްމިންޓަން މުބާރާތުގެ ޕާޓްނަރަކަށް

މި މުބާރާތް އޮންނާނީ މާދަމާ އިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް
17 އޮކްޓޯބަރު 2022

ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް މިއަދު ދިރާގު ހަމަޖައްސައިފި އެވެ.

ވީ ކިހިނެއް؟ - ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ މި އަހަރުގެ ބީޑަބްލިއުއެފް ކޮންޓިނެންޓަލް ސާކިޓްގައި ހިމެނޭ 'ލި-ނިންގް މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް 2022' އަކީ ބީޑަބްލިއުއެފްގެ އިތުރުން، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ބެޑްމިންޓަން އޭޝިއާ ގުޅިގެން ބާއްވާ މުބާރާތެކެވެ.

ތަފްސީލް - ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ޗެލެންޖު:

  • އޮންނާނީ މާދަމާ އިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް

  • މެޗުތައް ކުޅޭނީ މާލޭ ކުޅިވަރު އެކުވެނީގައި 

  • ރާއްޖެ ހިމެނޭ ގޮތަށް ދުނިޔޭގެ 25 ގައުމެއްގެ ކުޅުންތެރިން މި މުބާރާތުގައި ބައިވެރިވޭ

ބީޑަބްލިއުއެފް ކޮންޓިނެންޓަލް ސާކިޓް:

  • ތިން ލެވެލްއަކަށް ބަހާލާފައިވާ 70 މުބާރާތް ހިމެނޭ 

  • މި ލެވެލްތަކަކީ އިންޓަނޭޝަނަލް ޗެލެންޖް (ލެވެލް އެކެއް)، އިންޓަނޭޝަނަލް ސީރީޒް (ލެވެލް ދޭއް) އަދި ފިއުޗާ ސީރީޒް (ލެވެލް ތިނެއް) 

  • ކޮންމެ މުބާރާތަކުން ވެސް މޮޅުވާ ކުޅުންތެރިންނަށް ބީޑަބްލިއުއީއެފްގެ ޕޮއިންޓް ސިސްޓަމްގެ ދަށުން ތަފާތު ރޭންކިން ޕޮއިންޓް ލިބޭނެ

ބުނީ ކީކޭ؟ - ދިރާގުން ބުނީ އެ ކުންފުނިން އަބަދު ވެސް މަސައްކަތަކުރަމުން އަންނަނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި ދިވެހި ކުޅުންތެރިންނަށް އާ ފުރުސަތުތައް ފަހިކޮށްދޭ މިފަދަ އިވެންޓްތަކަށް އެހީތެރިވެ، އެއްބާރުލުން ދިނުމަށް ކަމަށެވެ.

info@dhiraagu.com.mv
123

އިތުރު އާޓިކަލް

އިތުރު އާޓިކަލް