Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ގައުމީ ފުޓްބޯޅަ ކުޅުންތެރިޔާ އަލީ ފާސިރު އޭސީއެލް ސާޖަރީއަށް ފަހު ޓްރީ ޓޮޕް ހޮސްޕިޓަލުގައި. (ފޮޓޯ/ޓްރީ ޓޮޕް)

ފުޓްބޯޅަ ކުޅުންތެރިޔާ އަލީ ފާސިރުގެ އޭސީއެލް ސާޖަރީ ޓްރީ ޓޮޕްގައި ފުރިހަމަކޮށްފި

އަލީ ފާސިރު މިހާރު އަންނަނީ ކުޅުމަށް އަނބުރާ ދިއުމަށް ރިކަވަރީއަށް މަސައްކަތް ކުރަމުން
17 އޯގަސްޓު 2022

ގައުމީ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ކްލަބް ވެލެންސިއާގެ އެންމެ މޮޅު ސްޓްރައިކަރު އަލީ ފާސިރު (ސެންޓޭ)ގެ އޭސީއެލް ސާޖަރީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފުރިހަމަކޮށްފި އެވެ.

އެނގުން މުހިންމު - އޭސީއެލް އަކީ ކަކުލުގެ ހުޅު އެނބުރުމުގެ ސަބަބުން އާންމުކޮށް އަނިޔާވާ ލިގެމަންޓެކެވެ. އޭސީއެލް އަކީ ކަކުލުގެ އެއް ކަށިގަނޑު އަނެއް ކަށިގަނޑާ ގުޅުވައި ހިފަހައްޓައިދީ ބާރުގަދަ ކުރުމަށް ހުންނަ ބައިތަކެކެވެ.

ވީ ކިހިނެއް؟ - އަލީ ފާސިރު ޓްރީ ޓޮޕް ހޮސްޕިޓަލުން އެންތްރޮސްކޮޕިކް އޭސީއެލް ރީކޮންސްޓްރަކްޝަން ފުރިހަމަކުރީ ކަށީގެ އޮޕަރޭޝަނަށް ހާއްސަ ޑރ. ހުސެން ފައިސަލްގެ ބެއްލެވުމުގެ ދަށުންނެވެ.

ޑރ. ފައިސަލް:

  • ކަށީގެ ބަލިތަކުގެ ދާއިރާ އިން 20 އަހަރުގެ ތަޖުރިބާ ހާސިލުކުރައްވާފައިވޭ

  • އެމްބީބީއެސް ފުރިހަމަކުރައްވާފައިވަނީ ޕާކިސްތާނުގެ ބަގައި މެޑިކަލް ޔުނިވަސިޓީން 

  • އޯތޮޕީޑިކްސް އަދި ޓްރޯމާ ސަޖަރީން އެމްއެސް ހާސިލުކުރައްވާފައި ވަނީ ނޭޕާލުގެ ޓްރިބުވަން ޔުނިވަސިޓީ ޓީޗިން ހޮސްޕިޓަލުން 

  • ކަށީގެ އެކި އޮޕަރޭޝަންތަކުގެ ތަޖުރިބާ ހުރި ހުނަރުވެރި ބޭފުޅެއް 

  • ކުޑަކުދިންގެ ކަށީގެ ބަލިތަކަށާއި އާތޮރޮސްކޮޕިކް ސާޖަރީ އަދި ލިގަމެންޓް ރީކޮންސްޓްރަކްޝަން ފަދަ އޮޕަރޭޝަންތައް ކުރެއްވުމުގެ ތަޖުރިބާ ހޯއްދާފައިވޭ

ބުނީ ކީކޭ؟ - ފައިސަލް ވިދާޅުވި ގޮތުގައި، ކުޅުންތެރިއަކު ވެއްޓުމުގެ ސަބަބުން ކަކުލުގެ ހުޅު ކޮންޓްރޯލުން ނެއްޓި، އެނބުރޭއިރު ކަށި ގޮވާ އަޑު އިވިގެން ދާނެ އެވެ. އަދި ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކަކުލު ހުޅުގައި ރިއްސައި ދުޅަވުން އެކަށީގެންވާ ކަމަށާއި، އަވަސް ފަރުވާއެއް ނުހޯދިއްޖެ ނަމަ ކަކުލުގެ ހުޅު ބޭނުންކުރުމުގައި އުނދަގޫތަކާ ކުރިމަތިވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަލީ ފާސިރުގެ އޭސީއެލް އޮތީ ވެސް އެ ގޮތަށް އަނިޔާވެފައި. ހަލާކުވެފައިވާ ލިގަމެންޓް ނެގުމަށް ފަހު އޭގެ ބަދަލަށް ޓެންޑަނެއްގެ އެތިކޮޅެއް މި ސާޖާރީގައި ލައްވާނީ. މި ސާޖަރީ ފުރިހަމަކުރުމާއި ރީހެބިލިޓޭޝަން ފުރިހަމަކުރުމަކީ އަލީ ފާސިރު ކުޅުމައިގެން ކުރިއަށް ދިއުމަށް ކުރުން މުހިންމު ކަމެއް،" ފައިސަލް ވިދާޅުވި އެވެ.

އަލީ ފާސިރު މިހާރު އަންނަނީ ކުޅުމަށް އަނބުރާ ދިއުމަށް ރިކަވަރީއަށް މަސައްކަތް ކުރަމުންނެވެ.

"އަހަރެންގެ ތަޖުރިބާ ވަރަށް ފުރިހަމަ. އެހީތެރިވެދިން ހުރިހާ ސަޓާފުންނާއި ނަރުހުން އަދި ޑރ. ފައިސަލް ވެސް ވަރަށް ރަނގަޅު،" އޭނާ ބުންޏެވެ.

އެނގުން މުހިންމު - ޓްރީ ޓޮޕްގެ އޯތޮޕީޑިކް ސްޕެޝަލިސްޓުންނަކީ ކަމުގެ ތަޖުރިބާކާރު މާހިރުންނެވެ. ޓްރީ ޓޮޕަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން، މިހާރު ވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާ އެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް