Majlis 2024
ބޮލީވުޑް

އިބްރާހިމް ބޮލީވުޑަށް ނުކުންނަ ފިލްމުން ކާޖޮލް ވެސް ފެންނާނެ

ކާޖޮލް ފެންނާނީ ޖަޒުބާތީގޮތުން ވަރުގަދަ ރޯލަކުން
28 ނޮވެމްބަރު 2022

ސައިފް އަލީ ހާންގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހިމް އަލީ ހާން ބޮލީވުޑަށް ނުކުންނަ ފިލްމުން ކާޖޮލް ވެސް ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް އެކްޓަރު ބޯމަން އިރާނީގެ ދަރިފުޅު ކަޔޯޒް އިރާނީ ޑައިރެކްޓު ކުރާ އެ ފިލްމަކީ އިންޑިއާގެ ޑިފެންސް ފޯސްއާ ގުޅޭ ގޮތުން އުފައްދާ ފިލްމެކެވެ. ފިލްމުގެ ލީޑުން ފެންނާނީ ކާޖޮލް ކަމަށް ހަބަރުތައް ބުނެ އެވެ.

އެ ފިލްމުގެ މަސައްކަތަށް މިހާރު ދަރުމާ ޕްރޮޑަކްޝަނާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކާޖޮލް ފެންނާނީ ޖަޒުބާތީގޮތުން ވަރުގަދަ ރޯލަކުންނެވެ.

އިބްރާހިމް މިހާރު މަސައްކަތްކުރަނީ ފިލްމުތަކުގެ އެސިސްޓެންޓު ޑައިރެކްޓަރަކަށެވެ. ރިޕޯޓުތައް ބުނާގޮތުން، އޭނާ ވަނީ އެކްޓިން ކެރިއަރު ފަށަން ތައްޔާރުވެފަ އެވެ.

ސައިފްގެ އެންމެ ދޮށީ ދަރިފުޅު ސާރާ އަލީ ހާން އަކީ މިހާރު ބޮލީވުޑްގައި ފާހަގަ ކުރެވޭ ތަރިއެކެވެ.

ދަރުމާ ޕްރޮޑަކްޝަންގެ ފިލްމަކުން ކާޖޮލް އެންމެ ފަހުން ފެނުނީ މީގެ 12 އަހަރު ކުރިން، 'މައި ނޭމް އިޒް ހާން' އިންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް