ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ފޫހިވެފައި: މިވަގުތު ލިވަޕޫލްގެ ނަތީޖާތަކާ މެދު ކަންބޮޑުވާން ޖެހޭ

ޕްރެމިއަ ލީގު

ލިވަޕޫލާއި ޗެލްސީ، ތާވަލްގެ މެދުތެރޭގައި ތާށިވެފައި

ދެ ޓީމަށް މިހާރު ލިބިފައިވަނީ 29 ޕޮއިންޓް. އެކަމަކު ލަނޑުގެ ތަފާތުން ލިވަޕޫލް އަށް ވަނަ އަދި ޗެލްސީ އޮތީ 10 ވަނާގައި
22 ޖެނުއަރީ 2023

ކޯޗެއްގެ ގޮތުން ޔާގެން ކްލޮޕްގެ 1،000 ވަނަ މެޗު، އެގޮތަށް ނިމޭކަށް އޭނާ ބޭނުމެއް ނުވާނެ އެވެ. ނަމަވެސް އިއްޔެ ޕްރިމިއަ ލީގުގައި ޗެލްސީއާ ވާދަކުރި މެޗު ނިމުނީ، މާ މޮޅު ކުޅުމެއް ނުދެއްކި، ލަނޑެއް ވެސް ނުޖެހި އެއްވަރުވެގެންނެވެ.

ޕްރިމިއަ ލީގުގެ ގަދަ ހަތަރެއްގައި ހިމެނިގެން ކުޅުމުން އައި ދެ ޓީމުގެ މި ކުރިމަތިލުން އެހާ ފެންކޮށް ނިމުމުން އެއް ހަގީގަތެއް އެބަ ގަބޫލުކުރަން ޖެހެ އެވެ؛ މިފަހަރުގެ ލީގުގައި މި ދެ ޓީމުގެ މަގާމަކީ ތާވަލްގެ މެދުތެރެއަށް ވުން ކައިރި ކަމެވެ.

އިއްޔެ ލިބުނު ޕޮއިންޓާ އެކު ދެ ޓީމު ވެސް ވަނީ 29 ޕޮއިންޓުން އެއްވަރުވެފަ އެވެ. ނަމަވެސް ލަނޑުގެ ގޮތުން ލިވަޕޫލް (ފައިދާ ނުވަ ލަނޑު،) އަށް ވަނައަށް އަދި ޗެލްސީ (ފައިދާ އެންމެ ލަނޑެއް) 10 ވަނަ އެވެ. ގަދަ ހަތަރެއްގައި އޮތް މެންޗެސްޓަ ޔުނައިޓެޑާއި މި ދެ ޓީމާ ދެމެދު އަދިވެސް 10 ޕޮއިންޓްގެ ފަރަގެއް އެބަ އޮތެވެ.

ކްލޮޕްގެ ކޯޗުކަމުގެ ހަޔާތް

  • 1،000: ކޯޗެއްގެ ގޮތުގައި ހަމަކުރި މެޗުތައް

  • 538: މޮޅުވި

  • 222: ބަލިވި

  • 40%: މެއިންޒްގެ ކޯޗަކަށް ހުރި އިރު މޮޅުވި ނިސްބަތް

  • 56.4%: ބޮރޫޝިއާ ޑޯޓުމުންޑްގައި މޮޅުވި ނިސްބަތް

  • 60.7%: ލިވަޕޫލްގައި މޮޅުވުމުގެ ނިސްބަތް

  • 51.7%: މި ސީޒަންގައި މޮޅުވަމުން އަންނަ ނިސްބަތް

ލީގު މިހާރު މި ވަނީ ދެ ބައި ވެފަ އެވެ. ފަހު ބައިގެ މެޗުތަކުގެ ނަތީޖާ، ފުރަތަމަ 19 މެޗާ ވަރަށް ބޮޑަށް ތަފާތުވެގެން ނޫނީ ލިވަޕޫލް އާއި ޗެލްސީއަށް ބޮޑު ކުރިއެރުމެއް ލިބުން ދުރެވެ. އެކަމަކު ޕްރިމިއަ ލީގަކީ ވާދަވެރި، އަދި ހައިރާންކުރުވަނިވި ނަތީޖާއާ ވެސް ކައިރި މުބާރާތެއް ކަމުން، މިކަހަލަ ވަރުގަދަ ދެ ޓީމާ މެދު ދެކޭ ގޮތް އެހާމެ އަވަހަށް ވެސް ބަދަލުވެދާނެ އެވެ. ދެ ޓީމުގައި ތިބީ ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިންނެވެ.

އެކަމަކު އިއްޔެއަކީ ލިވަޕޫޕްގެ އަމިއްލަ ދަނޑުގައި ފޯރިގަދަ، ބަލާ ހިތްވާ އަދި އެހާމެ މޮޅު މެޗުތައް ކުޅެފައިވާ ދެ ޓީމުގެ ސަޕޯޓަރުންނަށް ފޫހި ވާދަކުރުމެކެވެ. މުޅި މެޗުގައި ވެސް ދެވުނީ އެންމެ ފަސް ހަމަލާ އެވެ.

"މި މެޗު ހީވަނީ ތާވަލްގެ މެދުތެރޭ ޓީމެއްގެ މެޗު ހެންނެވެ. ހުރިހާ ކަމެއް ވެސް ހުރީ ތާވަލްގެ މެދުތެރޭގެ މެޗެއްގެ ގޮތަށެވެ. އޭގެ ސަބަބަކީ ހުރިހާ ގޮތަކުން ބެއްޔަސް މިއީ ތާވަލްގެ މެދުތެރޭގެ މެޗަކަށް ވުމެވެ،" ބީބީސީގެ ފުޓްބޯޅަ ލިއުންތެރިޔާ ފިލް މެކްނަލްޓީ ލިއުނެވެ.

ޕްރިމިއަ ލީގުގެ ގަދަ ފަހެއް

  • 1-

    އާސެނަލް، ކުޅުނު 18، ޕޮއިންޓް 47

  • 2-

    މެންޗެސްޓަ ޔުނައިޓެޑް، ކުޅުނު 19، ޕޮއިންޓް 42

  • 3-

    ނިއުކާސަލް، ކުޅުނު 20، ޕޮއިންޓް 39

  • 4-

    މެންޗެސްޓަ ޔުނައިޓެޑް، ކުޅުނު 19، ޕޮއިންޓް 39

  • 5-

    ޓޮޓެންހަމް، ކުޅުނު 20، ޕޮއިންޓް 33

އިތުރު އާޓިކަލް

އިތުރު އާޓިކަލް