ޓީއެމްއޭގެ ފްލީޓް މިއަދު ހުއްޓިފައި: ސާވާ ޑައުންވުމުން މީހުން ރަށްރަށަށް ފޮނުވަނީ މެނުއަލްކޮށް މީހުންގެ ކުރެން އަހައިގެން (ދައުރު ފޮޓޯ)

ޓީއެމްއޭ

ޓީއެމްއޭގެ ސިސްޓަމަށް މައްސަލަޖެހި ގެސްޓުން ރިސޯޓްތަކަށް އުފުލަން އެހެން ގޮތެއް ހަމަޖައްސަން އެދެފި

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓީއެމްއޭގެ ޗެކްއިން ސިސްޓަމަށް 'މަލްވެއާ އެޓޭކެއް'ދީފައިވާ ކަމަށާއި އޭގެ ސަބަބުން ޗެކް އިން ކުރުމުގައި ދަތިތައް ވަނީ ދިމާވެފައި

އާ އަހަރާ ދިމާކޮށް ރާއްޖެ އައި ގިނަ އަދަދެއްގެ ފަތުރުވެރިން ރިސޯޓްތަކަށް ދިއުމަށް، ޓީއެމްއޭގެ ސިސްޓަމަށް ދިމާވި މައްސަލަ ހައްލު ނުކުރެވި ދިގުލައިގެން ގޮސް، ފަތުރުވެރިން ރިސޯޓުތަކަށް އުފުލުމަށް އެހެން ގޮތެއް ހޯދަން އެ ކުންފުނިން ރިސޯޓުތަކުގައި އެދެފި އެވެ.

ވީ ކިހިނެއް؟ - މިއަދު ހެނދުނުން ފެށިގެން ޓީއެމްއޭގެ ސިސްޓަމް ޑައުންވެ، ޗެކިންކުރުމުގައި އުނދަގޫތައް ދިމާވެ، ފްލައިޓްތަކަށް ބުރޫ އަރާފައިވާ އިރު އެތައް ސަތޭކަ ފަތުރުވެރިންނެއް އެއާޕޯޓުގައި ވަނީ ތާށިވެފަ އެވެ.

ތަފްސީލް - ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓީއެމްއޭގެ ޗެކްއިން ސިސްޓަމަށް ދިން 'މަލްވެއާ އެޓޭކެއް'ގެ ސަބަބުން ޗެކް އިން ކުރުމުގައި ދަތިތައް ދިމާވެ ފްލައިޓުތައް ޑިލޭވެފައިވާ ކަމަށް އެ އެއާލައިނުން ހިދުމަތް ހޯދާ ރިސޯޓުތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.

"މި ދަނޑިވަޅުގައި ފަތުރުވެރިން ރިސޯޓަށް ގެންދިޔުމަށް އިތުރު ގޮތެއް ހޯދުމަށް އެދޭ" ކަމަށް ވެސް އެ މެސެޖުގައި ވެ އެވެ. ޓީއެމްއޭ އިން ވަނީ މި ދަނޑިވަޅުގައި  ދިމާވާ ދަތިތަކާއި އުނދަގޫތަކަށް އެ ކުންފުނީގެ ޕާޓްނަރުންގެ ކިބައިން މައާފަށް އެދިފަ އެވެ.

31 ޑިސެމްބަރު 2022 - ޓީއެމްއޭގެ ސިސްޓަމް ޑައުން ވުމުން އިންޓަނޭޝަނަލް ޓާމިނަލް ތެރޭގައި ކިއޫ ބޮޑުވެފައި

ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ގިނަ ނިސްބަތެއްގެ މީހުން ރިސޯޓުތަކަށް ދަނީ ޓީއެމްއޭގެ ސީޕްލޭންތަކުގަ އެވެ. ސީޕްލޭން ޗެކްއިން ސިސްޓަމަށް ދިމާވި މައްސަލައާ އެކު މިއަދު ހެނދުނުން ފެށިގެން އިންޓަނޭޝަނަލް އެރައިވަލްސް ޓާމިނަލް ކުރިމަތިން އޮންނަ ސީޕްލޭން ޗެކްއިން ސަރަހައްދުގައި އޮތީ ބާރު ބޮޑުވެފަ އެވެ. ފަތުރުވެރިން ރިސޯޓުތަކަށް ފޮނުވުމަށް މެނުއަލްކޮށް ޗެކް އިން ކުރަމުންދާއިރު އެކަމަށް އެތައް ވަގުތެއް ހޭދަވާ ކަމަށް އެއާޕޯޓުގައި މަސައްކަތްކުރާ ރިސޯޓުތަކުގެ ރެޕުން ބުނެފައިވެ އެވެ.

ގުޅުން ހުރި - ޓީއެމްއޭގެ ސިސްޓަމަށް ދިމާވި މައްސަލައާ އެކު ފަތުރުވެރިން އެއާޕޯޓުގައި ތާށިވެފައިވާ އިރު، ބައެއް ރިސޯޓުތަކުން ރާއްޖޭގައި ސީޕްލޭންގެ ހިދުމަތްދޭ އެހެން އޮޕަރޭޓަރުންނަށް ފްލައިޓު ޗާޓަރު ކުރުމަށް ރިކުއެސްޓުކޮށްފައިވާ ކަމަށްވެ އެވެ. ޓީއެމްއޭގެ ފަރާތުން އެފަދަ ރިކުއެސްޓެއް އައިސްފައި ނުވާ ކަމަށް ސީޕްލޭންގެ ހިދުމަތްދޭ އެހެން ކުންފުންޏަކުން ބުންޏެވެ.

އިތުރަށް ކިޔާލަން

އިތުރު އާޓިކަލް

އިތުރު އާޓިކަލް