Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ހުޅުމާލެ ފޭސް ދޭކަށް އަރާ ބުރިޖު މަތިން މީހަކު ދުއްވާފައި ދަނީ: ސައިކަލު ގެއްލުނު ކަމަށް ވަނީ ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ޓޯ ޔާޑުން. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ފުލުހުން

2 އަހަރުން އެއްކުރި ފައިސާ އިން ގަތް ސައިކަލު ޓޯ ޔާޑުން ގެއްލިއްޖެ

ސައިކަލަށް ވީ ގޮތް އަދިވެސް ފުލުހުންނަށް ކިޔައިދެވިފައި ނުވާއިރު، މި މައްސަލައިގެ އަޕްޑޭޓެއް ފުލުހުންގެ ފަރާތުން ވެރިފަރާތަށް ނުލިބޭ ކަމަށް ވެރިފަރާތުން ބުނޭ

ހުޅުމާލޭން ފުލުހުން ޓޯ ކުރި ސައިކަލެއް ފުލުހުންގެ ޓޯ ޔާޑުގައި ހުއްޓާ ގެއްލި، ވެރިފަރާތަށް ބޮޑު ގެއްލުމަކާ ކުރިމަތިވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިދިޔަ އޭޕްރީލް 7ގައި އެ ސައިކަލު ޓޯ ކުރީ 15 ދުވަހުގެ މުއްދަތަކަށެވެ. އެއީ ހުޅުމާލޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ޓޯ ކުރި ވަރަށް އާ، ކަޅު ކުލައިގެ ސުޒުކީ ޖީއެން މަރުކާގެ ސައިކަލެކެވެ.

އެ ސައިކަލު ގެއްލުނީ، ޓޯޔާޑުގައި ހުއްޓާ ސީދާ ކޮން ދުވަހަކު ކަމެއް ވެސް ފުލުހުންނަކަށް ނޭނގެ އެވެ. ސައިކަލު ގެއްލުނުކަން އެނގުނީ އޭޕްރީލް 24ގައި ވެރިފަރާތުން ސައިކަލު ބަލައި ޓޯ ޔާޑަށް ދިއުމުންނެވެ.

ޓޯކޮށްފައި ހުއްޓާ ގެއްލުނު ސައިކަލު.

ބުނީ ކީކޭ؟ - ސައިކަލުގެ ވެރިފަރާތް، މުހައްމަދު ޒިޔާން ވަނީ އޭނާގެ ސައިކަލު ގެއްލުނުތާ ދެ މަސް ވެގެންދިޔަ އިރު ވެސް ސައިކަލު އަނބުރާ ނުލިބި، ފުލުހުންގެ ފަރާތުން ވެސް މި މައްސަލައިގެ އަޕްޑޭޓެއް ނުލިބުމުން ސޯޝަލް މީޑިއާގައި އޭނާގެ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.

ޒިޔާން 'ދައުރު'އާ ވާހަކަދައްކަމުން ބުނީ ސައިކަލު ޓޯ ކުރީ ބަންދުކޮށްފައި އޮތް މަގަކުން ނުކުތް ޕިކަޕެއްގައި ޖެހިގެން ކަމަށެވެ.

"ފުލުހުން ބުނީ އެއްވެސް މީހަކު ލިބުނު ގެއްލުމަށް ޒިންމާ ނަގަން ނުޖެހޭނެ ކަމަށް،" އޭނާ ބުންޏެވެ.

ނަމަވެސް، އެކްސިޑެންޓް ހިނގިއިރު ޒިޔާންގެ ވަގުތީ ލައިސެންސްގެ މުއްދަތު ހަމަވެފައި އޮތުމުން ފުލުހުން އޭނާގެ ސައިކަލު ޓޯ ކުރީ ކަމަށް ޒިޔާން ބުންޏެވެ.

ތަފްސީލު - އޭނާ ކިޔަދިން ގޮތުގައި:

  • ސައިކަލު ގަތީ ދެ އަހަރު ވަންދެން ފައިސާ އެއްކުރުމަށް ފަހު، އެއް ފަހަރާ ފައިސާ ދައްކައިގެން

  • ސައިކަލު ގަތީ 43،000ރ.އަށް؛ ސްޕެއާ ޕާޓްސްއަށް އިތުރު ހަރަދު ހިނގި

  • އެކްސިޑެންޓް ހިނގައިގެން ސައިކަލު ޓޯ ކުރީ ގަތްތާ އެއް މަސް ފަހުން

  • ސައިކަލު ޓޯ ކުރީ 15 ދުވަހަށް؛ ޓޯ ކުރި ސަބަބަކީ އޭނާގެ ވަގުތީ ލައިސެންސްގެ މުއްދަތު ހަމަވެފައި އޮތުމުން

  • ދައްކަން ޖެހޭ ޖޫރިމަނާތައް ދެއްކުމަށް ފަހު ސައިކަލު ބަލާ ދިޔައީ އޭޕްރީލް 24ގައި

  • ނަމަވެސް ޓޯ ޔާޑަށް ދިޔައިރު އެ ތަނުން ސައިކަލު ނުފެނުނު

ޒިޔާންގެ ސައިކަލު ޓޯޔާޑުން ނުފެނުމުން،ސައިކަލު ހޯދަން އިތުރު ވަގުތު ދިނުމަށް ފުލުހުން އެދުނު ކަމަށް ޒިޔާން ބުންޏެވެ. އެ ދުވަހު ރޯދަ ވީއްލައިގެން ސައިކަލު ބަލާ ދިއުމުން އެ ރޭ 9 ޖަހާއިރު މި މައްސަލައާ ގުޅޭ ގޮތުން ވާހަކަދައްކަން އޮފިސަރަކު އަންނާނެ ކަމަށް ފުލުހުން ބުނި ކަމަށް ޒިޔާން ބުންޏެވެ. ނަމަވެސް އެ ރޭ އެއްވެސް އޮފިސަރަކާ ބައްދަލެއް ނުވި އެވެ.

"ޖެހިގެން އައި ދުވަހު އަޕްޑޭޓެއް ބަލަން ދިޔައިމަ މި މައްސަލަ އެނގޭ ކަމަކަށް ވެސް ނުހެދި. އެކަމަކު އޭގެ ކުރީ ދުވަހު ބުނި މިއީ ވަރަށް ސީރިއަސް ކޭސްއެކޭ، ހުރިހާ ޔުނިޓުތައް ކަހަލަ ގޮތަކަށް ސައިކަލު ހޯދަން އެބައުޅެޔޭ،" ޒިޔާން ބުންޏެވެ.

"ދެން ބުނީ މައްސަލައެއްގެ ގޮތުގައި މިކަން ހުށަހަޅަން. އެކަމަކު ކޭސް ވެސް ރެޖިސްޓާ ނުކޮށްދިން. ތިން ދުވަސް ފަހުން މައްސަލަ ރެޖިސްޓާ ކުރެވުނީ."

ޓޯޔާޑުގައި ހުއްޓާ ސައިކަލު ގެއްލުން ފިޔަވައި އިތުރު ކަމެއް ނޭނގޭތީ ބަޔާނުގައި ބުނާނެ އެއްޗެއް ވެސް ޒިޔާންއަކަށް ނޭނގުނެވެ. އެހެންވެ ބަޔާން ލިޔެދިނީ މައްސަލައިގެ އިންވެސްޓިގޭޓިން އޮފިސަރެވެ.

ޒިޔާން ބުނީ ފުރަތަމަ ދެ ދުވަހު މައްސަލަ ރެޖިސްޓާ ނުކޮށްދިން ވާހަކަ ބަޔާނުގައި ނުހިމަނަން އޭނާ ވަރަށް މަސައްކަތް ކުރި ކަމަށެވެ. ބަޔާނުގައި ސޮއިކުރީ، ޒިޔާން ބުނި ގޮތުގައި، ބޭނުންވި ހުރިހާ ބައެއް ބަޔާނުގައި ފުރިހަމަ ކޮށްގެންނެވެ.

ސައިކަލަށް ވީ ގޮތާއި ބެހެއްޓި ތަން ފުލުހުންނަށް ކަށަވަރެއް ނުވި

"ފުރަތަމަ ފުލުހުންނަށް ނޭނގުނު ގެއްލުނީ ކިހިނެއް ކަމެއް. ބަޔާން ދިން ދުވަހު ބުނީ ބޮޑަށް ހީވަނީ ނައްތާލަން ގެންދެވުނީ ހެންނޯ ހީވަނީ،" ޒިޔާން ބުންޏެވެ.

އޭނާ ބުނި ގޮތުގައި، ސައިކަލު ބެހެއްޓުނު ތަނެއް ވެސް ފުލުހުންނަށް ޔަގީނެއް ނުވެ އެވެ.

"ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ޓޯ ޔާޑަށް ގެންދިޔައީ. އެކަމަކު ސައިކަލު ގެއްލުނުކަން އެނގުނު ދުވަހު ބުނި މާލެއަށް ވެސް ބަދަލު ކުރެވިފައި ވެދާނޭ،" އޭނާ ބުންޏެވެ.

ނަމަވެސް އޭނާ ބުނީ މާލޭގެ ޓޯޔާޑު ބެލިއިރު އެ ތަނުގައި ވެސް ސައިކަލެއް ނެތް ކަމަށެވެ.

"މައްސަލަ ހުށަހަޅައިގެން މި ވީ ދެ މަހެއްހާ ދުވަހުގެ ތެރޭގައި އަޕްޑޭޓެއް ހޯދަން ގުޅީމަ ގިނަ ފަހަރަށް މިއީ ކޮން މައްސަލައެއްކަން އެނގޭ ކަމަކަށް ނުހަދާ،" އޭނާ ބުންޏެވެ.

އޭގެ ފަހުން ސީދާ ހުޅުމާލޭ އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ގުޅުމުން ވެސް އެދެވޭ ޖަވާބެއް ނުލިބި، ދެ ފަރާތުގެ ދެމެދުގައި ޒުވާބުތަކެއް ހިނގި އެވެ.

"މައްސަލައިގެ އަޕްޑޭޓެއް ނުދީ 2-4 ފަހަރު ކަންފަތް މައްޗަށް ފޯނު ކަނޑާލީ،" ޒިޔާން ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ކޮމެންޓް (1)

ޖޯކާ.13

28 ޖޫން 2022
ކޮންމެ ސަރުކާރަކުން ވެސް ބޭނުންވަނީ ރައްޔިތުން އިދަޖައްސާލާ ދަރަނިވެރި ކުރަން. ކޮންމެވެސް ނޫސްވެރިޔަކު އިސްނަގައިގެން ބަލާލަބަލަ ކިތައް ސައިކަލް ލާރި ދައްކާ ހަލާސް ނުކުރަނީސް ޓޯކޮއްފަ 2 މަސް ނޫނީ 3 މަސް ވެގެން ނައްތާލިތޯ... ޓޯކުރި ލާރި ދައްކާފަ ދިޔައީމަ ބުނާނެ 75،000 ރުފިޔާ ޖޫރިމަނާ ދެއްކީމައޭ ސައިކަލް ދޫކުރެވޭނީ.. 45000 ނޫނީ 90،000 ރުފިޔާއަށް ގަންނަ ސައިކަލް 3 މަސް ތޭރޭގަ ޖޫރިމަނާ ނުދެއްކިގެން ނައްތާލަނީ... އަނެއްކާވީ 2 އަހަރު މަސައިކަތް ކޮއްގެން ސައިކަލް ގަންނަން... ސައިކަލް ވެސް ނައްތާލީ.. އަދި ޖޫރިމަނާ ވެސް ދައްކަން ޖެހޭނީ.. ނައްތާނުލާ ސައިކަލް ނީލަން ކިޔައިގެން ވިޔަސް ޖޫރިމަނާ އައް ފައިސާ ހޯދާނަމަ ވެސް ރަނގަޅު ދޯ... ކިތައް އަގުބޮޑު ކާރު ފޯކުލިފްޓު ބޭނުން ކޮއްގެން ޓޯކުރުމުން ފުޑާލިތޯ... އެކަމުގެ ޒިންމާ ވާނެ ފަރާތެއް ނުވޭ... ޓޯ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް