Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް ނަޝީދު މިރޭ ބޭއްވެވި ޖަލްސާ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ނަޝީދުގެ ފަހު ޖަލްސާ: ފޯރި އާއި ޖޯޝާއި ވައުދުތައް

އަންނަ ހޮނިހިރު ދުވަހުގެ ޕްރައިމަރީ ވެސް އަދި ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު ވެސް ކާމިޔާބުކުރައްވާނީ އެ މަނިކުފާނު ކަމަށް ނަޝީދު ވިދާޅުވި
26 ޖެނުއަރީ 2023
2

އެމްޑީޕީގެ 20 އަހަރުގެ ދިގު ތާރީހުގައި ވެސް ބާއްވާނެ އެންމެ ފޯރިގަދަ ރިޔާސީ ޕްރައިމަރީއަށް އެންމެ ދުވަހެއް ދެން ބާކީ އޮތް އިރު، އެ ޕްރައިމަރީގައި ވާދަކުރައްވާ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިރޭ އާާޓިފިޝަލް ބީޗަށް ވަޑައިގެންނެވީ އެ މަނިކުފާނުގެ 'ފިކުރެއްގެ ދިރުން' ކެމްޕޭން ނިންމާލެއްވުމުގެ ޖަލްސާއަށެވެ. މީގެ ކުރިން އެމްޑީޕީގެ އެންމެ ރަން ޒަމާނުގައި ބޮޑެތި އެއްވުންތައް ބޭއްވި އެ އެ ސަރަހައްދަށް ނަޝީދު ވަޑައިގެންނެވި އިރު، މުޅި އެ ތަން އޮތީ އެ މަނިކުފާނުގެ ސަޕޯޓަރުން ޖަމާވެ ފުރާލައިފަ އެވެ. އެއީ އެތައް ސަތޭކަ ބަޔެކެވެ. ނަޝީދު އެ ސަރަހައްދަށް ވަޑައިގެންނެވުމާ އެކު ސަޕޯޓަރުން ހަރުއަޑުން "އަންނި އަންނި" ގޮވައި އަތް ޖަހަމުން ގެންދިޔަ އެވެ. އެމްޑީޕީގެ އެންމެ ރަން ޒަމާނުގެ ކުލަތަކާއި މަންޒަރެވެ.

ސަޕޯޓަރުންގެ މެދުގައި ބަހައްޓާފައި ހުރި އެމްޑީޕީގެ ރީދޫ ޕޯޑިއަމްއަށް ނަޝީދު އަރާވަޑައިގެން ފުރަތަމަ ވެސް ވިދާޅުވީ؛ "އަސްލު އެމްޑީޕީ ނިކުމެއްޖެ" ކަމަށެވެ. މުޅި "ރާއްޖެ ތެދުވެއްޖެ" ކަމަށެވެ.

އެއަށް ފަހު، ސަޕޯޓަރުންނާ އެއްވަރަކަށް އަތްތިލަބަޑި ޖައްސަވަމުން ދެން އެ މަނިކުފާނުގެ ވާހަކަ ކުރިއަށް ގެންދެވީ އެ ސަރަހައްދުގައި ގުގުމާލަ ގުގުމާލާ ހުރި ކެމްޕޭންގެ ތީމް ލަވައިގެ ބީޓަށް ވައުދުތައް އަމުނާލައްވަމުންނެވެ. ކަނުލާ އަޑުއެއްސެވުމަށް އިރުޝާދު ދެއްވަމުން ނަޝީދު އެ މަނިކުފާނުގެ ވައުދުތައް ތަކުރާރުކުރައްވަން ފެއްޓެވި އެވެ.

ފުރަތަމަ ވައުދަކީ ޓެކްސް ކުޑަކުރުމެވެ. އެ މަނިކުފާނު ވިދާޅުވި އެވެ؛ "މި ހާލުގައި އުޅޭކަށް ނުޖެހޭނެ. ޓެކްސް، ޓެކްސް ކުޑަކޮށްދޭނަން. ތަކެތީގެ އަގު ކުޑަކުރާނަން."

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް ނަޝީދު މިރޭ ބޭއްވެވި ޖަލްސާ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް ނަޝީދު މިރޭ ބޭއްވެވި ޖަލްސާ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ދެން ނަޝީދުގެ ވައުދަކީ އާންމު މީހާގެ އާމްދަނީ އިތުރުކޮށްދީ، ޖީބުތައް ތަނަވަސްކޮށްދިނުމެވެ. ވަރަށް ސާދާކޮށް، ކުރު ބަސްތަކަކުން، މިއުޒިކުގެ ރާގާ އެއްވަރަކަށް އެ ވާހަކަ ވިދާޅުވި އެވެ؛ "އަމިއްލަ އުޅުމުގެ އާމްދަނީ އިތުރުކޮށްދޭނަން. ބޭންކް އެކައުންޓް ދެ ގުނަކޮށްދޭނަން. ހަލާލް މަސައްކަތުގެ އާމްދަނީ އިތުރުކޮށްދޭނަން."

އަޑަށް ބާރުލައްވައި "އަޅުގަނޑުމެން މިތިބީ މޮޅުވެފައި" ކަމަށް ވިދާޅުވަމުން ނަޝީދުގެ ވައުދުތައް މަސްވެރިންނަށް އަމާޒު ކުރައްވަން ފެއްޓެވި އެވެ. "މިހާރު 17ރ.ގައި ހުރި މަސް ކިލޯއެއްގެ އަގު 25ރ.އަށް ހަދައިދޭނަން" ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ރޮލާ މަސް ބޭރުކުރުން ހުއްޓުވައި މަހުގެ އުފެއްދުންތައް އުފައްދަން ފަހިކޮށްދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ކިރާ މަހަށް ވަގުތުން ފައިސާ ދޭނެ ކަމަށް ވެސް ނަޝީދު ވައުދުވެވަޑައިގަތެވެ.

އެއާ އެކު، ދަރިވަރުންގެ ލޯނު އަލުން އެކުލަވާލަ ދޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް ނަޝީދު މިރޭ ބޭއްވެވި ޖަލްސާ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ދަނޑުވެރިންނަށް ވެސް ވައުދުތަކެއް ދޫކޮށްލެއްވި އެވެ. ނަޝީދު ވިދާޅުވި އެވެ؛ "ހައްދާ ތަކެތި ފީ ނުވެ، މޭވާ ތަރުކާރީ ދަޅަށް ލައިދޭނެ، ކުރެވޭނެ" ގޮތްތައް ހޯއްދަވައިދެއްވާނެ ކަމަށެވެ.

އެއަށް ފަހު، އެމްޑީޕީގެ މެންބަރުންގެ ކިބައިން އާދޭހާ އެކު އެދިވަަޑައގަތީ އެ މަނިކުފާނުގެ އަތުގައި ހިފުމަށެވެ. އަދި މޮޅުވާން "ހިނގާ ދަމާއޭ" ވިދާޅުވި އެވެ. ނަޝީދު ވިދާޅުވި އެވެ؛ "ރާއްޖެ ބަދަލުވެއްޖެ، އަޅުގަނޑުމެން ނުގަނެވޭނެ" ކަމަށެވެ.

ގޭގެ ކުލި ބޮޑު ނުވާނެ ކަމަށާއި ކުލި ދައްކައިދޭން އެހީތެރިވެދޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ދަންވަރު ގޯތި ދޭން އިއުލާން ނުކުރާނެ ކަމަށާއި ވަގުތުން ގޯތި ދޭނެ ކަމަށް ނަޝީދު ވައުދުވެވަޑައިގަތެވެ. ސަރުކާރުގެ ކުންފުނިތަކުގެ "ކަސްތޮޅުގައި ނުތިބޭނެ" ކަމަށާއި ނުފޫޒަށް ބޯނުލަނބާނެ ކަމަށް ވެސް ނަޝީދު ތަކުރާރުކޮށް ވިދާޅުވި އެވެ. 

"މި ރޯކުރަނީ އަޅުގަނޑުމެންގެ ދަންމަރު. ހިނގާ މަށާ އެކީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މޮޅުވާނެ. މި އިންތިހާބު އަޅުގަނޑުމެންގެ އަތަކުން ނުގެއްލޭނެ. ވަގެއް ވެސް ނުހެދޭނެ. ފައިސާ ދީގެން ނުވެސް ގަނެވޭނެ. އޮޅުވައެއް ވެސް ނުލެވޭނެ. އަޅުގަނޑުމެން އިރާދަކުރެއްވިޔާ ވާނީ މޮޅު،" ފޯރި އާއި ޖޯޝުގައި، ބާރު ބާރަށް ނަޝީދު ވިދާޅުވި އެވެ.

އެ ވައުދުތަކަށް ފަހު އެ މަނިކުފާނުގެ ވާހަކަ އާންމު ރާގެއްގައި ފެއްޓެވި އެވެ.

'ހޮނިހިރު ދުވަހު ތިބޭނީ ކާމިޔާބުގެ އައްސޭރީގައި' 

ނަޝީދު ވިދާޅުވި ގޮތުގައި، މިއީ މާ ކުރިން ފެށި އިސްލާހީ، އުނދަގޫ ދަތުރެކެވެ. އިންތިހާބު ކާމިޔާބުކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް ކަމުގެ ޔަގީންކަން ސަޕޯޓަރުންނަށް ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ތަންފީޒުކުރަނީ އިއްތިހާދުގެ ސިޔާސަތު ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެމްޑީޕީގެ ފިކުރާ ސަރުކާރު ދުރުވެ، ބީރަށްޓެހި ފިކުރުތަކެއް ގެނެސްފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންވެ، އެ މަނިކުފާނު ނުކުމެވަޑައިގެން ހުންނެވީ އެމްޑީޕީ އަލުން ޕާޓީގެ މެންބަރުންނަށް ހޯދައިދިނުމަށް ކަމަށް ވިދާޅުވާ ވާހަކަ ނަޝީދު ތަކުރާރުކުރެއްވި އެވެ.

"މި އިންތިހާބު އަޅުގަނޑުމެން ކާމިޔާބުކުރަނީ އެމްޑީޕީ އަޅުގަނޑުމެންގެ މެންބަރުންނަށް އަލުން ހޯދައިދިނުމަށް. މި ޕާޓީ ތިޔަބޭފުޅުންނަށް އަލުން ލިބިގެން ދާނެ،" ނަޝީދު ވިދާޅުވި އެވެ.

މި އިންތިހާބު އަޅުގަނޑުމެން ކާމިޔާބުކުރަނީ އެމްޑީޕީ އަޅުގަނޑުމެންގެ މެންބަރުންނަށް އަލުން ހޯދައިދިނުމަށް. މި ޕާޓީ ތިޔަބޭފުޅުންނަށް އަލުން ލިބިގެން ދާނެ.

މުހައްމަދު ނަޝީދު / އެމްޑީޕީގެ ރައީސް

ނަޝީދު ވިދާޅުވީ "ހޮނިހިރު ދުވަހަކީ ކާމިޔާބުގެ އައްސޭރީގައި ވަރަށް ސާބިތުކަމާ އެކު ތިބޭނެ ދުވަސް" ކަމަށެވެ. އަދި މި ކެމްޕޭން ފެއްޓެވީ ވެސް "ނެތުމުގެ ތެރެއިން" ކަމަށް ވިދާޅުވެ، އެ މަނިކުފާނުގެ ބަހުގެ ހަމަލާތައް ވާދަވެރި ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް އަމާޒު ކުރެއްވި އެވެ. 

"މުޅި ދައުލަތުގެ ބާރާއި ސަރުކާރު ހިއްސާވާ އެންމެހާ ކުންފުނިތަކާއި ހުރިހާ ތަކެއްޗަކާއި އެކުގައި ވާދަވެރިން ވިސްނެވީ، ހީކުރެއްވީ ހިއްސާބު ޖެއްސެވީ އެ ބޭފުޅުންނަށް ކާމިޔާބުވާނެ ކަމަށް. އެކަމަކު އަޅުގަނޑުމެން މި ތިބީ ކާމިޔާބު ވެގެން. ތިބޭފުޅުން ތިތިބީ ނިކުމެ،" ނަޝީދު ވިދާޅުވި އެވެ.

"އެ ފާގަތި މާދަމައަށް އަލިވިލެން މި ދަނީ. އަޅުގަނޑަށް އެ މަންޒަރު އެބަފެނޭ... އަނެއް ދިވެހިރާއްޖޭގެ މަލަމަތި މި އޮތީ އަޅުގަނޑުމެންގެ ކުރިމަތީގައި."

  • އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް ނަޝީދު މިރޭ ބޭއްވެވި ޖަލްސާ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
  • އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް ނަޝީދު މިރޭ ބޭއްވެވި ޖަލްސާ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
  • އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް ނަޝީދު މިރޭ ބޭއްވެވި ޖަލްސާ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އަންނަ ހޮނިހިރު ދުވަހުގެ ޕްރައިމަރީ ވެސް އަދި ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު ވެސް ކާމިޔާބުކުރައްވާނީ އެ މަނިކުފާނު ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެއަށް ފަހު، ނޮވެމްބަރު މަހު ރައްޔިތުންނަށްޓަކާ ހިންގާނެ އެމްޑީޕީގެ ސަރުކާރެއް ގާއިމްކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ގާތްގަނޑަކަށް 20 މިނެޓަށް ދިގު ދެމިގެން ދިޔަ އެ މަނިކުފާނުގެ ވާހަކަފުޅު ނިންމާލެއްވީ، "މި އޮޑިއެއް ނުފެތޭނެ، ހިތްވަރެއް ބައްޔެއް ނުވާނެ" ކަމަށް ހަރު އަޑުން ވިދާޅުވަމުންނެވެ.

ނަޝީދުގެ ކުރު ވާހަކަފުޅު ނިންމާލެއްވުމަށް ފަހު، ޕޯޑިއަމުން ފައިބައިވަޑައިގަތް ގޮތަށް ނަޝީދު ވަނީ ސަރަހައްދު ދޫކޮށް ވަޑައިގެންފަ އެވެ. އޭރު ވެސް އެ މަނިކުފާނުގެ ސަޕޯޓަރުން ގެންދިޔައީ "އަންނި، އަންނި" ގޮވަމުންނެވެ.

ޖަލްސާ ނިންމާލަމުން ވަނީ މާދަމާ އާޓިފިޝަލް ބީޗުން ނަޝީދުގެ ކެމްޕޭނުގެ ހިނގާލުމެއް އޮންނާނެ ކަމަށް އިއުލާންކޮށް އެ ހިނގާލުމަށް ދިއުމަށް ސަޕޯޓަރުންނަށް ދައުވަތު ދީފަ އެވެ.

ކޮމެންޓް (2)

ވިސްނާށޭ

27 ޖެނުއަރީ 2023
ވައުދުތަކާއި، ކޮށްދޭނެކަންތަކުގެ އަޑު އަހާކަށް ބޭނުމެއް ނޫނެވެ.ބަލަނީ މީހާގެ އަޚުލާގަށާއި، މީހާކޮށްފައިހުރި ކަންތަކަށެވެ.
0 0

ވިޒިޓަރ

27 ޖެނުއަރީ 2023
އަންނަނީ.އަންނަނީ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް