Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ޓޭލާ ސްވިފްޓް އެމްޓީވީ ވީއެމްއޭ ރެޑް ކާޕެޓްގައި

ފެޝަން

އެމްޓީވީ ވީއެމްއޭ ރެޑް ކާޕެޓް: އެންމެ ރީތި އަދި އެންމެ ހުތުރު

1 ސެޕްޓެމްބަރު 2022

މިދިއަ އާދިއްތަ ދުވަހު ބޭއްވި އެމްޓީވީ ވިޑިއޯ މިއުޒިކް އެވޯޑްސް (ވީއެމްއޭ)ގައި މަޝްހޫރު ލަވަކިއުންތެރިން، މޮޑެލުން އަދި ޓިކްޓޮކް ތަރިން ބައިވެރިވި އެވެ. ޓޭލާ ސްވިފްޓް، ލިޒޯ، ބްލެކް ޕިންކް، ޖެކް ހާލޯ އަދި ސްނޫޕް ޑޮގް އެ ހަފްލާގެ ރެޑް ކާޕެޓް މަތިން، އެ މީހަކަށް ލެވުނު އެންމެ ފުރިހަމަ ހެދުމުގައި ފެނުނެވެ. 

އެންމެ ރީތި އަދި ހުތުރު ހެދުންތަކުގެ ލިސްޓު ފެށުމުގެ ކުރިން، ވިސްނާލަންޖެހޭ އެއް ކަމަކީ ވީއެމްއޭ އަކީ އޮސްކާ އެވޯޑްސް، ގޯލްޑަން ގްލޯބް އެވޯޑްސް ނުވަތަ ވެޑިން ޕާޓީއެއް ވެސް ނޫނެވެ. މުނިފޫހިފިލުވުމުގެ ދާއިރާގެ މީހުންނަށް ހާއްސަ މި ހަފްލާއަކީ އެންމެ ތަފާތު އެވޯޑް ޝޯތަކުގެ ތެރޭގައި ހިމެނޭ އިވެންޓެކެވެ. މި ޒާތުގެ ހަފްލާއެއްގެ ރެޑް ކާޕެޓްއަށް އެންމެ އެކަށީގެންވަނީ ގޮތް ބޮޑު، މަޖާ އަދި ބެލުންތެރިންނާއި ފޭނުންގެ ހަނދާނުން ނުނެތޭނެ ހެދުމެއް ލުމެވެ.

އެންމެ ރީތި ލުކްސް

ލިޒޯ
ލިޒޯ

މަގުބޫލު ލަވަކިއުންތެރިއާ ލިޒޯ އަކީ މީހުން ސިއްސުވާލާ ޒާތުގެ އާދަޔާހިލާފު ހެދުން ލާން ޖެހިލުން ނުވާ ތަަރިއެކެވެ. މި އަހަރުގެ ވީއެމްއޭ ރެޑް ކާޕެޓް މަތިން އޭނާ ފެނުނީ ވަރަށް ތަފާތު ހެދުމެއްގަ އެވެ.

އާއްމުކޮށް ލިޒޯ ލައި އުޅެނީ ގަޔަށް ބާރު ހެދުމެވެ. އެކަމަކު މިފަހަރު އޭނާ ލައިގެން ހުރީ ބޮޑު ކަޅު ވިލާގަނޑެއް ފަދަ ހެދުމެކެވެ. މިއީ ކަޅު ކުލައިގެ ޓަފެޓާ ބޭނުން ކޮށްގެން ތައްޔާރު ކޮށްފައިވާ ހެދުމެކެވެ. މި ހެދުން ފަރުމާކޮށްފައިވަނީ މަޝްހޫރު ޑިޒައިނާ ގްލެން މާޓެންސް އެވެ. އެއީ އޭނާ ޖޯން ޕޯލް ގޯޓިއޭގެ ބްރޭންޑަށް ފަރުމާކޮށްދިން 'މެކްސިމަލިސްޓް' ކަލެކްޝަނުން އެއް ލުކް އެވެ.

ލިޒޯގެ މި ލުކް ގިނަ ފެޝަން ކްރިޓިކުންގެ 'ބެސްޓް ޑްރެސްޑް' ލިސްޓުގައި ހިމެނެ އެވެ. ސަބަބަކީ އޭނާ އާއްމުކޮށް ލައި ނޫޅޭ ތަފާތު 'ހައި ފެޝަން' ލުކް އަކަށް ވީމަ އެވެ. މި ލުކްއާ ބެހޭގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވާހަކަ ދެކެވެ އެވެ. މިއީ މިކަހަލަ ހަފްލާއަކަށް އެންމެ ސަޅި އަދި އެންމެ އެކަށީގެންވާ ވައްތަރުގެ ހެދުމެކެވެ.

'އިންޑަސްޓްރީ ބޭބީ' އަދި 'އޯލްޑް ޓައުން ރޯޑް' ލަވަކީ ލިލް ނަސް އެކްސް އަކީ 'ޝޮކް ފެކްޓާ' ގެންނަން މަޝްހޫރު ލަވަކިއުންތެރިއެކެވެ. އޭނާގެ ފަހުގެ ރެޑް ކާޕެޓް ލުކްސް ވެސް އެހާމެ އާދަޔާހިލާފެވެ. އެކަމަކު 'ބެސްޓް ޑްރެސްޑް' ލިސްޓުގައި އަދި މިހާތަނަކަށް ހިމެނިފައެއް ނެތެވެ.

މި އަހަރު ވީއެމްއޭ ރެޑް ކާޕެޓްގައި ލިލް ނަސް ވިދާލި އެވެ. އޭނާ ލައިގެން ހުރީ ޑިޒައިނާ ހެރިސް ރީޑްގެ، ދޫނި ފަތުން ފަރުމާ ކޮށްފައިވާ ކަޅު ލުކް އެކެވެ. ލިލް ނަސް ބުނިގޮތުގައި އޭނާގެ ބޮލުގައި ހަރުކޮށްފައިވާ ދޫނި ފަތުގެ ތޮފި ބަރުވިއަސް މިއީ ވަރަށް އާ އަދި ތަފާތު ލުކްއެކެވެ. ލިލް ނަސް މި ކޮސްޓިއުމް ލައިގެން ވަރަށް ފަހުރުވެރިކަމާ އެކު ހަފްލާގެ ރަތް ދޫލަ މަތިން ހިނގާލި އެވެ.

މިފަހުގެ ޕޮޕް ކުއީން ޓޭލާ ސްވިފްޓް އަކީ ރެޑް ކާޕެޓްއަށް އެންމެ ހިތްގައިމު ހެދުން ލައި އުޅޭ އެކަކެވެ. މިފަހަރު އޭނާ ލައިގެން ހުރީ ރިހި މިނާ ބޭނުންކޮށްގެން ޖަރީ ކޮށްފައިވާ ހެދުމެކެވެ. އެއީ އޭނާގެ ފޭވަރިޓް ބްރޭންޑު އޮސްކާ ޑެލަ ރެންޓާގެ ޑިޒައިނެކެވެ. މި ހެދުމަކީ ޓޭލާގެ މިޒާޖާއި ޝަހުސިއްޔަތާ ގުޅޭ ހެދުމެކޭ ބުނެވިދާނެ އެވެ. އަދި އޭނާގެ އިސްކޮޅާއި ރޫފައާ ވެސް ގުޅެ އެވެ. މިގޮތަށް މިނާ ބޭނުން ކޮށްގެން މީގެ ކުރިން ވެސް އެކި ޑިޒައިންތައް ފެނިފައި އެބަހުއްޓެވެ. އެކަމަކު ސެލެބްރިޓީއަކާ ގުޅޭ ގޮތަކަށް ހެދުން ފަރުމާ ކުރެވިފައިވަނީ މަދު ފަހަރަކު އެވެ. ޓޭލާގެ މި ހެދުން ވަރަށް ޒަމާނީ ވެފައި ކުރީގެ 'އޯލްޑް ހޮލީވުޑް' ސްޓައިލެއް ވެސް ހިމެނެ އެވެ.

އަރަމުން އަންނަ ތަރިއެއްގެ ފަރާތުން ރީތި އަދި މޮޅު ރެޑް ކާޕެޓް ސްޓައިލެއް ފެންނަނީ ހާލަކުން އެއްފަހަރު އެވެ. މިފަހުގެ އަރަމުން އަންނަ ލަވަކިއުންތެރިއާ ޝެންސީއަ ވަނީ އޭނާގެ ވީއެމްއޭ ރެޑް ކާޕެޓް ލުކް އަށް ގިނަ ބައެއްގެ ސަމާލުކަން ހޯދާފަ އެވެ. އެއީ މާކް ޖޭކޮބްސްގެ ޑެނިމް ލުކް އެކެވެ. މި ހެދުމުގެ ޑިޒައިނުން ފެށިގެން، މޭކަޕް އަދި އިސްތަށިގަނޑު ސްޓައިލު ކޮށްފައި ވަނީ ވަރަށް ފުރިހަމަކޮށެވެ. އެއީ ޒަމާނީ އެކަމަކު ތަފާތު ގޮތަކަށެވެ. މާކް ޖޭކޮބްސްގެ މި ލުކް ވަނީ މަޝްހޫރު ތަރި ބިޔޯންސޭ ވެސް މި އަހަރު އޭނާގެ ވޯގް ފީޗާގައި ލައިފަ އެވެ.

އެންމެ ހުތުރު ލުކްސް

މި ލިސްޓުގެ އެއްވަނައިގައި އޮތީ އެކްޓްރަސް ކްލޯއީ ފައިންމަން އެވެ. އޭނާ ލައިގެން ހުރި ރިހި ކުލައިގެ ހެދުން ފަރުމާ ކޮށްފައިވަނީ ތްރީއޭސްފޯ އެވެ. ރަންވޭ މަތިން މި ހެދުން ވަރަށް ތަފާތުވެފައި، އާދަޔާހިލާފު ޑިޒައިނެއް ގޮތަށް ފެނުނަސް މިކަހަލަ މުނާސަބަތަކަށް މިއީ އެންމެ ހުތުރު ހެދުމެވެ. ކްލޯއީއަށް ހެދުން ހެޔޮވަރެއް ވެސް ނޫނެވެ. އަދި މިއީ ކޮން ވައްޓަފާޅިއެއް ކަމެއް ނުވަތަ މި ހެދުމުން އޭނާ ދޭން ބޭނުންވާ މެސެޖަކީ ކޮބާކަމެއް ނޭނގެ އެވެ.

 ކްލޯއީ ކަހަލަ މޮޅު އެކްޓްރެސްއެއް އޭނާގެ ފެންވަރު ދައްކުވައިދޭ ރަނގަޅު ސްޓައިލިސްޓެއް ހޯދުން ބުއްދިވެރި ކަމަށް ފެނެ އެވެ. އެއީ މިކަހަލަ 'ފެޝަން ބްލަންޑާޒް' ތަކުރާރު ނުވާނެ ކަމުގެ އުއްމީދުގަ އެވެ.

ބްލެކް ޕިންކް މި ލިސްޓުގައި ހިމަނަން ޖެހުމުން ވަރަށް ދެރަވެ އެވެ. އެއީ ބްލެކް ޕިންކް ފަދަ މަގުބޫލު އަދި މަސައްކަތްތެރި 'ގާލް ބޭންޑެއް' މިކަހަލަ ހެދުންތަކެއްގައި ސްޓައިލު ކުރުމަކީ ލަދުވެތި ކަމަކަށް ވާތީ އެވެ. މި އަހަރުގެ ވީއެމްއޭއަށް އެ ހަތަރު މީހުން ލައިގެން ތިބީ ހުސް ކަޅު ކުލައިގެ ހެދުމެވެ. އަދި އެއީ އެންމެ އާދައިގެ ސްޓައިލަކަށެވެ. ހީވަނީ ގޭދޮށު ވެޑިން ޕާޓީއަކަށް ތައްޔާރުވެގެން ތިބި ހެނެވެ. ޖެނީ ކިމް ލައިގެން ހުރީ ޝެނަލް އެވެ. ލީސާ ހުރީ ސެލިން ހެދުމެއްގަ އެވެ. ކްރިސްޗިއަން ޑިއޯގެ ލޭސް ހެދުމެއްގައި ޖިސޫ ހުރި އިރު ރޯސޭ ލައިގެން ހުރީ ސެއިންޓް ލޮރަން ހެދުމެކެވެ. މިއީ ބޮޑެތި ފެޝަން ބްރޭންޑުތަކެވެ. އެކަމަކު މިއިން އެނގޭ އެއް ކަމަކީ ބޮޑު ބްރޭންޑަކަށް ވިޔަސް ހަރުދަނާ ސްޓައިލިސްޓެއް ނެތް ނަމަ މިކަހަލަ 'ފެޝަން ބްލަންޑާ'އެއް ފެނިދާނެ ކަމެކެވެ.

ޖެކް ހާލޯ އަންނަނީ ދުވަހުން ދުވަހަށް މަގުބޫލު ވަމުންނެވެ. އޭނާ ވަނީ މި އަހަރުގެ އެންމެ ބޮޑެތި ބައިނަލްއަގްވާމީ އިވެންޓުތަކުން ވެސް ފެނިފަ އެވެ. އެކަމަކު މި އަހަރު ވީއެމްއޭއަށް ހާލޯ ލައިގެން ހުރީ އަދި މިހާތަނަށް އޭނާގެ އެންމެ ހުތުރު ލުކް އެވެ. މަތިން ތިރިއަށް ކަޅު ލެދާ ހެދުމެކެވެ. ހީވަނީ ކަޅު ކުނި ކޮތަޅެއް ވާންކޮށް އައްސާފައި ހުރި ހެނެވެ. އޭނާގެ ބައްޓަމެއް ފެންނާކަށް ނެތެވެ. ފިރިހެންވަންތަ ގޮތެއް ނެތެވެ. ހައިރާންވާ އެއް ކަމަކީ މިއީ މަޝްހޫރު ބްރޭންޑު އެހްމެޒްގެ ފަހުގެ ކަލެކްޝަނަކުން އެއް ޑިޒައިނެވެ. އެކަމަކު ހާލޯއަށް މި ލުކް ސްޓައިލު ކޮށްފައިވަނީ ވަރަށް ހުތުރުކޮށެވެ.   

  • ވީއެމްއޭ ރެޑް ކާޕެޓްގައި ޑިކްސީ ޑަމިލިއޮ
  • ވީއެމްއޭ ރެޑް ކާޕެޓްގައި ލިލީ ރެއިންހާޓް
  • ވީއެމްއޭ ރެޑް ކާޕެޓްގައި ސޯފިއާ ކާސަން
  • ވީއެމްއޭ ރެޑް ކާޕެޓްގައި ސޯފިއާ ކާސަން
  • ވީއެމްއޭ ރެޑް ކާޕެޓްގައި ސެބްރީނާ ކާޕެންޓާ
  • ވީއެމްއޭ ރެޑް ކާޕެޓްގައި އަނީޓާ

ހުތުރާއި ރީތި ލުކްސްގެ ދެމެދުން އިތުރު ޗާލު ހެދުންތަކެއް ވެސް އެ އިވެންޓުން ފެނުނެވެ. އެގޮތުން ރޭގަނޑުގެ ހަފްލާއަކަށް ނަލަ ލުކްތަކެއް ދައްކާލީ ޓިކްޓޮކް ތަރި ޑިކްސީ ޑަމިލިއޮ، އެކްޓްރެސް ލިލީ ރެއިންހާޓް، ސޯފިއާ ކާސަން، ސެބްރިނާ ކާޕެންޓާ އަދި މަގުބޫލު ތަރި އަނީޓާ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް